އަހުމަދު މަސްނޫމް   2 ފެބްރުއަރީ 2023 - 15:47
އެސްޓީއޯ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމް ރަމަޟާން ބާޒާރު ފަށައިފިއެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ޖެނެރަލް މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ.

އެސްޓީއޯއިން ބުނީ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްގެ ނިޔަލަށްކަމަށެވެ.

މި ބާޒާރުގައި މަކިޓާ ޝޯރޫމްއާއި އަދި ނިޕޯންގެ އުފެއްދުންތައް ގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރުއެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި، އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދާ ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބިވަަޑައިގަންނަވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން