ދެމެހެއްޓެނިވި ގޮތެއްގައި ދިރޭ އެން ބޭނުންކުރުމަށް މަގުފަހިކުރުމާއި އެން މަރުވާ މިންވަރު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރިއަށްގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ އެންވަތުގައި އެން މަރުވާ މިންވަރު މަދުކުރުމަށް އަދި ގިނަ ދުވަހު ވަތުގައި އެން ދިރުވާފައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެއްކަމަށެވެ.
މި ދިރާސާ ފިޝަރީޒް މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ހިންގޭ ބައެއްގެ ގޮތުގައި ކުރިއަށްދާއިރު ދިރާސާގައި ދިވެހިރާއްޖޭގައި ދިރޭއެން ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ އެންވަތުގައި އެން ގެންގުޅޭ ގޮތުގެ މައުލޫމާތު އެއްކުރާނެއެވެ. އަދި ޖަޕާނުގެ ފަންނީ މާހިރުންގެ ލަފައާއެކު މިހާރު ބޭނުންކުރާ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެންވަތުގައި އެންދިރުވާފައި ބެހެއްޓޭ މުއްދަތު އިތުރުކުރުމަށް ތަހުލީލުތަކެއް ކުރެވޭނެއެވެ.
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އާއްމުކޮށް ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރާ މަދުވެގެން 2 އެންވަތް ހުންނަ 90 ފޫޓަށްވުރެ ދިގު އުޅަނދެއްގައިކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ދިރާސާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ އެކަމަށް ޝަރުތުހަމަވާ ދޯންޏެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޝަރުތުހަމަވާ ދޯނިތަކަށް މިހާރު މިކަމަށް އެދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު