ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ދަތުރުތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ.
ކޯވިޑާއި ގުޅިގެން ހުއްޓާލުމަށްފަަހު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް އަލުން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހުއެވެ. އަދި ސްރީލަންކަން އެއަރލައިނުން އައްޑޫއަށް ބާއްވަމުން ދިޔައީ ހަފްތާއަކު 2 ދަތުރެވެ. އެއީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.
ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަނުން ބުނީ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަންއިން އައްޑޫއަށް ކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް އޮންނާނެކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ.
ސްރީލަންކަންގެ ދަތުރުތައް 2016 ވަނަ އަހަރު ފުރަތަމަ އައްޑޫއަށް ފެށިއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލައިޓުތަކަށް ކަނެކްޝަން ނުލިބުމެވެ. ނަމަވެސް މަންޓާ އެއަރއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން މިހާރު ވަނީ ފަށާފައެވެ.
އައްޑޫއަށް ވައިގެ ދަތުރުތައް ފުޅާވަމުންދިޔަނަމަވެސް ފަތުރުވެރިކަން އަދިވެސް ތަރައްގީވަމުން ނުދާކަމީ ގިނަބައެއްގެ އެންމެ ބޮޑު ޝަކުވާއެވެ.

ކިޔުންތެރިންގެ ހިޔާލު