ކޯވިޑް-19 ގެ ސަބަބުން އިނގިރޭސި ލީގް މެދުކަނޑާލުމަށްފަހު އަލުން ފަށައި ކުޅުނު ދެވަނަ މެޗުންވެސް އާސެނަލް ބަލިވެއްޖެއެވެ.
ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 އިންނެވެ. ރޭގެ މެޗުގައި އާސެނަލަށް ލީޑު ނަގައިދިނީ 68 ވަނަ މިނެޓުގައި ޒުވާން ފޯވަޑް ނިކޮލަސް ޕެޕޭ އެވެ. ލެފްޓް ބެކް ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އައިވަރީ-ކޯސްޓު ކުޅުންތެރިޔާ ޖެހި މި ގޯލުން އާސެނަލަށް ކުރި ލިބުނު ނަމަވެސް މާގިނައިރުތަކެއް ވަންދެން އެޓީމަށް ލީޑް ހިފަހައްޓައެއް ނުލެވުނެއެވެ.
ބްރައިޓަނުން އެއްވަރުކުރީ ޑިފެންޑަރު ލެވިސް ޑަންކް ޖެހި ގޯލުންނެވެ. އެ ނަތީޖާގައި އޮވެ މެޗް ނިމެމުން ދަނިކޮށް ބްރައިޓަނަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މޯޕޭ ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައެވެ. ރޭގެ މެޗުން ބަލިވުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް އާސެނަލުން ކުރާ މަސައްކަތަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ލެނޯ އަށް އަނިޔާވީ ބޯޅަ ހިފަން އުޅުމުގެ ތެރޭ ބްރައިޓަންގެ މޯޕޭގެ ޗެލެންޖަކުން، ފައި ބިންމަތީ އެޅުނު ގޮތަކުންނެވެ. ޖަރުމަން ކީޕަރުގެ ބަދަލުގައި މެޗްގެ ބާކީ ބައިގައި އާސެނަލްގެ ގޯލް ބެލެހެެއްޓީ އެމިލިއާނޯ މާޓިނެޒް އެވެ.
ކޯވިޑް-19 ބްރޭކަށް ފަހު އާސެނަލްގެ ފުރަތަމަ މެޗްގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަކޮށް ބަލިވީ 3-0 އިންނެވެ. އާސެނަލް އަށް ދެން ކުރިއަށް އޮތީ ސައުތެމްޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ. އަނެއްކޮޅުން އަންގާރަ ދުވަހު ބްރައިޓަން ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
އިނގިރޭސި ލީގުގައި މިރޭވެސް ވަރުގަދަ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭ ރާއްޖެގަޑިން 23:00 ގައި ވަރުގަދަ ލިވަރޕޫލް ނިކުންނާނީ އެވަޓަންއާއި ދެކޮޅަށެވެ.
އާސެނަލް މިވަގުތު އޮތީ 40 ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގައެވެ. މިވަގުތު ހަތަރު ވަނައިގައި އޮތީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓާ އެކު ވާދަވެރި ޗެލްސީ އެވެ. މިރޭ ރާއްޖެ ގަޑިން 20:15 ގައި ޗެލްސީ ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު