ވާދަވެރި ޕާޓީތަކުގެ ޝައުގުވެރިކަން ލާމަރުކަޒީ މަސައްކަތަށް ލިބެނީ ރައީސްގެ ހަމަހަމަ ސިޔާސަތުގެ ސަބަބުން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ވާދަވެރި ޕާޓީތަކުގެ ކައުންސިލަރުންގެ ބައިވެރިވުން ލާމަރުޒީ ނިޒާމް ހިންގުމުގައި ލިބެމުންދާކަމަށް އަފްޝަން ވިދާޅުވެފައިމިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭ އާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން ކުރިޔަށް ގެންދާ "ފަނޯއްލަ ދަރުބާރު" ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމް ލ.ގަމުގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އަފްޝަން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަވުމުން، އޭގެ ފައިދާ ވާނީ މުޅި ރާއްޖެއަށް ކަމަށެވެ. އަދި ވާދަވެރި ޕާޓީތަކުން މި މަސައްކަތަށް ބަހައްޓަވާ ޝައުގުވެރިކަމާއި ދެއްވާ އެއްބާރުލުމަށް އަފްޝަން ލަތީފު ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އަފްޝަން ވިދާޅުވީ ލާމަރުކަޒީ މަސައްކަތަކީ ޖަމާއަތުގެ ފައިދާއަށް ކުރާ މަސައްކަތެއް ކަމަށެވެ.
އޭގެއިތުރުން ލާމަރުކަޒީ މަސައްކަތަށް ކައުންސިލްތަކުން ޝައުގުވެރިކަމާއެކު މަސައްކަތް ކުރުމަށް އެންމެބޮޑަށް މަގުފަހިވަނީ ރައީސް ޞާލިޙް ވަކި ކުލައަކަށް ބެއްލެވުމެއްނެތި އެފުރުސަތު ދެއްވާތީކަމަށް އަފްޝަން ވިދާޅުވިއެވެ.
"ވިއަވަތި ޕްރޮގްރާމްގައިވެސް ރައީސްއާ ބައްދަލުކުރަށްވައި އަދި ވަކިވަކިންވެސް ރައީސްއާ އެބަ ބައްދަލު ކުރަށްވާ ޕީޕީއެމްގެ ކައުންސިލަރުންވެސް. ކައުންސިލަރުން އެކުރަށްވާ މަސައްކަތަކީ ހެޔޮހިތުން ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ކުރަށްވާ މަސައްކަތެއް." އަފްޝަން ވިދާޅުވިއެވެ.
ހުކުރު ދުވަހު ފެށި ފަނޯއްލަ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހައްދުންމަތީގައި ގަމުގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ދަރުބާރުގައި ޖުމުލަ 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު