ދިވެހިންގެ ރަހަތަކާގުޅޭ ގޮތަށް ދިވެހިންނަށް އެންމެ ކަމުދާނެފަދަ ޕިއްޒާއެއް ކާލަން ބޭނުންނަމަ ހަމަގައިމުވެސް ޑްރީމްސް ޕިއްޒާ ވަރެއް ނެތެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރެވޭ ޑްރީމްސް ޕިއްޒާގެ ރަހަބަލާލައިފިނަމަ މި ޕިއްޒާއާއި ދުރަކަށް ނުދެވޭނެ ކަމީ ޔަގީންވާ ކަމެކެވެ.

ޑްރީމްސް ޕިއްޒާގެ މައިގަނޑު އަމާޒަކީ ގޭގައި ހަމަޖެހިލައިގެންތިބެ، ދިވެހިންނަށް ކަމުދާނެ ފަދަ ރަހަތަކުގެ ޕިއްޒާއިން ސުފުރާމަތި ފަޅުފިލުވާލަދިނުމެވެ. އެގޮތުން އަބަދު އެއްރަހަތަކެއް ބެލުމުގެ ބަދަލުގައި، އާމެނޫ އަކާއެކު، މީރު ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު މިވަނީ ޑްރީމްސް ޕިއްޒާއިން ހުޅުވާލާފައެވެ. މިމެނޫއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ، ދިވެހިންނަށް އެންމެ ކަމުދާ ގިތެޔޮ މިރުހުގެ ރަހަޔާއެކު ތައާރަފްކޮށްފައިވާ ގިތެޔޮ މިރުސް ޕިއްޒާއެވެ. ގިތެޔޮ މިރުހުގެ ޕިއްޒާގެ ބާވަތްތަކުގެ ތެރޭގައި، ގިތެޔޮ ޗިކަން، ގިތެޔޮ ސީފުޑް، ގިތެޔޮ ބީފް، އަދި ގިތެޔޮ ސޮސެޖުވެސް ހިމެނެއެވެ.

މީގެއިތުރުން، ޗިކެން ބާބެކިއު، މެކްސިކަން ބީފް އެންޑް މަޝްރޫމް، މިކްސްޑް މީޓް، ބީފް ޕެޕަރޯނީ، ބަޓަރ ޗިކެން، ތަންދޫރީ ޗިކަން، ފާމް ހައުސް ޕިއްޒާ، އަދި ވަޅޯމަސް ޕިއްޒާ އަކީވެސް ފާހަގަކޮށްލެވޭ ޑްރީމްސް ޕިއްޒާގެ އެކި ފްލޭވަރ ތަކެވެ. ޑްރީމްސް ޕިއްޒާގެ މިރަހަތައް ހެޔޮވަރުކޮށް ކޮލިޓީ ދެމެހެއްޓުމަށް، ޕިއްޒާއަށް ހާއްސަ ބައިނަލްއަގުވާމީ ފުޑް ޗެއިންތަކުން އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޝެފުންގެ މަސައްކަތަކީ ހަމަގައިމުވެސް ޑްރީމްސް ޕިއްޒާގެ ކަސްޓަމަރުން ބަލައިގަންނަކަމެކެވެ.



ކޮލިޓީއާއި ރަހަގެއްލިފައިވާ ބޭރުން އެތެރެކުރާ ޕިއްޒާއަށްވުރެ ތާޒާ، ކޮލިޓީ އަދި ޖީބަށް ބަރުނުވާނެފަދައިން ކަސްޓަމަރުންނަށް ކަމުދާނެފަދަ އެތައް ރަހަތަކެއް ހިމެނޭ ޑްރީމްސް ޕިއްޒާގެ އާ މެނޫ ތަޖުރިބާކޮށްލަން މިހާރު އަދި މާފަސޭހައެވެ.

އެގޮތުން ޑްރީމްސް ޕިއްޒާ މާލެއިން އޯޑަރުކޮށްލުމަށް ނަމްބަރު، 7211717 އަދި ހުޅުމާލެއިން އޯޑަރުކޮށްލުމަށް 7291717 އަށް ގުޅާލުމުން އެއްވެސް ތަކުލީފެއް ނުއުފުލާ ޕިއްޒާއަށް އޯޑަރުކޮށްލެވުނީއެވެ. މީގެ އިތުރުން ޒަމާނާއެއްގޮތަށް ޑްރީމްސް ޕިއްޒާ އޯޑަރުކޮށްލުމަށް ޑްރީމްސް ޕިއްޒާގެ ވެބްސައިޓްވެސް ހިޔާރުކޮށްލެވޭނެއެވެ. ޕިއްޒާ އޯޑަރުކޮށްލުމާއެކު، ކަސްޓަމަރާއި ހަމައަށް ޕިއްޒާ ޑެލިވަރ ވަންދެން ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ޕިއްޒާގެ ޑެލިވަރީ އަޕްޑޭޓްވެސް ލިބެމުންދާނެއެވެ.

ޑްރީމްސް ކުންފުންޏަކީ ދިވެހިންނަށް އާނަމެއް ނޫނެވެ. ދިވެހިންނަށް އެންމެ ކަމުދާނެ ފަދައިން ފަހުގެ ޓެކްނޮލޮޖީ ސާމާނު ވިއްކަމުން ދިޔަ ޑްރީމްސް މޮބައިލް ވިޔަފާރި ފުޅާވެގެން ގޮސް އެކުންފުނިން ދޭންފެށި ދިވެހިންނަށް އެންމެ ކަމުދާނެފަދަ ކެއުމުގެ ބާވަތްތަކުގެ ވިޔަފާރިވެސްވީ ގިނަބަޔަކު ބަލައިގަތް ވިޔަފާރިއަކަށެވެ.

އެގޮތުން 2020 ވަނަ އަހަރު ހުޅުމާލޭގައި ގާއިމުކުރެވުނު ޑްރީމްސްގެ ދެވަނަ ފުޑް އައުޓްލެޓާއިއެކު ޑްރީމްސް ޕިއްޒާ ދިވެހިންނަށް ތައާރަފް ވެގެން ދިޔައެވެ. ޑްރީމްސް ޕިއްޒާއަށް ލިބެމުން ދިޔަ ތަރުހީބާއެކު ގިނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި، އަހަރުދުވަސް ނުވަނީސް، ޑްރީމްސް ޕިއްޒާގެ ދެވަނަ އައުޓްލެޓެއް މާލޭގައިވެސް ގާއިމުކުރެވިގެންދިއައެވެ.

ކުދި ބޮޑު، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް އެންމެ ކަމުދާ ރަހަމީރު ޑްރީމްސް ޕިއްޒާ ކޮންމެ ހަފްލާއަކަށްވެސް ކަމުދާކަމީ ގިނަ ބަޔަކު ފާހަގަ ކުރާ ހަގީގަތެކެވެ. ކޮލިޓީއާއި ރަހަތަކާއި ޚިދުމަތުގެ ފެންވަރަށް ބަލާއިރު ޑްރީމްސް ޕިއްޒާއާއި ވާދަކުރެވޭނެ އެފަދަ އެހެން ދެވަނަ ޕިއްޒާއެއް ރާއްޖޭގައި ނެތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން