ލުބުނާނުގެ ބްރޭންޑެއްކަމަށްވާ ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ، އަދި އެތަކެއް ކާމޭޒެއް ފަޅުފިލުވާދޭ ބްރޭންޑެކެވެ. އަދި މިއީ އަތަށް ލުއިކޮށްދީ، ވަގުތު ސަލާމަތްކޮށް، ފަސޭހައިން ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓްތަކެކެވެ.

1999 ވަނަ އަހަރު ތައާރަފް ވެގެން ދިޔަ ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ގަނޑުކުރި ތަރުކާރީ، ލުއިކާނާ، އަދި ދަޅު ކާނާ ހިމެނެއެވެ. މިޕްރޮޑަކްޓައް ތައްޔާރުކޮށްފައި ވަނީ ހަށިގަނޑަށް އެތައް ފައިދާއެއް ލިބިދޭ، ހަކަތަ އިތުރުކޮށްދޭ އެކި މާއްދާތައް ހިމަނައިގެނެވެ.

ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކުގެ ތެރެއިން ފްރޯޒެން ނުވަތަ ގަނޑުކުރި ކާނާގެ ބާވަތްތަކަކީ އެތައް ވަގުތެއް ސަލާމަތް ކޮށްދޭނެ ކެއުމުގެ ބާވަތްތައްކަން ޔަގީނެވެ. ޕްލެއިން ސޮލެއިލް ބްރޭންޑުގެ ފަސޭހައިން ތައްޔާރުކޮށްލެވޭ ލުއިކާނާގެ ބާވަތްތަކުގެ ތެރޭގައި ފްރޯޒެން ފްރައިސް، ނަގެޓްސް، ވެޖެސް، ޗީޒް ޕަފްސް އަދި އަނިއަން ރިންގްސް ފަދަ މީރު އެކި ބާވަތްތައް ހިމެނެއެވެ. ހުރިހާ އުމުރުފުރާއަކަށް ކަމުދާ މިބާވަތްތަކަކީވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޕްރޮޑަކްޓްތަކެކެވެ. މީގެއިތުރުން ކޮންމެ ދުވަހަކުގެ ކެއުމުގައި ހިމަނާލަން ފަސޭހަ ތަރުކާރީގެ ބާވަތްތައް ހިމެނޭ އޭޝިއަން މިކްސް އަދި ސްޓާ ފްރައި މިކްސް އަކީ ފަސޭހަކަމާއިއެކު ކާމޭޒު ފަޅުފިލާވަލަން ސިއްހަތަށް ފައިދާހުރި ބާވަތްތަކެކެވެ.

އާންމުގޮތެއްގައި ގަނޑުކުރާ ކާބޯތަކެއްޗަކީ އެތަކެތި ގަނޑު ކުރާ ހިސާބުން އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލްގެ މާއްދާތަކަށް މާބޮޑެތި ބަދަލުތަކެއް ނާންނާނެ ބާވަތްތަކެކެވެ. ބައެއް ހާލަތްތަކުގައި ގަނޑުކުރި ކާނާގައި ތާޒާ ކާނާއާ އަޅާބަލާއިރު ވިޓަމިން އާއި މިނަރަލްސް ގިނަ އެވެ. އެހެނީ ތާޒާ ކާނާތަކުގައި ވަގުތު ފާއިތުވަމުންދާ ވަރަކަށް ވިޓަމިންސް އާއި މިނަރަލްސްގެ މިންވަރު ދައްވަމުންދާއިރު، ކާނާ ފްރީޒް ކުރުމުން ނިއުޓްރިއެންޓްސް ރައްކާތެރިވެއެވެ. އެގޮތުން ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓް ތަކުގެ ތެރެއިން ފްރޯޒެން ނުވަތަ ގަނޑުކުރި ކާނާތައް ތައްޔާރުކޮށް ބަންދުކޮށްފައި ހުންނަނީ އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލްސް އެކުލެވިގެންވާ މިންވަރަށް ބަދަލެއް ނާންނާނެފަދައިންނެވެ. މީގެ ސަބަބުން މިޕްރޮޑްތަކުން ލިބިދޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކުގެ ތެރެއިން ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓް ގެ މިންވަރަށް ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.

ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ތަރުކާރީގެ ބާވަތްތައް ހިމެނޭ ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް އަދި ސްޓާ ފްރައި މިކްސްގެ އެހީގައި، ނިކަން އަވަހަށް، މީރުކޮށް ބަތްގަނޑެއް ނުވަތަ ނޫޑްސްލްގަނޑެއް ތައްޔާރުކޮށްލަން ވިޔަސް މިހާރު އަދި މާފަސޭހައެވެ. އެގޮތުން ދިރިއުޅުމުގެ އެކިކަންކަމުގައި ބިޒީކޮށް އުޅެމުން އަވަހަށް ކެއުމެއް ތައްޔާރުކޮށްލަން ބޭނުންނަމަވެސް ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތައް އިޙުތިޔާރުކުރުމަކީ ރަނގަޅު ވިސްނުމެކެވެ. އަދި މިޕްރޮޑަކްޓްތަކުގެ ޕެކޭޖް ކުރުމުގައި، ކާނާ ތައްޔާރުކުރުމަށް ބޭނުންވާނެ ތަފްސީލީ އިރުޝާދުތައް ހިމަނާފައިވުމާއިއެކު މާބޮޑަށް ހާސްވާކަށްވެސް ނުޖެހެއެވެ.



ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑެއްގެގޮތުގައި ހިމެނޭ ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތައްވެސް މިހާރު ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން