މި ސަރުކާރުގައި އެމްޓީސީސީ އާއި އާރުޑީސީން އެކަނި އުފެއްދި ވަޒީފާ ވެސް 4 ހާހަށްވުރެ ގިނަ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މި ސަރުކާރުގައި އެމްޓީސީސީ އާއި އާރުޑީސީން އެކަނި އުފެއްދި ވަޒީފާ ވެސް 4 ހާހަށްވުރެ ގިނަ ކަމަށެވެ. މިއަދުގެ ހެނދުނުގެ ސެޝަންގައި މިނިސްޓަރ މަޙުލޫފުވެސް ވިދާޅުވެފައިވަނީ ޕެންޝަން އޮފީހުން ފެންނަންހުރި ސައްޙަ މަޢުލޫމާތަށް ބަލާއިރު މިސަރުކާރުން މިހާތަނަށް 18636 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.
"ހަމައެކަނި އެމްޓީސީސީން މި 4 އަހަރުތެރޭ މިހާތަނަށް 3973 ވަޒީފާވަނީ އުފައްދާފައި. އާރުޑީސީއާއި އެމްޓީޓީސީ އެކަނިވެސް މި 4 އަހަރުތެރޭ ގާތްގަނޑަކަށް 5200 ވަޒީފާ އުފެދުނު." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު މިއަދު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަގުހެދުމުގެ 3.84 ބިލިއަން ރުފިޔާގެ މަޝްރޫޢު އެވޯޑު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފެނާ ނަރުދަމާގެ 6.18 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް އެވޯޑު ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން މި ސަރުކާރުން 2.63 ބިލިއަން ރުފިޔާގެ މަޝްރޫޢު އެވޯޑު ކޮށްފައިވާ ކަމަށާއި ބަނދަރު ހެދުމާއި ތޮށިލުމަށް 6.54 ބިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް 1036 ފަރާތަކަށް 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެކަނި @MTCCPlc އިން މި 4 އަހަރުތެރޭ މިހާތަނަށް 3973 ވަޒީފާވަނީ އުފައްދާފަ. @rdcmaldives އާއި އެމްޓީޓީސީ އެކަނިވެސް މި 4 އަހަރުތެރޭ ގާތްގަނޑަކަށް 5200 ވަޒީފާ އުފެދުނު. ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެ.
— Ibrahim Ameer (@iameeru) August 20, 2022
މިނިސްޓަރ އަމީރު މިއަދު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަގުހެދުމުގެ 3.84 ބިލިއަން ރުފިޔާގެ މަޝްރޫޢު އެވޯޑު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފެނާ ނަރުދަމާގެ 6.18 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް އެވޯޑު ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން މި ސަރުކާރުން 2.63 ބިލިއަން ރުފިޔާގެ މަޝްރޫޢު އެވޯޑު ކޮށްފައިވާ ކަމަށާއި ބަނދަރު ހެދުމާއި ތޮށިލުމަށް 6.54 ބިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް 1036 ފަރާތަކަށް 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު