ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސައުތު ކޮރެޔާގެ ސެމްސަންގު ކުންފުނީގެ އެގްޒެކެޓިވް ޗެއަރމަންގެ މަގާމަށް ލީ ޖައެ ޔޮންގ ރަސްމީކޮށް އައްޔަންކޮށްފިއެވެ.
އުމުރުން 54 އަހަރުގެ ލީ އަކީ ސެމްސަންގެ ކުންފުނީގެ ބާނީ ލީ ޔަންގް ޗަލްގެ ކާފަ ދަރިކަލެކެވެ. ލީގެ ކުރިން ސެމްސަންގެ އެގްޒެކްޓިވް ޗެއާމަންއަކީ ލީގެ ބައްޕާފުޅު ލީ ކުން ހީ އެވެ.
2020 ވަނަ އަހަރު ލީގެ ބައްޕާފުޅު އަވަހާރަވުމުން ސެމްސަންގެ ކުންފުނީގެ ޗެއަރމަންގެ މަގާމު ލީ އަށް ލިބިގެންދާނެކަން ކަށަވަރުވިއެވެ. ނަމަވެސް އެ މަގާމަށް ލީ އައްޔަންކުރުން ލަސްވެގެންދިޔައީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމަކާއި ބައެއް ތަހުގީގުތަކުގެ ސަބަބުންނެވެ.
250 ބިލިއަން ޑޮލަރުގެ އަގުހުރި ސެމްސަންގް ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ލީ އައްޔަންކުރި ހާމަކުރިކަން ހާމަކުރީ ބުރާސްފަތި ދުވަހު ސެމްސަންގެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.
އެގްޒެކްޓިވް ޗެއަރމަންގެ މަގާމަށް ރަސްމީކޮށް ލީ އައްޔަންކުރެވުނުކަން އިއުލާންކޮށްފައިވާއިރު، އޭނާ ދިޔައީ މިހާތަނަށް ވެސް އެ ކުންފުނީގެ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ނަމަވެސް މަގާމު ރަސްމީވުމުން މަސައްކަތްތައް ކުރިއަށްގެންދަން ފަސޭހަވާނެއެވެ.
ސެމްސަންގއަކީ 1938 ވަނަ އަހަރު ގާއިމްކުރެވިގެން ދިޔަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު