މަޝްހޫރު ފޯނުއުފައްދާ ކުންފުނި އެޕަލް އިން ޓްވިޓަރ އެޕް ބްލޮކް ކުރާނެ ކަމުގެ އިންޒާރު ދީފިކަމަށް ޓްވިޓަރ ގެ ވެރިޔާ އީލަން މަސްކް ހާމަކޮށްފިއެވެ.

އީލަން މަސްކް ބުނީ އެޕަލްގެ އެޕް ސްޓޯރ އިން ޓްވިޓާ ބްލޮކް ކުރާނެ ކަމުގެ އިންޒާރު ދީފައިވިނަމަވެސް، މިފަދަ އިންޒާރެއް ދީފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމަށް އަދި ނޭނގޭކަމަށެވެ. އެގޮތުން އެޕަލް އިން ޓްވިޓާގައި އިސްތިހާރު ކުރުން މުޅިންހެން ހުއްޓާލައިފައިވާކަންވެސް އީލަން މަސްކް ވަނީ ހާމަކޮށްފައެވެ.



މިކަމާއި ގުޅިގެން އިލަން ވަނީ، އެޕަލް އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅީތޯ ސުވާލުކޮށްފައެވެ.





އެޕަލް ކުންފުންޏަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓްވިޓާގައި އެންމެ ބޮޑަށް އިޝްތިހާރު ކުރި ކުންފުންޏެވެ. އެގޮތުން ޓްވިޓާގައި އިޝްތިހާރު ކުރުމަށް 48 މިލިއަން ޑޮލަރު އެޕަލް އިން ޚަރަދުކުރިކަމަށްވެއެވެ. އަދި އެ މުއްދަތުގައި ޓްވިޓާ ކުންފުނީގެ އާމްދަނީގެ 4 އިންސައްތައަކީ އެޕަލްގެ އިސްތިހާރު ތަކުން ލިބިފައިވާ އާމްދަނީ ކަމަށް ޓްވިޓާ ލިޔުމަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވެ އެވެ.

އެޕަލްގެ އެޕް ސްޓޯރުން ޓްވިޓާ ބްލޮކް ކޮށްފިނަމަ، ޓްވިޓާ އަލަށް ބޭނުންކުރާ ފަރާތްތަކަށް އައިފޯނާއި އައިޕެޑްގައި ޓްވިޓާ އެޕް ޑައުންލޯޑެއް ނުކުރެވޭނެއެވެ. އަދި މިހާރު ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ޓްވިޓާގެ އެއްވެސް އަޕްޑޭޓެއް ނުލިބޭނެއެވެ.

ނަމަވެސް އެޕަލް އިން ޓްވިޓަރ އެޕް ބްލޮކް ކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް އީލަން މަސްކް ބުނާ ބުނުމަށް އެޕަލް ކުންފުނިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން