ލޮޓަސް ފިހާރައިގެ ކޯލްޑު ސްޓޯރޭޖް ޕެނަލްތައް ހަރުކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
ލޮޓަސް ފިހާރައިގެ ކޯލްޑު ސްޓޯރޭޖް ޕެނަލްތައް ހަރުކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
ރާއްޖޭގައި ފުޅާ ދާއިރާއެެއްގައި ވިޔަފާރި ހިންގާ ލޮޓަސް ފިހާރަ އިން ވިއްކާ ކުކުޅުގެ އަގަށް ހެއު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށަައިފިއެވެ.

ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮތް ލޮޓަސް ފިހާރައިގެ ވެރިފަރާތް ކަމަށްވާ، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވީ، އެކަމަށް ތައްޔާރު ވުމުގެ ގޮތުން އެ ފިހާރައިގެ ކޯލްޑު ސްޓޯރޭޖް ޕެނަލްތައް ހަރުކޮށް ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެެ. އެ މަސައްކަތް ނިމުމާއެކު ބާޒާރުގައި ވިއްކާ ކުކުޅުގެ އަގަށް ހެއު ބަދަލެއް އަންނާނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭގެ މިމަސައްކަތުގެ އެންމެ މުހިންމު މަގުސަދަކީ ދިވެހީންނަށް އަތްފޯރާ ވަރުގެ ހެއު އަގުތަކެއްގައި ކުކުޅު ފޯރުކޮށްދީ ކުކުޅަކީ އަގުބޮޑުވެގެން ދިވެހީންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުން ނުކުރެވޭ ވަރުގެ އެއްޗަކަށް ވެފައި އޮތް އޮތުމަށް ނިމުމެއް ގެނައުމެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ފެންވަރު ރަނގަޅު ކުކުޅު، އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައަކަށް ލޮޓަސް ފިހާރަ ވެގެންދާނެ ކަމުގެ ޔަގީންކަން އާއްޓޭ ވަނީ ދެއްވާފައެވެ.



ލޮޓަސް ފިހާރައަކީ އާންމުންގެ މެދުގައި މަގުބޫލް އަދި އެއްތަނަކުން ބޭނުންވާ ހުރިހާއެއްޗެއް ލިބޭ ފިހާރައެކެވެ. އަދި އަގުހެޔޮކަޮށް، އަތްފޯރާ ފަށުގައި ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ރެކޯޑް އޮތީވެސް ލޮޓަސްފިހާރައިގައެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ފޯކާއި ސުޕާރީގެ އެކި ބާވަތްތައް ހިމެނެއެވެ. އެގޮތުން ކޮށި ފޯއް އެންމެ ސަޅިކޮށް ބަންދުކޮށްގެން އެންމެ އަގުހެއުކޮށް އެންމެ ރީތި ކޮށިފޯއް ވިއްކަނީ ވެސް ލޮޓަސް ފިހާރައިންނެެވެ. އެ ފިހާރައިން ބޮޑު ސިންގާ ކޮށި ފޯއް ޕެެކެޓެއް ވިއްކަނީ 150 ރުފިޔާ އަށެވެ. މިއީ ބާޒާރުގަައި ވިއްކާ އަގަށްވުރެ ބޮޑުތަނުން ހެއު އަގެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން