އަހުމަދު ޝާހް   4 ސެޕްޓެމްބަރު 2022 - 17:23
ތިލަމާލެ ބްރިޖް މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމްގެ ދަގަނޑުތައް ވިލިމާލޭ ފަރުމަތިން ނަގައި ސާފުކުރުމުގެ މަސައްކަތް މޫސުން ތަންދޭނަމަ މިއަދު ނިންމާލެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފި އެެވެ.

ގްރޭޓަރމާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިޕްލެޓްފޯމް ފަރުމަތިން ނަގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ޕްލެޓްފޯމްގެ މައިގަނޑު ނެގުމާއެކު ފަށާފައިވާކަމަށެވެ. އަދި މޫސުން ތަންދޭނަމަ އެމަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. ހޮޅިތައް ނަގަމުން ދަނީ ޑައިވްކޮށްގެން އޭގައި ވާ އައްސަައި ކެރޭނަކުން އުފުއްލައިގެންނެވެ.

ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރެވުމާއެކު ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސަރވޭ ފަށާނެކަމަށް އީޕީއޭއިން ބުނެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ ބްރިޖް ޕްލެޓްފޯމްގެ ނަގިލި ތިރިކުރުމުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން