މާލޭގައި އިއްޔެ މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ފުރަތަމަ ދުވަހުގެ ތަފާސް ހިސަބުތައް ދައްކާގޮތުން 2257 މީހަކު ބަހުގެ ހިދުމަތް ހޯދާފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް 3 ޜޫޓަކުން ކުރިއަށްދާއިރު 621 މީހަކު ވަނީ އޯކިޑް ރޫޓުން ޚިދުމަތް ހޯދާފައިކަމަށެވެ. އަދި ސޯސަން ރޫޓުން 754 މީހަކު ޚިދުމަތް ހޯދާފައިވާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އަމީނީ ރޫޓުންކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އަމީނީ ރޫޓުން 882 މީހަކު ޚިދުމަތް ހޯދާފައިވާކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.
މިނީ ބަހަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ބަސް ރޫޓަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިއަދު ފަށާފައެވެ.
ސަރުކާރުން ބުނީ ބަސް ރޫޓަށް ދަތިވާގޮތަށް ނުޤަވާއިދުން ޕާކްކޮށްފައިހުންނަ ވެހިކަލްތައް ޓޯކޮށް ސްޓިކާ ޖެހުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާއަށްފަހު ފުލުހުން ބުނީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ފުލުހުންނަށް ފާހަގަވެފައި އޮތްގޮތަށް މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަވީ ޕާކުކުރުން މަނާ މަގުތަކުގައި ޕާކުކުރަމުންދާ މައްސަލަކަމަށެވެ. މީގެއިތުރުން އެއްވެސް ރައްކާތެރިކަމެއްނެތި ބައެއް އުޅަނދުތައް ބަހުގެ ކުރިމަތިން އޯވަރ ޓޭކް ކުރަމުންދާ މައްސަލަވެސް ފާހަގަވެފައިވާކަމަށް ފުލުުހުން ބުނެފައި ވެއެވެ.

Male’ bus dhathuru thah feshumun varah bodu tharuheebeh libigen dhaakan ufalaa eku faahaga kuran. Furathama dhuvahu 2257 beyfulhun hidhumaiy beynunkurehvi. Raiyyithunah dhehvaa ehbaaru lumah Shukuriyya. Edhenee vehicle park kuran hamajehifa hunna thanthaa park kurehvumah.@MTCCPlc
— Adam Azim (@adamazim) September 6, 2022
މިނީ ބަހަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ބަސް ރޫޓަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިއަދު ފަށާފައެވެ.
ސަރުކާރުން ބުނީ ބަސް ރޫޓަށް ދަތިވާގޮތަށް ނުޤަވާއިދުން ޕާކްކޮށްފައިހުންނަ ވެހިކަލްތައް ޓޯކޮށް ސްޓިކާ ޖެހުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާއަށްފަހު ފުލުހުން ބުނީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ފުލުހުންނަށް ފާހަގަވެފައި އޮތްގޮތަށް މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަވީ ޕާކުކުރުން މަނާ މަގުތަކުގައި ޕާކުކުރަމުންދާ މައްސަލަކަމަށެވެ. މީގެއިތުރުން އެއްވެސް ރައްކާތެރިކަމެއްނެތި ބައެއް އުޅަނދުތައް ބަހުގެ ކުރިމަތިން އޯވަރ ޓޭކް ކުރަމުންދާ މައްސަލަވެސް ފާހަގަވެފައިވާކަމަށް ފުލުުހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު