ސުކޫލު ދަރިވަރުން ތަރުބިއްޔަތު ވަނީ ސްކޫލެއް ހަދާފަ ހުންނަ ގޮތަކުން، ޖަހާފައި ހުންނަ މުއްޓަކުން އަދި ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ ފަރާތުން، އަލްމަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް މިރޭ ނެރުނު ފޮތް “ނަމޫނާ ސަހްސިއްޔަތެއް – އުމަރު ޒާހިރު – ހަނދާނާއި ތައުރީފްގެ ޖިޒީއެއް” މި ފޮތް ނެރެދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތުވެ ރިވެތި ސިފަތައް އެކުދިންގެ ގައިގައި އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށެވެ. އަދި ދަރިވަރުން ތަރުބިއްޔަތުވަަނީ ސުކޫލުގައި ޖަހާފައި ހުންނަ މުއްޓަކުން ނުވަތަ ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުންވެސް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތު ވަނީ އެ ސްކޫލެއްގެ ހާއްސަކޮށް، ސްކޫލެއްގެ ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން ކަމަށެވެ.

"ދަރިވަރުން ތަރުބިއްޔަތު ވަނީ މާރީތި ބިލްޑިންގ އަކަށް ސުކޫލު އެއްވެސް ހާލެއްގައި ވެގެންނެއް ނޫން، ސުކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް އަށަގަންނަނީ އެ ސުކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން. ޖަހާފައި ހުންނަ މުއްޓަކުން ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ޓިނަކުން ނޫން. އެހެން ނަމަވެސް ލީޑަރެއްގެ ގައިގައި ހުންނަ ސިފަތަކެއްގެ ސަބަބުން އެދުވަހު ވެސް 1960 ގެ ތެރޭގައި އަލްމަރުހޫމް އުމަރު ޒާހިރު ވަނީ މި ފަސްގަނޑަށް އެ ނަމޫނާ ދައްކުވައިދީފަ." ހުޅުމާލޭ ފޭސް 2 ގައި ހުޅުވި ކާމިލްދީދީ ޕްރީ ސުކޫލު ފެންވަރު ދަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ނުސީދާކޮށް ރަައްދު ދެއްވަމުން ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ތޮއިލާ

26-Feb-2023

މިހާރަކު ތިޔެއް ނުހިނގާނެ.



ޓްރެންޑިން