މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ 2022 ގައި މާންދޫ މަސް ބްރޭންޑްގެ "މަސްހުނި: ޒީރޯ ޗިލީ" އަދި "މަސްހުނި އެކްސްޓްރާ ސްޕައިސީ" ތަޢާރަފުކޮށްފީމެވެ.

ހޮރައިޒަން ފިޝަރީޒުން ވަނީ، މާންދޫ މަސް ބްރޭންޑްގެ މަސްދަޅުގައި ނުބައިނުވާ ގޮތަށް ހުންނަ މަސްހުނި ބަންދުކޮށް، މިދިޔަ އަހަރުގެ ތެރޭގައި ތަޢާރަފުކޮށްފައެވެ. އަދި މިޕްރޮޑަކްޓްގެ މަގްބޫލުކަން އިތުރުވުމާއިއެކު، މިއަހަރުގެ އެކްސްޕޯގައި މި ދެ ޕްރޮޑަކްޓް ތައާރަފްކުރީ، އެކިވަރަށް ކުޅިކޮށް ކެއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްކަމަށް ހޮރައިޒަނުން ބުނެއެވެ.

މަސްހުންޏަކީ ދިވެހިންގެ ހެނދުނުގެ ނާސްތާގެ އާންމު ކެއުމެވެ. އެހެންވެ ދަޅުގައި މަސްހުނި ބަންދު ކުރުމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ކަމަކަށްވާއިރު، މިޕްރޮޑަކްޓް ތަކަކީ، ތާޒާކޮށް ދެމެހެއްޓުމަށް ވިސްނައި، ބަންދު ކުރަވިފައިވާ ވަރަށް ޚާއްސަ ދެ ޕްރޮޑަކްޓްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިހިނގާ އޯގަސްޓް މަހުގެ 11 އިން 13އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ކުރިއަށްދާ ޕްރޮޑަކްޓު ލޯންޗުގައި، އަލަށް ތަޢާރަފު ކުރެވުނު މި ދެ ޕްރޮޑަކްޓްގެ ހުރިހާ މައުލޫމާތެއް ލިބިގެންދާނެއެވެ. އަދި މި 2 ޕްރޮޑަކްޓަކީ ރާއްޖޭގެ ބާޒާރަށް ހާއްސަ، ރާއްޖޭގެ ދެ އުފެއްދުމެއްކަން ހޮރައިޒަންއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ހޮރައިޒަން ފިޝަރީޒްގެ ފަރާތުން އެކްސްޕޯގެ ސްޓޯލް އެސް 31 އަދިއެސް 32 ގައި އެ ކުންފުނީގެ ސީފުޑް ޕްލަސްގެ ތަފާތު ޕްރޮޑަކްޓްތައް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ. އަދި މާންދޫ މަސް ތަފާުތު ގޮތްގޮތަށް ބޭނުންކޮށް، ރާއްޖޭގެ މަޝްހޫރު ޗެފް މޫސާ ރަމީޒްގެ "ލައިވް ކުކިންގ" ޝޯއެއް ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން، އެކުންފުނިން، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށް ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު، މިފަހަރުގެ އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިފައިވާ "ފިޝިންގް ބޫތެއް" ބެހެއްޓިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން