އާއިލާގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ކަމުދާނެފަދަ، ސިއްހަތައް ފައިދާހުރި ޕްރޮޑަކްޓްތަކެއް ހިޔާރުކުރައްވާނަމަ، އަލްމަރައި ބްރޭންޑް ވަރެއް ނެތެވެ. 1977 ވަނަ އަހަރު ވުޖޫދަށް އައި ބައިނަލްއަގުވާމީ މި ބްރޭންޑަކީ ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.

ކިރުގެ އެކި ބާވަތްތަކަށް ހާއްސަ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ގިނަ ދިވެހިންނަށް މިހާރުވެސް ކަމުދާ އަދި ރަހަމީރު ޕްރޮޑަކްޓްތަކެއްގެ ގޮތުގައި ފާހަގަ ކުރާ ޕްރޮޑަކްޓް ތަކެކެވެ. ސިއްހަތަށް ފައިދާ ހުރި އަދި ބޯލަން މީރު ކިރާއި، ޖޫސް އަދި ޗީޒްގެ އެކި ބާވަތްތަކަށް ހާއްސަ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ މެދުއިރުމަތީގެ ގައުމުތަކުގައި އުފައްދާ ނަންބަރ 1 ޕްރޮޑަކްޓްތަކުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އުފެއްދުން ތަކެކެވެ. ކާބޯތަކެއްޗާއި، ބުއިމުގެ އެކި ބާވަތްތަކަށް ހާއްސަ މި ބްރޭންޑަކީ މިސަރަޙައްދުގައި ކާބޯތަކެއްޗާއި، ބުއިމުގެ އެކި ބާވަތްތަކުގެ ވިޔަފާރީގައި އެންމެ ބޮޑު އެއް ކުންފުންޏެވެ.

ތާޒާ ކިރުގެ ބާވަތްތައް އުފައްދައި ވިއްކުމަކީ އަލްމަރާއީ ބްރޭންޑުގެ ވިޔަފާރީގެ މައިގަނޑު އަމާޒެވެ. މީގެ ތެރޭގައި އާއިލާގެ އެކިއުމުރުފުރާއަށް ޚާއްޞަ ތާޒާ ކިރުން ފެށިގެން މީރު ރަހަތަކުގެ ކިރުގެ އެކި ބާވަތްތައް ހިމެނެއެވެ. އެގޮތުން އަލްމަރައި ބްރޭންޑުގެ ފުލް ކްރީމް ހިކިކިރަކީވެސް ކެލްސިއަމް، ޕްރޮޓީން، ވިޓަމިން އޭ، ސީ، އަދި ޑީ3 ގިނައިން ހިމެނޭ ބާވަތެކެވެ. އަދި އިންސާނާގެ ކަށިތަކާއި، ދަތްތަކާއި، މަސްތައް ހެދިބޮޑުވުމަށް އެންމެ ބޭނުންވާ ނިއުޓްރިއެންޓްސް އެކުލެވިގެންވާ އަލްމަރައި ބްރޭންޑުގެ އެކި ބާވަތްތަކަކީ ހަށިގަނޑަށް ބޭނުންވާ ދަގަނޑާއި، ޒިންކް، އަދި އެކި ކަހަލަ ވިޓަމިންސްތަކުން މުއްސަނދިވެފައިވާ ބާވަތްތަކެކެވެ.

އެގޮތުން ސީދާ އޮރިޖިނަލް، ކޮލިޓީ އަލްމަރައި ބްރޭންޑްގެ އެކި ފްލޭވަރސް ގެ ކިރު ޕެކެޓާއި، މިލްކް ޕައުޑަރ، އަދި ކްރީމް ޗީޒާއި، ލޯ ފެޓް އަދި ފުލް ފެޓް ކިރުގެ އިތުރުން، އިވަރޕޮރޭޓެޑް ކިރާއި، އެކި ރަހަތަކުގެ ޖޫސް ޕެކެޓް ވެސް ވިލާޓްރޭޑިންގުން ލިބެން އެބަހުއްޓެވެ.



ހުސްވި އަހަރު ވުޖޫދައް އައި ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓްގެ ފިހާރަތަކަކީ އިތުބާރު ހުރި ކޮލިޓީ މުދާ އެއްތާކުން އެންމެ އަގުހެޔޮކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގާއިމު ކުރި ސުޕަރ މާޓް ތަކެކެވެ. ތަކެތީގެ އަސްލު އޮޅުވާލުމެއް ނެތި ސީދާ އޮރިޖިނަލް އަދި މަޝްހޫރު ބްރޭންޑް ތަކުގެ ފެންވަރު ރަނގަޅު ދުނިޔޭގައި އިތުބާރު ހޯދާފައިވާ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެތައް ސާމާނެއް ވިލާ މާޓްގެ ފިހާރަތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމަކީ ވިލާޓްރޭޑިންގ ކުންފުނީގެ އަމާޒެވެ.

ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން