ލޮޅުމެއްގެ އަސަރު ކުރުމާގުޅިގެން ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ދެންމެ ހުސްކޮށްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުންނަށް އެނގުން ވާ ވަރަށް ލޮޅުމެއްގެ އަސަރު ކުރުމުން ރޯޝަނީ ބިލްޑިންގް ގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މިހާރު ތިބީ މަގުމަތީގަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ބައެއް ފަރާތްތަކުން ގުޅައި އެފަދަ މަޢުލޫމާތެއް ޙިއްސާކޮށްފައިވާ ކަމަށާއި އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު 08:29 ގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
"ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.
ރޯޝަނީ ބިލްޑިންގެ އިތުރުންވެސް އެސަރަހައްދުގެ ބައެއް ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލޮޅުމުގެ އިޙްސާސް ކުރެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ބިންހެލުމެއް ސުމަތުރާއަށް 0829 ގައި އައިސްފައިވޭ، ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ pic.twitter.com/D3gBEKBBj3
— Maldives Meteorology (@MetMaldives) August 29, 2022
ރޯޝަނީ ބިލްޑިންގެ އިތުރުންވެސް އެސަރަހައްދުގެ ބައެއް ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލޮޅުމުގެ އިޙްސާސް ކުރެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު