35 އިންސައްތަ ވޯޓުން ލިބިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާ އިންތިހާބު ވުމަކީ ގަބޫލުފުޅު ކުރަށްވާ ގޮތެއް ނޫންކަމަށް، އެމްޑީޕީގެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އިސްލާހުގެ ތެރޭގައި ހިމެނިގެން، އާންމު ރައްޔިތުންގެ 35 އިންސައްތަ ވޯޓާއިއެކު ވެރިކަމަށް އާދެވޭގޮތަށް ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވީ، 35 އިންސައްތަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭ އިސްލާހަކީ އެމަނިކުފާނު ތާއީދުކުރައްވާ އިސްލާހެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ 35 އިންސައްތަ ލިބިގެން އަންނަ މީހަކު ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަން ގަބޫލުފުޅު ނޫންކަމަށެވެ. އަދި ގަބޫލުފުޅު ކުރައްވަނީ މިހާރު މި އޮތްގޮތަށް، ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތުން ވެރިކަމަށް މީހަކު ހޮވުންކަމަށެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއްނުކުރަން 35 އިންސައްތަ ލިބިގެން އަންނަ މީހަކަށް ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގަ ހުންނާކަށެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު މި އޮތްގޮތަށް ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތު." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގޮތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ބުނެފައިވެއެވެ. އެ އިސްލާހުގައި ބުނެފައިވަނީ، ރާއްޖެއަށް ތައާރަފު ކުރާ ނިޒާމުގައި ދައުލަތް ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރާއި، މަޖިލިސް އުވާލުން ފަދަ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ގޮތަށް ހުށަހަޅާތީ، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރަންވާނީ ރައްޔިތުންގެ އަޣުލަބިއްޔަތު އޮންނަ މީހެއްކަމަށް ފެންނަކަމަށެވެ.
އެ އަގުލަބިއްޔަތަކީ 35 އިންސަތަ ކަމަށް އެމަނިކުފާނުގެ އިސްލާހުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު