އެޕިސޯޑް 03
...............
ކުލަ ބަގީޗާއެއްގެތެރޭ މިހާރުވެސް މާބުރު އެދަނީ އެމަލުގެ ފޮނިކަމާއި، އޭގެ ލައްޒަތު ލިބިގަންނަމުންނެވެ. މަލުގެ ކަރުގަނޑުގެ ތެރެއަށް މާބުރުގެ ކަށި ކޮއްޕާލާއިރަށް މަލުގެ ފިޔަތަކުން މާބުރު ފޮރުވާލާ ކަހަލައެވެ. އެހިނދު އެބަގީޗާގެ ދޮރުތައްވަނީ ބަންދުވެފައެވެ. ފަރުދާތައްވަނީ ކެހިފައެވެ. ދެހިތެއްގެ އުފަލަށްޓަކައެވެ. ހިތްހަމަޖެހުމާއި އަރާމަށްޓަކައެވެ.
ރައްޒާޤަކީ ހުޝިޔާރު ފިރިހެނެކެވެ. އޭނާ މަލަކާގެ ލަޠީފީ ރަހަ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންފިއެވެ. މަލަކާއަށް ދޮންކަޅުވެސް އަންގާނުލައެވެ. އޭނާ މަލަކާގެ ނަފްސަށް މަލަކާގެ ޙައިޘިއްޔަތުވެސް އޮޅުވާލައިފިއެވެ.
ގައިމުވެސް އޭނާ މަލަކާއާ ގުޅުނުއިރު މަލަކާއަކީ ޢިއްފަތްތެރި އަންހެން ކުއްޖެކެވެ. އޭނާ މަލަކާ ޖާދޫގައި ޖެއްސީ ވަރަށް ފަސޭހަކަމާ އެކުގައެވެ.
ޙަޤީޤަތުގައިވެސް އެއީ މާބުރެކެވެ. ރީތި މަލެއް ފެންނައިރަށް މާބުރުވެސް އެދޭނީ މަލުގައިވާ ފޮނި މީރުކަން ލިބިގަތުމަށެވެ.
ރައްޒާޤަކީ އޭގެ މިސާލެކެވެ. އޭނާއަކީ ޢާންމު ދިރިއުޅުމުގައިވެސް ރީތި އަންހެން ކުދިންނަށް ފާރަލާ މީހެކެވެ. ބައެއް އަންހެން ކުދިން އޭނާގެ ދަޅަތަކަށް ހެއްލޭލެއްވެސް ވަރަށް އަވަހެވެ. ޢިޝްޤީ ދަޅަޔާއި އަސަރު ދައްކައިގެން އަންހެން ކުދިން މަގު ފުރައްދާލުމަށް އޭނާއަށް ލިބިފައިވާ ހުނަރު ރަނގަޅީ ކަމަށްވެސް ވެދާނެއެވެ.
[ރައްޒާޤު...މިހެން އުޅެނިކޮށް އަހަންނަށް ލަނޑެއް ލިބިދާނެއެއްނު. ކޮންމެގޮތެއްވިޔަސް އަހަންނަކަށް ރައްޒާޤަކާ މެރީއެއް ނުކުރެވޭނެ.] ހެދުން ބޮލުން ވައްޓާލަމުން މަލަކާ ބުންޏެވެ.
[އަހަރެން މަލަކާއަށް ދެރައެއް ނުދޭނަމެއްނު. ކީއްވެތަ މަލަކާއަށް އަހަންނަށް ނީނދެވެންވީ؟] ރައްޒާޤު ގަމީހުގެ ގޮށްތައް އަޅުވަމުން ބުނެލިއެވެ. މަލަކާ އިށީނދެލިއެވެ.
[އަހަރެންގެ ކައިވެނި ވަނީ މުޅިން ހަމަޖެހިފައި. އެއީ ބައްޕަގެ ވިޔަފާރީގެ ބައިވެރިޔާގެ ދަރިފުޅު ޢިމްރާނާ....] ރައްޒާޤު ގާތުގައި މަލަކާ ބުންޏެވެ.
[އޭރުން އަހަންނޯ؟ އަހަރެން ކިހާދެރަވާނެ. މަލަކާއަށް އަހަންނާ ނުލާ ކެތްވާނެތަ؟] ރައްޒާޤު މަލަކާއާ ޖެހި ފިތިގެން އިށީނެވެ.
[ނުވާނެ ކެތެއް. އެކަމަކުވެސް މަންމަމެނާ ދެކޮޅަށް އަހަރެން ކުރާނީވެސް ކޮންކަމެއް. ދެން މިވާހަކަ ހުއްޓާލާފައި ހިނގާ ގެއަށް ދަމާ.] އެމައުޟޫޢަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީވެ މަލަކާ ތެދުވިއެވެ. އެންމެ ރަނގަޅޭ ބުނެފައި ރައްޒާޤުވެސް ތެދުވެއްޖެއެވެ.
މިހާރު ޢިމްރާނާއި ނިޔާޒް އެދަނީ ޢިމްރާނާއި ސަރާގެ ކައިވެނި އެރަށުގައި ކުރުމުގެ ތައްޔާރީތައް ވަމުންނެވެ. ކައިވެނި އެރަށުގައި ބޭއްވި ކަމުގައިވިޔަސް، ޢިމްރާނު ޤަޞްދުކުރަނީ މާލޭގައި ބޮޑު ޕާޓީއެއް ބާއްވާށެވެ. ވުމާއެކު ޢިމްރާނު އޭނާގެ މަންމަ ފަހީމާއަށް ގުޅާފައި، އޭނާ ކައިވެނި ކުރަން އުޅޭ ވާހަކައާއި، އަވަހަށް ގެ ތައްޔާރު ކުރުމަށް އެންގިއެވެ. ނަމަވެސް ޢިމްރާން އޭނާގެ މަންމަ ގާތަކު އޭނާ އިންނަން އުޅެނީ ކާކާ ކަމެއް ނުބުނެއެވެ. ވުމާއެކު ފަހީމާ ހީކުރީ އޭނާގެ ވިސްނުމުގައިވާ ގޮތަށް ޢިމްރާން އިންނަން އުޅެނީ މަލިކާޔާ ކަމަށެވެ. އެހެންކަމަށްހިތައި އޭނާ މަލިކާގެ ޢާއިލާގެ މެމްބަރުންނާ ޚުދު މަލިކާއާވެސް ވާހަކަ ދައްކައިގެން ކައިވެންޏަށް ތައްޔާރު ކުރަން ފަށައިފިއެވެ.
ވުމާއެކު ދެފަރާތުގެ ޢާއިލާއިން ވަރަށް ފުރިހަމައަށް ގެ ތައްޔާރު ކުރަން ފަށައިފިއެވެ. ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި ތިބެމެއެވެ.
[ޢިމްރާން މަންމަމެންގާތު ބުނެފިންތަ، މިކޮޅުން ސަރާޔާ އިންނަން އުޅޭ ވާހަކަ؟] ޢިމްރާނާއި ނިޔާޒް ވާހަކަ ދައްކަންތިބީ ނިޔާޒްގެ ކޮޓަރީގައެވެ.
[ކީއްކުރަން...މަންމަޔަށް ސަޕްރައިޒެއްދޭނީ....އަހަރެން ބުނިން ކައިވެންޏަށް ގެ ތައްޔާރު ކުރާށޭ....] ޢިމްރާން ބުންޏެވެ.
[މާދަމާރޭ ކައިވެނި ކުރެވޭގޮތަށް ހަމަޖެހޭނެޔޯ ޤާޟީ ބުނި. ވަރަށްއުފާވެފަދޯ ތިހުންނަނީ....] ނިޔާޒު ބުންޏެވެ.
[އުފަލުގެކޮޅެއް ނެތެއްނު....] ޢިމްރާން މޭގައި އަތްކާއްތާލިއެވެ.
ތަފާތު ކުލަކުލައިގެ ބޮކިތަކުންނާއި މާތަކުން ފަހީމާ މަންޒިލްއާއި އެގެއާ ގުޅިފައިވާ ރޯޝަންހާރު ޒީނަތްތެރިވަމުންދާއިރު، އާދައިގެ ގޮތެއްގައި ޢިމްރާނާއި ސާރާގެ ކައިވެނީގެ ކަންތައްތައްވެސް ކުރިޔަށް ދަނީއެވެ.
ކައިވެނީގެ ސަބަބުން އެންމެބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ޙިއްޞާ ކުރަމުންދަނީ ޢިމްރާނެވެ. އެއުފާވެރި ވަގުތުވެސް މޫނުމަތިން އުފާވެރި އަސަރު ދައްކައިގެން އިން ކަމުގައިވިޔަސް، ސަރާގެ މާޔޫސީކަން، ބަލާ މީހުންނަށް ދޭހަވާނެއެވެ. ކައިވެނި ޢަޤުދުކޮށް ދިނުމަށްފަހު ޤާޒީއާއި ހެކިވެރިން އެގެއިން ނިކުމެގެންދިޔައިރުވެސް އޭނާ ހުންނަނީ ކޮންމެވެސް ޚިޔާލެއްގައެވެ.
[ސަރާ މިއުފާވެރި ވަގުތުވެސް ކޮން ވިސްނުމެއް، އެހެން ކަންތައްތަކާ ނުވިސްނާ އަހަންނާ ދޭތެރޭ ވިސްނަބަލަ. ސަރާއަށް އިޙްސާސެއްވެސް ނުކުރެވޭނެ، އަހަރެން ސަރާދެކެ ލޯބިވާ މިންވަރެއް.] ސަރާގެ ހިމޭން މޫނަށް ބަލަން ހުރެފައި ޢިމްރާނު ސަރާގެ ކަންފަތްދޮށުގައި ވައިއަޑުން ބުންޏެވެ.
[ހަމަ ހިތަށްއަރަނީ ޢިމްރާނުގެ މައިންބަފައިން އަހަންނާ ދޭތެރޭ ދެކޭނީ ކިހިނެއްބާއޭ. އަޅެ އަހަރެން އަދިވެސް ބިރުގަނޭ.] އެންމެން ދިއުމާއެކު ސަރާ ޢިމްރާނުގޭ މޭގައި ބޯއަޅާލިއެވެ.
[ސަރާ އަހަރެންގެ ލޯބި، ތިވަރަށް ކަންބޮޑުނުވެބަލަ. އަހަރެންގެ މަންމައާއި ބައްޕައަކީ މިހާރު ސަރާގެވެސް މަންމައާއި ބައްޕައެއްނު.] ޢިމްރާނުގެ ދެއަތްވެސް ސަރާ ވަށާލައިފިއެވެ. އާކައިވެނީގެ ރޭގެ ލައްޒަތަށް އެދެމުންނެވެ. ނަމަވެސް އެގެ އާދެ! ސަރާގެއަކު އެކަަމަށް ފުރްޞަތެއް ނެތްކަހަލައެވެ. އެގެއަކު ބަންދު ތަނެއްވެސް ނުހުރެއެވެ. އެއީ ފަނުން ހަދާފައިވާ ހުސް ހޯލެކެވެ. ބަލާބެލުމަށް އެގެ އެންމެ ވައްތަރީ ކުރީ ޒަމާނުގައިވެސް އެތާނގައި ހުރިފަދަ ދޯނިހަރުގެއަކާއެވެ.
[އިމޫ...މަންމަ އަތުވެދާނެ..މަންމައަށް އެއްވެސް މަންޒަރެއް ފެންނާކަށް އަހަރެންނޭދެން.] ސަރާ ކުއްލިއަކަށް ޢިމްރާނާ ދުރަށް ޖެހިލިއެވެ.
[ސަރާ ތިބުނީ ރަނގަޅަށް. މަންމައަށް އިޙްތިރާމް ކުރަންވާނެ. މާލެ ދެވެންދެން ކެތްކުރާނީދޯ. މާދަމާ ހަވީރު މާލެ ދެވޭނެނު. ނިޔާޒް ދަތުރުގެ ހުރިހާ ކަމެއް އެބަ ހަމަޖައްސާ. ސަރާއަށް އެނގޭތަ، ނިޔާޒަކީ ރަޙްމަތްތެރިޔަކަށް ނަމޫނާއެއް. ވަރަށް ބަރާބަރު އެކުވެރިއެއް އެއީ.] ޢިމްރާން ސަރާގެ އަތުގައި ހިފައި ގެންގޮސް ދިމާއަށް ހުރި އެނދުގައި އިށީންނަމުން ނިޔާޒަށް ތަޢްރީފު ކުރިއެވެ. އެ އެނދާ ޖެހިގެން ހުރީ ސަރާގެ މަންމަ ނިދާ އެނދެވެ. އެ ދެއެނދަކީވެސް ކުރީ ޒަމާނުގެ ރޯނުފުރި ދެއެނދެވެ. ކޮންމެ އެނދެއްގައިވެސް ދުވަސްވުމުގެ ސަބަބުން ބާވެ ހަލާކުވެފައިވާ ކުނަލަކާއި ބާލީހެއް އޮތެވެ. އެއެއްޗެތިތަކުންވެސް އެޢާއިލާގެ ނިކަމެތިކަން ދޭހަވެއެވެ.
[އިމޫ....މިރޭ ނިޔާޒްމެން ގޭގަދޯ ނިދާނީ...] ސަރާ އެނދަށް ބަލަން އިނދެފައި ބުންޏެވެ.
[ނޫނޭ ސަރާ...އަހަރެން އޮންނާނީ މިގޭގަ މިއެނދުގައި. ސަރާގެ ގާތުގައި.] ޢިމްރާން ނިކަން ލޯބިން ސަރާގެ ކޮލުގައި ފިރުމާލިއެވެ.
[މިތާނގަ...؟] އެއެނދުގަނޑުގެ ނިކަމެތިކަމުން ސަރާ ލަދުގަތްކަން ޢިމްރާނަށް ވިސްނުނެވެ.
[ސަރާ...މިހާރު ސަރާ އަހަންނަށް ލަދުގަންނާކަށް ނުޖެހޭނެ. ދެމީހުނަކީ ދެހަށިގަނޑެއްގައި ތިއްބަސް އެއްފުރާނައެއް. އަހަރެން އިނީ މިގެއަކާ ނޫން. އަހަރެން ކައިވެނިކުރީ އަހަރެންގެ ހިތުގެ މިލްކުވެރިޔާއާ. ސަރާ ދެން އޮށޯވޭ. އަހަރެންވެސް ސަރާ ގާތު އޮށޯންނާނަން.] ސަރާގެ މަންމަ ނަޖްމާ ގެއަށްއައިސް ވަނީ އެވަގުތުއެވެ.
[މަންމާ...އަޅެ މަންމަ ހަމަ ނުދާނަންތަ އަހަންނާއެކު މާލެއަށް. މަންމަ ކިހާ އެކަނިވާނެ އަހަރެން ދިޔައީމަ.] ނަޖުމާ މާލެދާން ބޭނުންނުވަނީ ކީއްވެގެން ކަމެއްވެސް އެކެއް ގާތަކުވެސް އޭނައެއް ނުބުނެއެވެ. އެހެން ނަމަވެސް، އޭނާ ބުނަމުންދަނީ ދުވަހަކުވެސް މާލޭގެ ފަސްގަނޑުގައި ފައި ޖައްސަން އޭނާ ބޭނުންނުވާ ކަމަށެވެ.
[ދެރަނުވޭ ދަރިފުޅާ. ޢިމްރާން ދަރިފުޅަށް ލޯބިދޭނެ. ދަރިފުޅަށް އަލަށް ލިބުނު މަންމަ މާތްރަސްކަލާނގެ އިރާދަފުޅުން ދަރިފުޅަށް މަޔެއްގެ ލޯބިދީ، މިމަންމައެކޭ އެއްގޮތަށް ދަރިފުޅަށް ހެޔޮވާނެ.] ނަޖުމާ އައިސް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
[ސަރާ، މަންމަ އެބުނީ ތެދެއް. އަހަރެންގެ ގެއިން ސަރާއަށް ހުރިހާ އުފަލެއްވެސް ލިބޭނެ. އެކަމަކު އަހަންނަށްވެސް ރަނގަޅީ މަންމަ އަހަރެމެންނާއެކު މާލެ ދިޔައްޔާ. ކައިވެނި ޕާޓީވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެވިއްޔަ. މަންމަ އަހަރެމެންގެއަށް ނުދަންޏާ، އަހަރެން އެހެން ގެއެއް ކުއްޔަށް ހިފަންތަ؟] ޙަޤީޤަތުގައި ޢިމްރާންވެސް ބޭނުންވަނީ ސަރާގެ މަންމަވެސް ގޮވައިގެން މާލެ ދާށެވެ.
[ދަރިފުޅާ، ދަރިފުޅުމެން ގެޔަށް މަންމަ ވަކިނުދާންވީ ކީއްވެ. މަންމަ މަރުވެގެން ދާން ބޭނުންވަނީވެސް މާލޭ ފަސްގަނޑުގައި ފައި ބީއްސާނުލާ. މަންމަ ތިދެކުދިންގާތު ކުރާ ވަޞިިއްޔަތެއް މިއީ. މަންމަ ކިތަންމެ ބަލިވެ ޙާލު ބޮޑުވިޔަސް، މާލޭ ފަސްގަނޑަށް ނުގެންދިޔުމަށް މަންމަ އެދެން.] ނަޖުމާ ޢިމްރާނުގެ ބޮލުގައިވެސް ފިރުމާލިއެވެ.
[އެންމެ ރަނގަޅު. މަންމަގެ ވަޞިއްޔަތަށް އަހަރެމެން ކަމޭހިތާނަންދޯ ސަރާ. އިރާދަކުރެއްވިއްޔާ މަންމަގެ ޙާލު ބަލަން ކޮންމެ ތިންމަހުން އެއްމަހު އަހަރެމެން މިރަށަށް އަންނާނަން. ހިނގާ ދެން ނިދަމާ. މާދަން ނިކަން ހެނދުނާ ހޭލަންޖެހޭނެ.] ޢިމްރާން އެނދުގައި އޮށޯވެލިއެވެ. ނަމަވެސް ސަރާ ލަދުގެންފައި އިނީއެވެ.
[ސަރާ މިރޭ މަންމަ ގާތު އޮށޯވޭ.] ސަރާއާ ދިމާއަށް އެއްލޯ ކުޑަކޮށްލަމުން ޢިމްރާން ބުންޏެވެ. ހިތްގައިމު ހިނިތުންވުމަކާއެކު ގޮސް ސަރާ މަންމަގެ ގާތު އޮށޯވެއްޖެއެވެ.
އާ ކައިވެނީގެ ރެޔަށްޓަކައި އެތައް ހާސް ރުފިޔާއެއްގެ އަގުބޮޑު ކައިވެނި ހެދުމަކާއި ތަފާތު ގަހަނާތަކުން މަލަކާވަނީ ޒީނަތްތެރިވެފައެވެ. އަގުބޮޑެތި ގަހަނާތަކާއި ބިއުޓީޝަނުންގެ ކުޅަދަނާކަމާވެސްއެކު މަލަކާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ދެޢާއިލާގެ ގުޅިފައިވާ ގެވެސް ވަނީ އެހާ ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ.
[ދަރިފުޅާ..މަލަކާ...ދަރިފުޅުގެ އަތުގައި ތިހުރި ނިޔަފަތިތައް ކަނޑާލަބަލަ...ނިޔަފަތި ދިގުވީމާ މަންމައަކަށް ރީއްޗެއް ނޫން.] ނިޔަފަތި ކަނޑާ ދައްޗެއް މަލަކާގެ އަތަށްދެމުން ޢިމްރާންގެ މަންމަ ފަހީމާ އެދުނު ވަގުތު މަލަކާ ނިޔަފަތި ކަނޑަން ފެށިއެވެ. އޭނާގެ ކިޔަމަންތެރިކަން ފަހީމާއަށް ދެއްކުމުގެ ޤަޞްދުގައެވެ.
[ޢިމްރާންގެ ހެދުންވެސް ތައްޔާރުކޮށް ނިންމާފަތަ އޮތީ؟] މަލަކާގެ ގާތު އިށީންނަމުން ފަހީމާ އެއްސެވެ.
[އާނ...ޢިމްރާން އައިސް ދެން ފެންވަރައިގެންލާންވީ. މަންމާ...ޢިމްރާން އަންނަނީ ކިހާއިރަކުތަ؟] ނިޔަފަތި ކަނޑަން އިން މަލަކާ ފަހީމާއާ ދިމާއަށް އެނބުރުނެވެ.
[ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އާދެވޭނެ ވާހަކަ ހެނދުނު ގުޅާފަ ބުނި. އެސޮރު ކޮންމެވެސް ސަޕްރައިޒެއްގެ ވާހަކަވެސްކީ. އަހަރެން ބުނިން މާލެ އައިސް ތިވާހަކަ ދައްކަން އަވަހަށް އަންނާށޭ.] ފަހީމާ މިހެން ބުނި ވަގުތަކީ މަލަކާގެ މަންމަ ޝާޢިރާއާއި ބައްޕަ ވަޖުދީވެސް ވަން ވަގުތެވެ.
[ޝާޢިރާ ހުރިހާ ދަޢުވަތު ކާޑުތައް ބަހާ ނިމިއްޖެބާ. އަހަރެން މުފީދުމެން ގާތު ބުނިން އިއްޔެގެ ނިޔަލަށް ހުރިހާ ކަމެއް ނިންމަންޖެހޭނޭ.] ޝާޢިރާއާއި ވަޖުދީ ވަނުމާއެކު ފަހީމާ ބުންޏެވެ.
[އިއްޔެ ހަވީރު އަހަރެން މުފީދުގާތު އެހީމާ އޭނަ ބުނީ ހުރިހާ ކާޑުތަކެއްވެސް ބަހާ ނިންމައިފީމޭ. ކޮބާ ޢިމްރާންގެ ދަތުރު ކިހާ ހިސާބެއްގަޔޯ. އެސޮރު ނުގުޅާތަ؟] ފަހީމާއަށް ޖަވާބު ދިނުމަށްފަހު ވަޖުދީ އެއްސެވެ.
[އެސޮރު ހެނދުނު ގުޅި. ބުނި ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އާދެވޭނެޔޯ...ދޯ މަލަކާ؟] ފަހީމާ ވަޖުދީއަށް ޖަވާބުދެމުން މަލަކާއަށް ދޯއެއްލިއެވެ.
[ރަފީޤުވެސް ގޭގަ ނޫޅެނީތަ؟] ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ވަޖުދީ އެއްސެވެ.
[އޮފީހުން ގުޅައިގެން ދިޔައީ. ގާމެންޓް ފެކްޓްރީގެ ކޮންމެވެސް މެޝިންތަކެއްގެ މައްސަލަ ޖެހިގެން ބުނީ...ކުރީގައި އެކަންތައްތަކާ އުޅެނީ ނިޔާޒްވިއްޔަ.....މީ ނިޔާޒް ނެތީމާ ވާއުނދަގުލޭ ކިޔަމުން ދިޔައީ...ވަޖުދީ ގުޅާލަބަލަ...] ފަހީމާ ބުންޏެވެ.
ވަޖުދީ ޖީބުން މޯބައިލް ފޯނު ނަގައި ރަފީޤަށް ގުޅާލިއެވެ. ނަމަވެސް ތަކުރާރުކޮށް އެތައްފަހަރަކު ރިންގުވިއިރުވެސް އެކޮޅުން ޖަވާބެއް ނުލިބުނީމާ ވަޖުދީ ފޯނު ކަނޑާލުމަށްފަހު ޖީބަށްލިއެވެ. ހަމަ އެހިނދު ރަފީޤު އައިސް ގެއަށް ވަދެއްޖެއެވެ.
[ވަޖުދީ ތިގުޅީ އަހަރެން ގޭދޮރުމަތީގައި ކާރު ޕާކް ކުރަން އުޅެނިކޮށް. އެހެންވެ ތިފޯނަށް ޚަރަދު ކުޑަކޮށްލަން ފޯނުނުނަގާ މިވަނީ.] ރަފީޤު ވަޖުދީ އިން ސޯފާގެ އެއްކޮޅުގައި އިށީނދެއްޖެއެވެ.
[މެޝިންތައް ރަނގަޅުވީތަ؟ ސުޕަވައިޒަރ ބުނީ އެކޮޅުން މިފަހަރު ފޮނުވާފައި ހުރި މެޓީރިއަލްސްތައް ފެންވަރު ދަށް ވާހަކަ.] އަބަދުގެ އާދަ ފަދައިން ރަފީޤާއި ވަޖުދީގެ ވިޔަފާރީގެ މަޝްވަރާ ފެށުނެވެ.
[އަހަރެން ބޮޑަށް މިދިޔައީވެސް ރޯހަން އެވާހަކަ ބުނީމާ. އެއީވެސް ދޮގެއް ނޫން. މިފަހަރު ފޮނުވާފައި ހުރި ފަޓްލޫނު ފޮތިތައްވެސް ވަރަށް ތަފާތު. މިގަޑީގައި އަހަރެމެން ވިޔަފާރީގެ ވާހަކަ ދެއްކީމާ މިތިބަ ދެއަންހެނުން ނިކަން ހިތްހަމަނުޖެހޭނެ.] ރަފީޤު ފަހީމާއަށް ބަލައިލުމަށްފަހު ބުންޏެވެ.
[ސައި ހަދަންތޯ؟] އެވަގުތު އެތަނަށް އައިސް އެގޭގައި ގެންގުޅޭ ސިލޯނު އަންހެން މީހާ، އާދެ! ސިރިޔާނީ އެހިއެވެ.
[ނޫނޭ މިހާރު ދެން އެއޮއް ހަތަރެއް ޖަހަނީއެއްނު. އެސޮރު އައީމަ ސައިބޯނީ.] މިފަހަރު ވާހަކަ ދެއްކީ މަލަކާގެ މަންމަ ޝާޢިރާއެވެ. އެއީ އެހާވެސް އެއްބައިވަންތަ އަދި ގުޅިފައިވާ ދެޢާއިލާއެވެ.
ޢިމްރާނުގެ ކާރު ފަހީމާ މަންޒިލާއި ރޯޝަންހާރު ބިލްޑިންގ ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ. ފުރަތަމަ ކާރުން ފޭބީ ޢިމްރާނާއި ނިޔާޒެވެ. ސަރާ ފޭބީ އެއަށްފަހުގައެވެ.
[މިއީތަ ޢިމްރާންގެ ގެއަކީ؟] ކުރިމަތީގައިވާ ބޮޑު ޢިމާރާތަށް ނަޒަރު ހުއްޓައިގެން ހުރެމެ ސަރާ އެއްސެވެ. ޙަޤީޤަތުގައި އޭނާވަނީ ވަރަށް ޢަޖައިބުވެ އަންތަރީސްވެފައެވެ. އެއީ އޭނާ ހުވަފެނުންވެސް ދެކެފައިވާފަދަ ގެއެއް ނޫނެވެ.
[އާދޭ އެތެރެއަށް ވަންނަން.] ޢިމްރާން ސަރާގެ އަތުގައި ހިފައިގެން ދޮށާރި ހުޅުވާފައި އެތެރެއަށް ވަނެވެ. ކައިވެނި ޙަފްލާއަށް ތައްޔާރު ކުރެވިފައިވާ މާސިންގާ ހޯލު ފެނުމުން ސަރާގެ ޙައިރާންކަން ކުރިއަށްވުރެވެސް ބޮޑުވިއެވެ. ގެއަށް ވަދެގެން އައި ޢިމްރާންމެން ފުރަތަމަ ފެނުނީ ޢިމްރާންގެ މަންމަ ފަހީމާއަށެވެ.
[އެސޮރު އެއައީނު....] އޭރު ފަހީމާއަށް އަދި ޢިމްރާންގެ ފަހަތުގައި ހުރި ސަރާއެއް ނުފެނެއެވެ.
[މަންމާ...އަހަރެން ބުނީމެއްނު މަންމައާއި ބައްޕައަށް ސަޕްރައިޒެއްދޭ ވާހަކަ. މީ....] ޢިމްރާން އޭނާގެ ފަހަތުގައި ހުރި ސަރާ އެންމެންނަށް ފެންނާނޭހެން އެއްއަރިއަކަށް ޖައްސާލިއެވެ.
[ވާހް....ދަރިފުޅު ހާދަ ރަނގަޅޭ...މަންމައާއި ބައްޕަ މިގޭގަ ގެންގުޅޭނެ ދިވެހި އަންހެން ކުއްޖަކު ބޭނުންވެގެން އެވާހަކަ ދެއްކި އަޑު ދަރިފުޅު އެހިންދޯ. އަނެއްކާ މީރުކޮށް ދިވެހި ކެއްކުން ކައްކަން ދަންނަ ކުއްޖެއްތަ ތިއީ.] ފަހީމާ ނިކަން އުފާވެފައި ހުރެމެ ތެދުވިއެވެ. މަންމަގެ އެޖުމްލަތަކުން ސަރާއާއި ޢިމްރާން އެކަކު އަނެކަކަށް ބަލައިލިއެވެ.
[މަންމާ...މީ މިގޭގަ ގެންގުޅެން ގެނައި ކުއްޖެއް ނޫން. މީ އަހަރެންގެ އަނބިމީހާ....] ޢިމްރާން ސަރާގެ އަތުގައި ހިފެހެއްޓިއެވެ. ޢިމްރާންގެ މިޖުމްލައިން މުޅި ޢިމާރާތަށްވެސް ހީވީ ލޮޅުމެއް އެރިހެންނެވެ. އެންމެނަށްވެސް ދެލޯބޮޑުކޮށް އެދިމާއަށް ބަލަހައްޓައިގެން ތިބެވުނީ ޢިމްރާންގެ އެވާހަކަ ގަބޫލުކުރަން ދަތިވެފައެވެ.
[އަނބިމީހާއޭ! ކޮންކަހަލަ ސަމާސާއެއް ދަރިފުޅު ތިކުރަނީ....] އެޙައިރާންކަންމަތީ އިނދެ ފަހީމާ ވާހަކަ ދެއްކިއެވެ.
]ސަމާސާއެއް ނޫން މަންމާ. ގަބޫލު ނުކުރެވެންޏާ ނިޔާޒް ގާތު އަހާބަލަ.] އެއީ ލަގެޖްތަކާއެކު ނިޔާޒް އެތެރެއަށް ވަން ވަގުތުކަމުން ނިޔާޒަށް އެއަޑު އިވުނެވެ.
********************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު