އެޕިސޯޑް 04
...............
[ޢިމްރާން އެބުނީ ތެދެއް. އެއީ ޢިމްރާންގެ އަނބިމީހާ ސަރާ....] ނިޔާޒް ދިން ޔަޤީންކަމުން އެންމެންގެ މޫނުމައްޗަށްވެސް އިތުރު ޙައިރާންކަންވެރިވިއެވެ. ޙައިރާންވުމުގެ އިތުރަށް ފަހީމާގެ ގާތަށް އަރީ އަމަށަކު ރުޅިއެއް ނޫނެވެ. އެރުޅި އޭނާއަށް ކޮންޓްރޯލް ނުވެދާނެހެން ހީވާތީ، އޭނާ ނިކަން ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. މައިދައިތަގެ ފަރާތުން ފުރަތަމަ ފެނުނު މަންޒަރުގެ ސަބަބުންވެސް ހީވީ ސަރާގެ ހިތް މީހަކު ތޮރުފާލިހެންނެވެ. ވަގުތުން ސަރާގެ ލޮލުން ކަރުނަ އައެވެ. އެކަން ނިކަން އަވަހަށް ޢިމްރާން ދެނެގަތްވެސްމެއެވެ. ވުމާއެކު އޭނާ އަވަސް އަވަހަށް ސަރާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
[ދެރަނުވޭ ސަރާ. އިރުކޮޅަކުން މަންމަ ހަމައަކަށް އެޅިދާނެ. ދަތުރު ވަރުބަލިވެސް ވާނެއެއްނު. އަހަރެން އަންނަންދެން އަރާމުކޮށްލާ.] ޢިމްރާން ސަރާ އެނދުގައި ބޭންދުމަށްފަހު ކޮޓަރިން ނުކުތެވެ.
އޭރުވެސް ޢިމްރާންގެ ބައްޕައާއި މަލަކާގެ ބައްޕަގެ އިތުރުން މަލަކާގެ މަންމައާއި މަލަކާވެސް ބަސްހުއްޓިފައި ތިއްބެވެ. ހީވަނީ އިސްވެ އެއްވެސް މީހަކު ވާހަކަ ދައްކަން ބޭނުން ނުވެފައި ތިބީހެންނެވެ.
[ދަރިފުޅު ގޮސް މަންމަގެ ކޮޓަރިއަށް ވަދެބަލާ.] އެންމެންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ރަފީޤު އެދުނެވެ. ޢިމްރާން އެތާ މަޑުވެސްކޮށްނުލާ ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ.
އޭރު މަންމަ ފަހީމާ ރުޅިން ރުންކުރުވެފައި އެނދުގައި އިށީނދެ އިނެވެ.
[ދަރިފުޅަށް ހަމަ ސާބަސް. ދަރިފުޅު އަހަރެމެނަށް ތިދިނީ ކޮންފަދަ ބޮޑު ކެއްސެއް.] މާގަދައަށް ރުޅިއައުމުގެ ސަބަބުން އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.
[މަންމާ އަހަރެން މަންމަމެނަކަށް ކެއްސެއް ނުދެން. އަނެއްކާ ސަރާއާ ދޭތެރޭ މަންމަ ހިތްހަމަނުޖެހެނީތަ؟] ޢިމްރާން މަންމަގެ ގާތުގައި އިށީނދެއްޖެއެވެ.
[ނޭނގިގެންތަ ތިއަހަނީ. މައިންބަފައިންނަށް ދަރިޔަކު ތިވަރުގެ ބޮޑު ކެއްސެއްދޭނެތަ؟ ދަރިފުޅުގެ ސަބަބުން މަންމައާއި ބައްޕަ ކިހާބޮޑު ލަދެއްގައި މިބެދުނީ. މަންމަމެން ޝާޢިރާމެނަށް ދައްކާނީ ކޮން މޫނެއް. މަލަކާވެސް ކިހާ ދެރަވާނެ. އެމަންޖެވެސް އެހުރީ ކައިވެނި ހެދުމުގައި ތައްޔާރުވެގެން.] ފަހީމާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
[މަންމާ...މަންމަ އެންމެ ފަހަރަކުވެސް ނުބުނަމެއްނު، އަހަރެން އިންނަންވާނީ މަލަކާޔާއޭ. ކުރިން ސާފުބަހުން މަންމަ ބުނިނަމަ، އަހަރެން މަންމަމެންގެ އެދުން ފުއްދަދިނީމުސް.] ޢިމްރާން މިހެން ބުނީމަ ފަހީމާ ކޮންމެވެސް ވަރަކަށް ހަމަޖެހުނު ނަމަވެސް، ވަކި އެއްޗެކޭ ނުބުނެއެވެ. އޭރު ޢިމްރާންގެ ވާހަކަ އަޑު އަހަން ދޮރުމަތީގައި ޢިމްރާންގެ ބައްޕަ ރަފީޤުވެސް ހުއްޓެވެ.
[ފަހީމާ އެސޮރު އެބުނީވެސް ދޮގެއް ނޫނޭ. އަހަރެމެން ހިތުގައި ބާއްވައިގެން ރޭވުންތަކެއް ރޭވިޔަސް، އެސޮރަކަށް އެނގުމެއް ނުވާނެއެއްނު.] ރަފީޤު ޢިމްރާން ދިފާޢު ކުރިއެވެ.
[ރަނގަޅު ވާހަކައެއް ތިބުނީ. އަހަންނަކަށް ކައިވެނީގެ ވާހަކަ ޢިމްރާނު ގާތު ނުބުނެވޭ. ދެރަވަނީ މަލަކާ ދެރަވާނެވަރު ހިތަށްއަރާފަ. ރަށަކުން ކުއްޖަކު ފެންނައިރަށް އިންނަންޖެހޭތަ؟ އެމީހަކު ކައިވެނި ކުރަންވާނީ އެމީހަކާ އެކަށީގެންވާ ކުއްޖަކާ. ތިބުނާ ސަރާއަކީ ކާކުކަމެއްވެސް ނޭނގެ.] ފަހީމާ އަދިވެސް ހިތްހަމައެއް ނުޖެހެއެވެ.
[މަންމާ...މަންމައާއި ބައްޕަ ގާތު ނުބުނެ ކައިވެނި ކުރެވުނު ކަމަށްޓަކައި އަހަރެން މަންމަމެންގެ ކިބައިން މަޢާފަށް އެދެން. އަހަންނަށް ސަރާޔާ ކައވެނި ކުރެވުނީ ސަރާދެކެ ލޯބިވާތީ.] ޢިމްރާން ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެއެވެ.
[ލޯބިވާތީ އިނީއޭ! ނުބަލަންދޯ އޭނައަކީ ކޮން ފެންވަރެއްގެ ޢާއިލާއަކުން އައިސްފައިވާ މީހެއްތޯއެއް. ދަރިފުޅުވެސް ޖެހޭނެ، މިޢާއިލާގެ ޢިއްޒަތާއި ޤަދަރު ހިފަހައްޓަން. ދަރިފުޅު ކިޔާނުދިނަސުް މަންމަ އެރަށަށް ގުޅައިގެންވެސް އެމަންޖެގެ ޢާއިލާއާބެހޭ މަޢްލޫމާތު ހޯދާނަން.] ފަހީމާ އިތުރަށް އެތާކު މަޑެއް ނުކުރެއެވެ. އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭރު މަލަކާގެ އަތުގައި ހިފައިގެން ވަޖުދީއާއި ސަރާ އެމީހުންގެ އެޕާޓްމަންޓާ ދިމާއަށް ދަނީއެވެ.
[ދަރިފުޅާ މަލަކާ ހުއްޓިބަލަ....] ފަހީމާގެ އަޑަށް މަލަކާ ހުއްޓުނެވެ. އޭރު މަލަކާ ހުރީ މޫނުމައްޗަށް ވަރަށް ބޮޑަށް ހިތާމައިގެ އަސަރުވެރިކޮށްގެންނެވެ.
[ދަރިފުޅާ ދެރަނުވޭ. އަދިވެސް މަންމަގެ ދަރިއަކީ ތީ. ދަރިއެއްގެ ގޮތުގައި މިމަންމަ ސަރާ ގަބޫލެއް ނުކުރާނަން. ހިތްވަރު ދެރަނުކުރާތި. ޝާޢިރާ...ރަފީޤު...އަޞްލު އެސޮރުގެ ކުށެއްވެސް ނެތް...އަހަރެމެނަށް އެސޮރު ގާތު ދުވަހަކުވެސް ކައިވެނީގެ ވާހަކަ ނުދެއްކޭވިއްޔަ. ދެންމެ ވަރަށް ދެރަވެފައި އެސޮރު ވާހަކަ ދެއްކި.....ޙަޤީޤަތުގައި އެސޮރުވެސް ބޮޑަށް ލޯބިވަނީ މަލަކާދެކެ...އެސޮރުގެ ވާހަކައިން އެކަން އެނގޭ....] ފަހީމާ އެމީހުނާ އަރާހަމަކޮށް ޝާޢިރާމެނާ މުޚާޠަބު ކުރިއެވެ. ޝާޢިރާމެން ރުއްސޭތޯއެވެ.
އެކަމުގައި އަހަރެމެންގެ ހިތް ބުރައެއް ނޫންދޯ ވަޖުދީ؟] ޝާޢިރާ ހިނިތުންވެލަމުން ވަޖުދީއަށް ބުންޏެވެ.
[މިއޮއްހާ ދުވަހު އަހަރެން ހީކޮށްގެން މިހުންނަނީ ކަލޭމެން އެސޮރުގާތުވެސް އެވާހަކަ ދެއްކި ކަމަށް. އެކަކަށްވެސް އޭނަ ކުށްވެރި ކުރުމުގެ ޙައްޤެއް ނޯންނާނެ. އަހަރެމެން ބުނެގެން އޭނަ އެކަމެއް ނުކުރިނަމަތާ، އޭނަ ކުށްވެރިވާނީވެސް.] ވަޖުދީވެސް ވާހަކަ ދެއްކީ ޢިމްރާނުގެ ދިފާޢުގައެވެ.
ހީކުރިގޮތަކަށް ނޫނެވެ. އެކަންތައްގަނޑުގެ ސަބަބުންނެއް އެދެޢާއިލާތެރޭ މާބޮޑު ކިލަނބުކަމެއް ނުއުފެދެއެވެ. ހުރިހާވެސް މައްސަލައަކީ ސަރާއަކީ ރާއްޖެތެރޭގެ ނިކަމެތި އަންހެން ކުއްޖަކަށްވުމުން ފަހީމާ އޭނާދެކެ އެވާ ފޫއްސެކެވެ.
ޙަޤީޤަތުގައި އޭނާ ސަރާޔާ މަދުފަހަރަކު މެނުވީ އަނގައިންވެސް ބުނެނުލައެވެ. ސަރާގެ ކުރިމަތީގައިވެސް އޭނާ އުޅެނީ މަލަކާ މާ ގާތްކޮށްގެންނެވެ. މަލަކާއަށް ދުވަހަކުވެސް އޭނާ ދަރިފުޅާއޭ ނޫން ގޮތަކަށް މުޚާޠަބެއް ނުކުރެއެވެ. އެހެން ނަމަވެސް، ދުވަހަކުވެސް އޭނާ ސާރާޔާ ގާތް ގޮތަކަށް އަނގައިންވެސް ނުބުނެއެވެ. ވުމާއެކު ސަރާ އުޅެން ޖެހެނީ ވަރަށް ބަލިޙާލުގައި ނިކަމެތި ފިކުރުތަކެއްގައެވެ.
ޢިމްރާން ނޫޅޭ ގަޑިތަކުގައި ސަރާއާ އަނގައިން ނުބުނި ނަމަވެސް، ޢިމްރާން އުޅޭ ވަގުތުތަކުގައި އޭނާ ސަރާޔާ ވާހަކަ ދައްކާ ހަދައެވެ. އެހެންކަމުން، ސަރާ ބަރުދާސްތުކުރާ ހިތްދަތިކަމުގެ ކުޑަވެސް އިޙްސާސެއް ޢިމްރާނަކަށް ނޭނގެއެވެ.
[މާލެ ވަރަށް ފޫހިތަ؟] އެއްދުވަހަކު އޮފީހުން އައިއިރު ސަރާ ހުރިގޮތުން ޢިމްރާން އެއްސެވެ.
[އުނހު...ވަރަށް ހިތްހަމަޖެހޭ....ޢިމްރާންގެ ލޯބި ލިބޭތީ ވަރަށް އުފާވޭ.] ސަރާ ލޯބިވާ ފިރިމީހާގެ މޭގައި ބޯއަޅާލިއެވެ. އެހިނދު މައިދައިތަ ކަންތައްކުރާގޮތް ކިޔާދީފާނަމޭވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ފިރިމީހާގެ މަންމައޭ ކިޔައިގެން ވާހަކަ ދައްކައި ޝަކުވާ އުފުލުމަކީ ފިރިމީހާ ނުރުހިދާނެ ކަމެއް ކަމަށް ހީވާތީ، އެކަން އޭނާ ހިތުގެ ތެރެއަށް އޮއްބާލިއެވެ.
[އަހަރެންގެ މަންމަމެންވެސް ނުލާހިކު ރަނގަޅެއްނު. މަންމަ އަބަދުވެސް އަހަރެން ގާތު ބުނާނެ، ސަރާ ރަނގަޅަށް ނުވެސް ކާނޭ.] ޢިމްރާން ސަރާ އޭނާގެ މޭގެތެރެޔަށް ބޮނޑިކޮށްލިއެވެ. ޢިމްރާންގެ އެޖުމްލަ ސަރާއަށް ހީވީ އޭނާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. މައިދައިތަގެ ރޭވުންތެރިކަން އިންތިހާއޭ ހިތަށްއަރާ އިސާހިތު އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަ ފާޅުވެއްޖެއެވެ.
[ޢިމްރާން މަންމަ...ވަރަށް ރަނގަޅު...އެކަމަކު....] ސަރާއަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ. އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. އެހިނދު ޢިމްރާންގެ މަންމަ ފަހީމާ އޭނާޔާ ދޭތެރޭ ކަންތައް ކުރާގޮތުގެ ވާހަކަ ޢިމްރާނަށް ކިޔާދީފާނަމޭވެސް ހިތަށް އެރިއެވެ.
[ސަރާ ބުނެބަލަ، އެކަމަކު ކީކޭތަ ކިޔަން ތިއުޅެނީ؟] ސަރާގެ ގިލަންވެރިކަމުން ޢިމްރާން ވަަރަށް ހާސްވެއްޖެ ކަހަލައެވެ. އޭރު ސަރާއަށް ރޮވެނީއެވެ. އޭނާއަށް ވާހަކަ ދައްކާނެ ހިތްވަރެއްވެސް ނެތެވެ.
[ސަރާ ނުރޮއި، ވެގެން އުޅޭގޮތެއް ކިޔާދީބަލަ.] ޢިމްރާން ސަރާގެ ލޯ ފޮހެދެމުން ބުންޏެވެ.
[އަހަރެންގެ މަންމަ މަތިން ހަނދާންވަނީ.] ސަރާ ހެދީ ދޮގެވެ. މަޞްލަޙަތަށްޓަކައެވެ.
[މަންމަ ގެންނަން އުޅެންވީނު. ސިޓީ ފޮނުވާފައި ނޫނީ ފޯނުކޮށްފައި މަންމަ ގާތު ބުނަންވީނު މާލެ އަންނަން ތައްޔާރުވާށޭ.] ޢިމްރާން އަނެއްކާވެސް ސަރާ އޭނާގެ މޭގައި ލައްކޮށްލިއެވެ.
[އަހަރެން ކިތަންމެ ވަރަކަށް ބުންޏަސް، މަންމަ މާލެ އަންނާކަށް އެއްބަހެއް ނުވާނެ. މަންމަ މާލެ މަތިން އެވާ ފޫއްސެއް އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެ. މާލެއޭ ބުންޏަސް މަންމަ ވަރަށް ފޫހިވޭ.] ސަރާ ހިސާބަކަށް ހަމަޖެހެން މަސައްކަތް ކުރަމުން ބުންޏެވެ.
އެވަގުތު އެކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ.
[ކާކު؟ ވަދޭ އެތެރެއަށް.] ޢިމްރާން ސަރާއާ ދުރަށް ޖެހިލަމުން ބުންޏެވެ.
[ދަރިފުޅާ މަންމައޭ....] އެތެރެއަށް ވަނީ ފަހީމާއެވެ. ސަރާ އޭނައޭ ކިޔައިގެން ކުޓުވަނީ ކަމަށް ހީކޮށްފައެވެ.
[އާނ...މަންމާ އަނެއްކާ ކިހިނެއްވީ؟] މަންމަ ވަނީމާ ހިނިތުންވެލަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.
[މަންމަ މިއައީ ސަރާ މިގޭގަ މާ ބީރައްޓެހިކޮށް އުޅޭތީ އެވާހަކަ ދައްކަން. އެކަނި ބީރައްޓެހީކީވެސް ނޫނޭ. ނުވެސްކައޭ ރަނގަޅަކަށް. މިހާރުވެސް މިރަށަށް އައިފަހުން ހާދަބޮޑު ތަނެއް ހިކިއްޖޭ....ދަރިފުޅު ނިކަން ސަރާއަށް ވިސްނަދީބަލަ.] ފަހީމާ ޢިމްރާންގެ ލޮލުގައި އަނދުން އެޅުމުގެ ގަސްދުގައި ބުންޏެވެ.
މަންމަގެ ޙަޤީޤަތް އޮޅިފައި ހުރި ޢިމްރާން ހިނިތުންވެލުމަށްފަހު ސަރާ ގާތު އެއީ ސަރާގެވެސް ގެ ކަމުގައި ދުށުމަށް ވިސްނައިދިނެވެ. ހިތަށް އިންތިހާއަށް އަސަރުކޮށްފައި ހުރި ސަރާ އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެއެވެ. ހިތުގައިވާ ގިލަންވެރިކަމުގެ އަސަރުތައް ފޮރުވަން މަސައްކަތްކޮށް އޭނާ ހުރީއެވެ.
[ދަރިފުޅާ...ކުންފުނީގެ ބައްދަލުވުމެއްގެ ވާހަކަ ރޭގަ ބައްޕަ ދެއްކި...ދަރިފުޅު ނުދަންތަ އެބައްދަލުވުމަށް. މަލަކާވެސް ބުނި އޭނަދާ ވާހަކަ....] ކުއްލިއަކަށް ހަނދާންވީމާ ބުނެލާ ފަދައިން ފަހީމާ ބުނެލިއެވެ.
[ނޫނޭ އަހަރެންވެސް ދާނަން. ރިޒޯޓަށް ދެދުވަހަށްދާއިރު ސަރާވެސް ގޮވައިގެންދާން އަހަރެން މިވިސްނަނީ.....] ޢިމްރާން ސަރާގެ މޫނަށް ބަލައިލުމަށްފަހު ބުންޏެވެ. ޢިމްރާންގެ އެޖުމްލައާއެކު ފަހީމާގެ މޫނުގެ ކުލަވަރު ބަދަލުވިކަހަލައެވެ.
[ދަރިފުޅާ ސަރާ ގެންދާނެ ކަމެއް ނެތެއްނު. ސަރާ ގެންދިޔައިމަ މަންމަ ކިހާ ފޫހިވާނެ.....] ފަހީމާ ބޯކަހާލިއެވެ.
[މަންމަ އެކަންޏެއް ނުވާނެއެއްނު. ކަރަންއާއި ރުމާލީވެސް އުޅޭނެއެއްނު.] ޢިމްރާން އިޝާރާތްކުރީ އެގޭ ބަދިގޭގައި ގެންގުޅޭ މީހާއަށާއި، ބާޒާރު ކުރަން ގެންގުޅޭ މީހާއަށެވެ.
[ދަރިފުޅާ އެމީހުނަކީ މަންމަގެ ފޫހިފިލުވަން މިގޭގަ ތިބޭ ބައެއް ނޫނެއްނު. މަންމަ ދެރަވެއްޖެ...ގޭގަ ގެންގުޅޭ މީހުންނާ މަންމަޔާ އެއްހަމަތިކޮށްލީ.] ފަހީމާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
މަންމަ އެހެން ބުނީމާ ޢިމްރާން ވަރަށް ދެރަވެއްޖެއެވެ. ވަގުތުން އޭނާގެ ޚިޔާލު ބަދަލުވެއްޖެއެވެ.
[އެންމެ ރަނގަޅު...މަންމާ...މަންމަގާތު ސަރާ ބަހައްޓާފައި އަހަރެން ދާނީ...] މަންމަގެ ހިތްހަމަޖެއްސުމަށްޓަކައި އަމިއްލަ ހިތްހަމަޖެހުން ޢިމްރާން ޤުރްބާން ކުރިއެވެ.
[ދަރިފުޅު ހާދަ ރަނގަޅޭ...މަންމަ ވަރަށް އުފާވެއްޖެ.] ފަހީމާ ހިތްހަމަޖެހުމުގެ ނޭވައެއްލަމުން ކޮޓަރިން ނުކުމެއްޖެއެވެ. އެދަތުރުން ސަރާ ބާކީކޮށްލެވުނީތީ އުފާކުރަމުންނެވެ. އޭނާ ބޭރަށް ނުކުމެ ވަގުތުން މަލަކާއަށް ގުޅިއެވެ. އަދި އެއުފާވެރި ޚަބަރު މަލަކާއަށް ދިނުމަށްފަހު، ލިބޭ ހަނި ފުރްޞަތުގައި ޢިމްރާނާ ގުުޅުން ބަދަހިކުރުމަށް ނަޞޭޙަތްތެރިވިއެވެ. މަލަކާ ފޯނު ބޭއްވީ އެކަމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ފަހީމާއަށް ދިނުމަށްފަހުގައެވެ.
ދުވަސްތަކަކަށްފަހު ރައްޒާޤު ގުޅީ މަލަކާ ފޯނު ބޭއްވިތަނާއެވެ. ރައްޒާޤު ގުޅީ މަލަކާގެ މޯބައިލަށެވެ.
[ހުވަފެނެއް ފެނުނީތަ؟] ފުރަތަމަވެސް މަލަކާ ކުރީ ޝަކުވާއެވެ.
[ރަށުން ބޭރުގައި އުޅެލާފަ މިއައީ....އެރަށުގައި ހުރިއިރުވެސް ބައެއް ވަގުތުތަކުގައި މަލަކާ ވަރަށް ހަނދާންވޭ. ހަނދާންވާނެއެއްނު، ޢާންމުކޮށް ދިމާވާ އަންހެން ކުދިން މަލަކާހާ ކުޅަދާނައެއް ނޫންވިއްޔަ....] ރައްޒާޤު ހިނގައިގަންނަމުން ބުންޏެވެ.
[ތިހެން ކިޔާ އަހަރެން ހައްދާ....އަހަރެން މިއުޅެނީ މާދަމާރޭ ކުންފުނީގެ ބައްދަލުވުމަކަށް ދެދުވަހަށް ރިސޯޓަށް ދާން....] މަލަކާ ބުންޏެވެ.
[ތިހެން ވެއްޖެއްޔާ ކޮންމެހެންވެސް މިރޭ ވާނެ ބައްދަލުވާން...އަހަރެން އިންތިޒާރު ކުރާނަން....] ރައްޒާޤު ބުންޏެވެ.
[އުފަލެއް ޙާޞިލް ކުރަންވީމަ އަބަދުވެސް ރައްޒާޤު އަހަރެންގެ މަތިން ހަނދާންވާނީ....އެންމެ ރަނގަޅޭ އަހަރެންވެސް މިހުންނަނީ ބޭނުންވެފައޭ...ދާނަން...ދެން ބާއްވަނީ....]
މަލަކާ ފޯނު ބޭއްވިއެވެ. އެރެއަށް އިންތިޒާރު ކުރަމުންނެވެ. އަރާމުގެ ލައްޒަތަށް އޭނާވެސް އެދޭތީއެވެ. އޭނާއަށް ފިރިހެނެއްގެ ފުށުން އަރާމްގެ ލައްޒަތު ލިބިފައިވަނީ ރައްޒާޤުގެ ފުށުންނެވެ. އެއުފަލުގެ ތެރެއަށް އޭނާ ވެއްދީވެސް ރައްޒާޤެވެ. އެކަހެރި ބައްދަލުވުމެއްގައެވެ. އެދުވަހު ރައްޒާޤު ވަނީ ހަމަ ރަނގަޅަށްވެސް މަލަކާގެ އިޙްސާސްތަކާ ކުޅެލާފައެވެ. އެހަނދާންތަކެއް މަލަކާގެ ދިރިއުޅުމުން ފިލައިގެންދާނެހެނެއް ހިއެއްނުވެއެވެ. އެސިފައިގައި މަލަކާގެ ހަށިގަނޑުގައި ބީހިލި އެންމެ ފުރަތަމަ މީހާއަކީ ރައްޒާޤު ކަމަށްވީތީވެސްމެއެވެ.
އެކަމަކު ރައްޒާޤު މުޅިން ތަފާތެވެ. އެއީ ހަމަ ފައްކާ މާބުރެކެވެ. އޭނާ ތަރުބިއްޔަތު ވެފައިވަނީވެސް މާބުރުގެ އުޞޫލަށެވެ.
ފެންނަ ކޮންމެ މަލަކީ އޭނާ ފޮނި ބޯންޖެހޭ މަލެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަލަކާގެ ޢިއްފަތުގެ މީރުކަން އޭނާ ލިބިގަތީވެސް އެހެންވެގެނެވެ.
މަންމަގެ އެދުމަށް ޢިމްރާން ސަރާނުލާ ފުރަން އުޅޭތީ ސަރާހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނައަށް ވަރަށް އަސަރުވެސް ކޮށްފައިވެއެވެ. ނަމަވެސް އެކަން ޢިމްރާނަށް އެނގުމަކަށް އޭނާ ނޭދެއެވެ. ޢާއިލީ ހަމަޖެހުމަށްޓަކައެވެ. އޭނާ މައިދައިތަގެ އަޞްލު ޢިމްރާނަށް ހާމަނުކުރަނީވެސް އެހެންވެގެނެވެ. އޭނަގެ ސަބަބުން ހަމަޖެހުން ނަގާލާކަށް އޭނާ ބޭނުމެއްނުވެއެވެ.
[ސަރާ.....] ހިތްދަތި ޚިޔާލުތަކެއްގައި ހުރި ސަރާ ސިހުނީ ދާދި ގާތުން އިވުނު ނިޔާޒްގެ އަޑުންނެވެ.
[ނިޔާޒް....އިށީނދޭ....] ވަރަަށް ހަމަޖެހޭގޮތް ދައްކަމުން ސަރާ ނިޔާޒަށް އިޙްތިރާމް އަދާކުރިއެވެ.
[ސަރާ ހާދަ ބޮޑުފިކުރެއް...އަދިވެސް ހީވަނީ މާބީރައްޓެހިކޮށް އުޅޭހެން. އަނެއްކާ ކަމެއްވީތަ؟] އިށީންނަމުން ނިޔާޒް ބުންޏެވެ.
[ކަމެއްނުވޭ....މިހެން ބުންޏަސް މަންމަގެ މަތިން ހަނދާންވާނެކަން އެނގެއެއްނު....ޢިމްރާން ކޮބާ؟] ސަރާ ކުޑަކޮށް އެއްއަތަކަށް މޫނު އަނބުރާލިއެވެ.
[އަހަރެން މިގެއަށް އަންނަމުން ގުޅީމަ ބުނި ދިހަވަރަކަށް މިނިޓްތެރޭ ގެއަށް ވަންނާނެ ވާހަކަ. ސަރާ ނުދަންތަ ބައްދަލުވުމަށް.] މިހެން ބުނެފައި ނިޔާޒް ސަރާގެ މޫނަށް ބަލައިލިއެވެ. ވަގުތުން ސަރާގެ މޫނުމަތީގެ އަސަރު ބަދަލުވިއެވެ. ދެލޯ ފެންކަޅިވެ ރޮވޭގޮތްވީމާ އޭނާ އަނެއްފަރާތަށް އެނބުރި ހިންދިރުވާލިއެވެ.
[އާނ...އަހަންނެއް ނުދަން. ޢިމްރާންގެ މަންމަ އެކަނިވެ ފޫހިވާނެތީ އަހަރެން މަޑުކޮށްލީ.] ސަރާ ބޭނުމީ ޢާއިލީ މައްސަލަތައް ނިޔާޒަށްވެސް ވަންހަނާ ކުރުމަށެވެ.
ކިތަންމެ ދުވަހެއްވިޔަސް އޭނާ ބޭނުންވަނީ ކެތްތެރިވާށެވެ. އޭނާ ޢިމްރާން ދެކެވާ ތެދުވެރި ލޯތްބަށްޓަކައެވެ.
[އެކަމަކު ސަރާ އެކަހަލަ މުނާސަބުތަކުގައި ބައިވެރިވާންވާނެއެއްނު. މަލަކާވެސް ދާނެވިއްޔަ. އަހަރެން އެހެން ބުންޏަސް ސަރާ ހީނުކުރާތި، ޢިމްރާންގެ ޢަޒުމް ގުޑުވާލެވޭނެޔޭ. މަލަކާ ކީއްކުރަން، މިދުނިޔެއަކު ނުހުންނާނެ، އޭނާގެ ހިތާ ކުޅެލެވޭވަރުގެ އަންހެނަކު...ސަރާއަށް އެނގޭތަ، ޢިމްރާން ސަރާދެކެ ހާދަ ލޯތްބެކޭ އެވަނީ.] ނިޔާޒްގެ ވާހަކައިން ސަރާއަށް ހިތްހަމަޖެހުން ލިބުނުއިރު އެވަރަށް ހިތް ނުތަނަވަސްވެސްވިއެވެ.
[މަލަކާ އަދިވެސް ޢިމްރާނާ ހެދި އުޅެނީތަ؟] ސަރާ ފުން ނޭވާއެއްލިއެވެ.
[އާނ...އޭނަ ވަރަށް މަސައްކަތް ކުރާނެ، އޭނަގެ މަޅީގަ ޢިމްރާން ޖައްސަން...ސަރާ މިގޭގަ އުޅެންޖެހޭނީ އެކަމަށް ވަރަށް ވިސްނައިގެން. އެހެން ނޫނީ ކިތަންމެ ބޮޑު ކެއްސެއްވެސް ލިބިދާނެ. އަހަރެން ނޭދެން، ސަރާއަށް ދެރައެއް ލިބޭކަށް....] ނިޔާޒް ސަރާއަށް ވިސްނައިދިނެވެ. އެވަގުތު ޢިމްރާންވެސް އައިސް ގެއަށް ވަދެއްޖެއެވެ.
[ތެދެއް ޢިމްރާން ސަރާ ނުދޭތަ؟] ޢިމްރާން ގެއަށް ވަނުމާއެކު ނިޔާޒް އެއްސެވެ.
[ކުރިން ސަރާވެސް ގެންދާ ގޮތަށް އަހަރެން ހަމަޖެއްސީ. އެކަމަކު ފަހުން މަންމަ ބުނެފި، މަންމަ ފޫހިވާނޭ. އެހެންވެ ސަރާ މަޑުކޮށްލަނީދޯ ސަރާ.] ޢިމްރާން ނިޔާޒަށް ޖަވާބު ދެމުން ސަރާއަށް ބުންޏެވެ. ސަރާ ގަދަކަމުން ހިތްވަރުނެރެ ބޯޖަހާލިއެވެ.
********************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު