ދެކުނު އިރުމަތީ އޭޝިއާގައި ބާއްވާ އެންމެ މަޤްބޫލު އެއް ފެއަރ ކަމުގައިވާ އައިޓީބީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
އައިޓީބީ އޭޝިއާގައި މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު 18 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.
މި ފެއަރ ކުރިއަށްދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އަދި ކޮންވެންޝަން ސެންޓަރގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީން ބުނީ މި ފެއަރގައި ބައިވެރިވުމުގެ މަޤުސަދަކީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީޓައް އިޝްތިހާރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އައިޓީބީ އޭޝިއާ އަކީ އޭޝިއާ ޕެސިފިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށް ކުރިއަށްދާ އެންމެ މަގުބޫލު އެއް ބީޓުބީ ފެއަރއެވެ. އޭޝިއާ ޕެސިފިކް، ޔޫރަޕް، އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން މި ފެއަރގައި ބައިވެރިވެއެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިން، އެއަރޕޯޓު، ހޮޓެލް، ރިސޯޓު އަދި ތީމް ޕާކްތައް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތައް ހިމެނެއެވެ.
މި ފެއަރގައި 'ޑެސްޓިނޭޝަން ރީޑިސްކަވަރީސް' ގެ ނަމުގައި ކުރިއަށްދާ ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ ޗީފު އެގްސެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 23080 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ.

It is day 1 here at ITB Asia 2022 and we are having a wonderful time! The Maldives is adored in the South East Asian market, and it is an adoration that we appreciate deeply. #WorldsLeadingDestination2021 #Maldives #VisitMaldives #SunnySideOfLife pic.twitter.com/5zeI2Uudfd
— Visit Maldives (@visitmaldives) October 19, 2022
އައިޓީބީ އޭޝިއާ އަކީ އޭޝިއާ ޕެސިފިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށް ކުރިއަށްދާ އެންމެ މަގުބޫލު އެއް ބީޓުބީ ފެއަރއެވެ. އޭޝިއާ ޕެސިފިކް، ޔޫރަޕް، އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން މި ފެއަރގައި ބައިވެރިވެއެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިން، އެއަރޕޯޓު، ހޮޓެލް، ރިސޯޓު އަދި ތީމް ޕާކްތައް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތައް ހިމެނެއެވެ.
މި ފެއަރގައި 'ޑެސްޓިނޭޝަން ރީޑިސްކަވަރީސް' ގެ ނަމުގައި ކުރިއަށްދާ ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ ޗީފު އެގްސެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 23080 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ.
ކިޔުންތެރިންގެ ހިޔާލު