އިބްރާހިމް ފަހީމް   5 ސެޕްޓެމްބަރު 2022 - 7:10
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ޅ. ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭބިސީތަކަށް ފެން ވަންނަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ރޭ ބުނީ، ‏ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެ އެރަށު ގޭގެއަށް ފެން ވަންނަމުންދާތީ، ރޭ 9:00 އިން ފެށިގެން ޕަންޕް ބޭނުންކޮށްގެން އެ ރަށު މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، އެފްއާރުއެސް ކޮމްޕޯނަންޓްގެ ސިފައިން ކުރަމުން ދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރުގެ ގިނަ މަގުތަކުގައި ވަނީ ދޮޅު ފޫޓާއި ހަމައަށް ފެންބޮޑުވެފައެވެ.

ނަމަވެސް، ފެންވަދެފައިވާ ގޭބިސީތަކުގެ އަދަދެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން