ބޮޑެތި އިނާމުތަކާއެކު އެސްޓީއޯ ރަމާޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ރަމަޟާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައި ވެސް ބޮޑު ޑިސްކައުންޓްތަކާއެކު ތަކެތި ލިބޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އިއްޔެފެށި މި ބާޒާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި ފެބްރުއަރީގެ ނިޔަލަށް ކުރިއަށްދާއިރު އެސްޓީއޯ މަކިޓާ ޝޯރޫމްގައި މި ސޭލް ކުރިޔަށް ދާނީ އަންނަ މަހު އެކަކުން އެޕްރީލް 29 އަށެވެ.

އެސްޓީއޯއިން ބުނީ، އެހެން އަހަރު ތަކާއި ހިލާފަށް، މި އަހަރުގެ ރަމަޟާން ބާޒާރުގައި ކުރިން ދެމުން ގެންދިޔަ ކަރުދާސްކޮޅު ކޫޕަން ދިނުން ހުއްޓާލާ، ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަން ބޭނުންކުރަން ފަށާނެ ކަމަށެވެ.

މި ބާޒާރު ކުރިއަށްދާ ދުވަސްތަކުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ސޭލްގެ ބޮޑު އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ. މި އިނާމު ލިބޭނީ ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ނަސީބުވެރި އެއް ފަރާތަކަށެވެ. މީގެ އިތުރުން ވެސް ސޭލްގެ މުއްދަތުގައި ގިނަ އިނާމު ތަކެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން