ކުރިންދެއްކީ މުޅިން އެއްވާހަކަ ތަކެކެވެ. ރައީސްޔާމިންގެ އަނިޔާވެރިކަމުގެ ވާހަކަ އާއި ރޯމާދުވާލު ކުރަމުންދިޔަ ވައްކަމުގެ ވާހަކަތަކާއި ގުޅިގެން ހިންގި ބިޔަ ކޮރަޕްޝަނުގެ ޖަރީމާތަކުގެ ވާހަކަ ތަކެވެ.
ރާއްޖޭގެ އެއްމެ ތުއްތު ކުއްޖާއަށްވެސް ސިއްރުނުވާނެހެން ހިނގަމުން ދިޔަ އަނިޔާ އަކީ އޭރުގެ ރައީސްގެ ބަލިފައިވެސްމެއެވެ. އަރިހުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރައްވަން ތިއްބެވި ވަޒީރުންގެ ތެރެއިން ވެސް ސިޔާސީ ގޮތުން މަޝްހޫރުކަން ހޯއްދަވާފާނެހެން ހީވާ ނުވަތަ ހޯއްދަވަމުން ގެންދިޔަ ބޭފުޅަކުހުރިއްޔާ ކަތިލައި ސައިޒު ކުރައްވަމުން ގެންދިޔައީ ވަގަކަށް ސިއްރަކުން ނޫނެވެ.
ފުރަތަމަ ފެށްޓެވީ ސިޔާސީ ހަތުރުންގެ ތެރެއިން އެމަނިކުފާނަށް ހުރި އެންމެހާ ހުރަސްތަކެއް ނައްތައި ލުމަށެވެ. ބިސްމިން ކިޔައިފާ ފުރަމަމަ ހިފީ ގިނަބަޔަކުގަބޫލު ކުރާ ވަކި ފަރުދަކަށް ރާއްޖޭގައި އެންމެ ގިނަބަޔަކު ތާއިދު ކުރަމުން ދިޔަ ކުރީގެ ރައީސް ނަޝީދުގެ ކަރުގައެވެ. ކުރުގަޅުވާލާފައި ގޭގައި ހުކުމް ލިޔެދީގެން އެމަނިކުފާން އަދަގޮނޑި ޖެއްސެވީ ސީދާ ރައީސްޔާމިން ބޭނުންފުޅު ވާގޮތަށް ކަން ޝައްކެއް ނެތް މިންވަރަށް އެއްމެ އާދައިގެ މީހާއަށް ވެސް ފަހުމުވެ ޔަގީން ވާނެއެވެ.
ދެންއަމާޒު ހިފީ އޭރުގެ ނައިބުރައީސް ޑރ. ޖަމީލާ ދިމާއަށެވެ. ތުހުމަތުތަކެއް އަޅުވައި އެމަނިކުފާނުގެ އިތުބާރު ޕީޕީއެމްގެ އެތެރެއިން ގެއްލުވާލަން މަސައްކަތް ކުރަމުން ދަނިކޮށް އޭރުގެ އިދިކޮޅުން ބިޔައެއްވުމަކަަށް ދިޔައީ ތައްޔާރުވަމުންނެވެ. އެއެއްވުމުގައި އެެއްމެ އިސްކޮށް ހަރަކާތްތެރި ވަމުން ގެންދިޔައީ އެމްޑީޕީ އާއި ޖޭޕީ އަދި ޢަދާލަތުޕާޓީ ގުޅިގެން އޭރުގެ އެމްޑީޕީ ގެ އިސްމާގާމެއްގައި ހުންނެވި މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަލީވަހީދާއި މިހާރުގެ ހޯމްމިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އިތުރުން ޖޭޕީގެ ބައެއް އިސްވެރިންނެވެ.
މިދެންނެވި މޭޑޭގެ އެއްވުން ވެގެން ދިޔައީ ސިޔާސިީ ހަތުރުން ކަސްތޮޅޮ އަޅުވައި މަގު އަމާން ކޮށްލާން ރައީސް ޔާމިނާއި އެމަނިކުފާނުގެ ބައިވެރިންނަށް ލިބުނު ރަނުގެ ފަހި ފުރުސަކަށެވެ. އެކަމަށް ޔާމިން ގެ ބައިވެރިން ތައްޔަރުވެ ތިއްބާ އެމަޅީގައި ޖެހި ޝެއިހް ގައިދުވެގެން ދިޔަ އިރު އަލިވަހީދު ކޮންމެވެސް ދޭތެރެއަކުން ދެމިގަނެ ގައުމުން ބޭރަށް ފުރިއެވެ. މީ ގިނަބައެއްގެ ހިތުގަ އެތައް ސުވާލުތަކެއް އުފެދިގެން ދިޔަ ކަމަކަށްވެ ސީދާ ރޭވިގެން އަލީވަހީދު ޑީލް އެއް ހައްދަވައިގެން ޝެއިޚަށް ބޮނޑިއެއް ދިނީ ކަމަށް ވެސް އޭރު ގިނަބަޔަކު ބުނަމުން ދިޔައެވެ .
ދެން ރައީސް ޔަމީން ގެ ޝިކާރަ އަކަށް ވީ އޭރުގެ ޑިފެންސް މިނިސްޓަރ އަހުމަދުނާޒިމެވެ. ދުރާލައި ރޭވިގެން ދިޔަ ފުރޭމް ކުރުމުގެ ދަލުގައި ކާނަލް ނާޒިމް ޖެއްސީ ކުށެއް ކޮށްގެން ނޫންކަން އެއްމެ ތުއްތު ކުއްޖާއަށް ވެސް އެނގޭ ވަރަށް ފްރޭމްކޮށްލި މިމައްސަލައިގައި ނާޒިމް ގެ ކުށަކަށްވީ ވަޒީރުކަމުގަ ހުންނަވައިގެން ހޯއްދަވަމުން ގެންދެވި ރައްޔަތުންގެ މަގުބޫލުކަމާއި ލޯތްބެވެ. އެހެން މީހަކަށް ބަޔަކު ތައުރީފު ކުރާއަޑު އައްސަވަން ޔާމިނަށް ފަސޭހަ ފުޅުނުވީއެވެ.
މި ގައިދަށް ފަހު ދެން ފައިވިއްދާލީ ނައިބުރައީސް ގެ ކަންތައް ނިއްމައިލާށެވެ. އެކަމަކީ ހީކުރިވަރަށްވުރެން މާ ފަސޭހަ ކަމެކެވެ. މަޖިލީހަށް އޮއްސައިލި ފައިސާ ގެ ބޮނޑިވަރު ތަކާއެކު މިއަދު އަނެއްކާވެސް ޔާމިން ވަރެއްނެތިގެން އެމަނިކުފާނުގެ ފަސްބައިގައި އެލިގަނެގެން އުޅުއްވާ ޑރ. ޖަމީލު ގެ މަގާމު ކަތިލެވި ކަފުންވިއެވެ. މިހެން ގޮސް ފަހަރަކު މީހަކު ގޮޅިއަށް ލައި ގާނުން އަސާސި ރޫޅައިކުދިކޮށް ރައީސްް ޔާމިން ބޭނުން ފުޅުވާގޮތަށް ބަދަލުކޮށް ނައިބު ރައީސް ކަމަށް ހަށިގަނޑުންބިޔަ އެހެނަސް އެފަދަ މަގާމަކަށް ކުޑަ ކުއްޖަކު ވެޑުވުނުއިރު ބިރުދައްކައިގެނާއި މަޖިލީހަށް އޮއްސާލި ކޮރަޕްޝަނުގެ ފައިސާގޯނިތަކުގެ އެހީއާއި އެކު ގާނޫންއަސާސީގެ ތެރެއިން ސިޔާސީ ކަންކަމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް މުސްކުޅި ކުރެއްވި އެވެ.
ގިނަބަޔަކު ގަބޫލު ކުރާގޮތުގައި ސިޔާސީ މައިދާނުގައި ޤާސިމަކީ އެއްމެ ނުފޫޒުގަދަ އެއް ނަމެވެ. ވުމާއެކު ގާނޫނު އަސާސީގެތެރެއިން ޖޭޕީގެ ލީޑަރ ޤާސިމް އެކަހެރިކުރައްވައި މުސްކުޅި ކޮށްލެވުނީމާ ބަޔަކުު އުފާފާޅުކޮށް ޕާޓީ ކުރި ކަމަށް ވެއެވެ. ވެރިކަން ނަގަހައްޓައި ދަމަހައްޓަން ކުރާންޖެހުނު ކޮންމެ ކަމެއްވެސް އެސަރުކާރުން އައީ ކުރަމުން ނެވެ. އެއްބަފާ ބޭބެފުޅު ކުރީގެ ރައީސް މައުމޫން ވެސް ގޮޅިޔަށްލައި ކޮއްކޮވެސް ގައިދުކޮށް ކުރިޔަށް ހުރި އެއްމެހާ ހުރަސްތަކެއް ވެސް ނައްތައިލީ އެވެ. ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ ނިޔަތުގައެވެ.
ނަމަވެސް އެއީ ރައީސް ޔާމިންގެ ބަލިފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރަކީ ވަރަށް ގިނަ ރަނގަޅު ކަންތައް ތަކެއްވެސް ކުރައްވައި ގިނަ ހިދުމަތްތަކެއް ތައާރަފު ކޮށް ފަހިވެގެން ދިޔަ ފަސްއަހަރުކަން ފާހަގަ ނުކޮށް މިފަދަ ލިޔުމެއް ދޫކޮށްލުމަކީ ޒިއްމާދާރު ގޮތެއް ކަމަކަށް ނުދެކެމެވެ.
ރައީސް ޔާމިންގެ ވެރިކަމާއެކު ވަރަށްގިނަ އާއްމުރައްޔަތުނާގުޅުން ހުރި މައްސަލަ އަކަށްވި ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުތަނުން ހައްލުވެ ވިޔަފާރިވެރިންނަށް ވެސްލުއި ލިބިގެން ދިޔައެވެ. މުޅިދުނިޔޭގައި ކަން އޮތްގޮތް އެހާސާފު ނުވިޔަސް އޭޝިޔާގެ އެއްވެސް ގައުމެއްގައި އެމެރިކާ ޑޮލަރ ނެގޭ ގޮތަށް އޭޓީއެމް ބަހައްޓާފައި ހުރިކަމަކަށް އެނގިފައެއް ނުވެއެވެ. އަޅުގަނޑު ނުދެއްކިޔަސް ގިނަބަޔަކު އެންމެގިނައިން މިހާރު ދައްކާ އެއްވާހަކައަކީ ރާއްޖެއިން ފެންނަން އޮތް އެއްމެ ބޮޑު ތަރައްޤީގެ މަސައްކަތުގެ ވާހަކައެވެ. އޭގައި އިންތިހާ އަށް ކޮރަޕްޝަން ހިމެނުނަސް ސަޅިބުރިޖާއި އެޔާ ގުޅިފައިވާ ރިންގްރޯޑާއި 25 ބުރީގެ ބިޔަ ދަރުމަވަންތަ ހޮސްޕިޓަލާއި އެއަރޕޯޓު ގެ ބިޔަ ރަންވޭގެ އިތުރުން ނިމުމަކާ ދާދިގާތަށް މަސައްކަތް ގޮސްފައިހުރި 7000 ފުލެޓްގެ ވާހަކަ ދައްކަނީ ކައި ކައިފަވެސް ރަނގަޅު މަސައްކަތް ތަކެއް ކުރިކަން ފެންނާން ހުރީމަ އެވެ. މީގެއިތުރުން އަތޮޅުތެރޭގައި ހިންގާފައިވާ ހަލުއި ބިޔަ މަޝްރޫޢުތަކުގެ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. ދެ ބަނދަރު އަޅާހާ ފައިސާ ޚަރަދު ކޮށްގެން އެއް ބަނދަރު ހެދިކަމަށް ބަޔަކު ބުންޏެއް ކަމަކު އަދި އެކަކަން ކުރާން ފައިސާ ހޯދީ ދަރަންޏަށް ނަގައިގެން ކަމަށް ބުންޏަސް ވެހެވެ. ހަގީގަތުގައިވެސް ރައީސް ޔާމިން ވިދާޅުވާ ފަދައިން ފައިސާ ހޯދިތަނެއް ހޯދި ގޮތެއް ރައްޔިތުން ނާހައެވެ. ބޮޑު ބަނދަރާއި ބޮޑު ސްކޫލާއި ރީތި ތާރުއެޅި މަގުތައް ހަދައި ރަށް ތަރައްޤީވީމާ ރައްޔިތުންނަށް ވަރިހަމައެވެ.
ރައްޔަތުން މިއަދު ދައްކާ ވާހަކަ ތަކުން ރައީސް ޔާމިން ގެ ފެންނަން ހުރި މަސައްކަތްތައް ބަލައިގަންނަކަން އެނގެއެވެ. އަނިޔާވެރިކަން ހައްދުފަހަނަ އަޅާނުދިޔަނަމަ އަދިވެސް ވެރިކަމުގައި ހުއްނަވާނީ ޔާމިން ކަމުގަ ބުނާމީހުން ވެސް މަދެއްނޫނެވެ.

ކިޔުންތެރިންގެ ހިޔާލު