ލުބުނާނުގެ ބްރޭންޑެއްކަމަށްވާ ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ، އަދި އެތަކެއް ކާމޭޒެއް ފަޅުފިލުވާދޭ ބްރޭންޑެކެވެ. މި ޕްރޮޑަކްޓް ތަކުގެ ތެރޭގައި ގަނޑުކުރި ތަރުކާރީ، ލުއިކާނާ، ދަޅު ކާނާ، ވެޖިޓަބަލް އޮއިލް، އަދި ކިރުގެ އެކި އުފެއްދުންތަކެއް ހިމެނެއެވެ. 

 

ސިއްހަތައް ފައިދާހުރި ގިނަ ބާވަތްތަކެއް އެކުލެވޭ މި ބްރޭންޑުގެ ޕްރޮޑަކްޓްތައް ތައްޔާރުކޮށްފައިވަނީ އިންސާނާގެ ސިއްހައްތައް އެތައް ފައިދާއެއް ލިބިދޭ، ހަކަތަ އިތުރުކޮށްދޭ އެކި މާއްދާތައް ހިމަނައިގެނެވެ. އެހެންކަމުން ދިރިއުޅުމުގެ އެކިކަންކަމުގައި ބިޒީކޮށް އުޅެމުން އަވަހަށް ކެއުމެއް ތައްޔާރުކޮށްލަން ބޭނުންނަމަވެސް މި ބްރޭންޑުގެ ޕްރޮޑަކްޓްތައް އިޙުތިޔާރުކުރުމަކީ ރަނގަޅު ވިސްނުމެކެވެ.



ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކަށް ބަލާލާއިރު:

- ފްރޯޒެން ވެޖިޓޭބަލްސް (ޕީސް، ކޯން، ޕީސް އަދި ކެރެޓް)

ޕްލޭން ސޮލޭލް ފްރޯޒެން ތަރުކާރީ އަކީ ސެލެޑް ހެދުމުގެ އިތުރުން ބަތާއި ރިހަ ކެއްކުމުގައިވެސް ފަސޭހައިން ބޭނުންކޮށްލެވޭނެ ޕްރޮޑަކްޓެކެވެ. މިޕްރޮޑަކްޓަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި ނިއުޓްރިއެންޓްސް ގިނަ ޕްރޮޑަކްޓެކެވެ.  އަދި މި ޕްރޮޑަކްޓް ބޭނުންކޮށްލުމަށްވެސް މާއުނދަގުލެއް ނޫނެވެ. އެގޮތުން މަޑު ގިނީގައި ގާތްގަނޑަކަށް 6 އާއި 8 މިނެޓް ވަންދެން ފެނުކައްކާލީމަ، އެހުރީ ކާން ތައްޔާރުވެފައެވެ. އަދި އިތުރު ރަހަތަކާއިއެކު ތަރުކާރީ ހިކިކޮށް ހަދާލާ، ނުވަތަ އެކި ކަހަލަ ކެއުމުގެ ބާވަތްތައް ތައްޔާރުކޮށްލަންވެސް ޕްލޭން ސޮލޭލް ފްރޯޒެން ތަރުކާރީ ބޭނުންކޮށްލެވޭނެއެވެ.

- ސްޓާ ފްރައި މިކްސް އަދި އޭޝިއަން މިކްސް

ސްޓާ ފްރައި މިކްސް އަދި އޭޝިއަން މިކްސް އަކީ ތަރުކާރީ ކުދިކުދިކޮށް ކޮށާ، ޒަމާނީ ޓެކްނިލޮޖީގެ އެހީތެރިކަމާއެކު ފިނިކޮށް، ގަނޑުކޮށް ތާޒާކަން ނުކެނޑޭނެގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ. އެގޮތުން ތަރުކާރީގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތަކާއި ރަހަތަކަށް ބަދަލެއް ނާދެއެވެ. މިއީ ފަސޭހައިން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އެކި ބާވަތްތަކުގެ ތާޒާ ތަރުކާރީ ހިމެނޭ ޕްރޮޑަކްޓެކެވެ.

- ފްރޯޒެން ސޭވަރީ ޕްރޮޑަކްޓްސް

މިޕްރޮޑަކްޓް ތަކުގެ ތެރޭގައި ފްރޯޒެން ފްރައިސް، ނަގެޓްސް، ވެޖެސް، ޗީޒް ޕަފްސް އަދި އަނިއަން ރިންގްސް ފަދަ މީރު އެކި ބާވަތްތައް ހިމެނެއެވެ. މިއީވެސް ތައްޔާރުކޮށްލަން މާއުނދަގޫ ޕްރޮޑަކްޓެއް ނޫނެވެ. އަދި މި ޕްރޮޑަކްޓްތަކަކީ ކޮންމެ އުމުރުފުރާއަކަށްވެސް އެހާމެ ކަމުދާނެ ޕްރޮޑަކްޓްތަކެއްކަން ޔަގީނެވެ.



ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑެއްގެގޮތުގައި ހިމެނޭ ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތައްވެސް މިހާރު ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.

މާލެ އާއި ހުޅުމާލޭގައި ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް މިހާރު ގާއިމުކޮށްފައިވާއިރު، މެދުނުކެނޑި ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. 

މީގެއިތުރުން ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށްވެސް ބާޒާރު ކޮށްލެވޭނެއެވެ. އަދި އޮންލައިންކޮށް ބައްލަވައިގަންނަ މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ވިލާ މާޓުން ދެމުންގެންދެއެވެ. ވެބްސައިޓްގެ އިތުރުން ވިލާމާޓުގެ ހާއްސަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ވިޔަފާރި ކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން