ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިއަދު ހުޅުވި ފުރަތަމަ ސްކޫލް، އަޙްމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ސަބަބުން ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުގެ ދިފާއުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ނުކުމެވަޑައިގެންފިއެވެ.

މިއަދު ހުޅުވި "ޓިނު ސްކޫލުން" ރައީސް ޞާލިޙްގެ ވިސްނުންފުޅުގެ ފެންވަރު އެނގޭކަމަށް ވިދާޅުވެ މިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅެއްކަމަށްވާ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ރައްދު ދެއްވަމުން ރޮޒޭނާ މިރޭ ވިދާޅުވީ، މިކަމުން ފެނިގެންދަނީ އެންމެ ރީތި ސްކޫލެއް އަޅާ ނިމެންދެން ކުދިންނާ މައިންބަފައިން ހާލުގައި ގެންގުޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅު ނޫންކަން ކަމަށެވެ.

އަދި އެތަން (ދާއިމީ ސްކޫލް) އެޅެންދެންވެސް ދަރިވަރުންނަށް ވަގުތުން ލުއިގޮތެއް ހޯދައިދިނުމުގެ ވިސްނުންފުޅު ރައީސްގެ އެބަ ހުރި ކަމަަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރުދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރަނގަޅު ފެންވަރުގެ ދާއިމީ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލް މިއަދު ހުޅުވިއިރު އެ ސްކޫލްގައި 824 ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަލީ

25-Feb-2023

އިމާރާތް ރީތިވެގެން ތޯ ރަން ވަނަ ލިބެނީ ކުރިން ފުލެޓް އެޅި އިރު ސުކޫލު އަޅަން ޖެހޭ ކަން ނޭނގޭ ނީ ތޯ ސިޔާސީ ގޮތުން ވިޔަސް ބައެއްގެ ދިރިއުޅުމާއި ނުކުޅުނިއްޔާ ރަނގަޅު



ޓްރެންޑިން