އެސްޓީއޯއިން ހުޅުމާލެގައި ޝޮޕިންގ މޯލްއެއް އަޅަން ތައްޔާރުވެއްޖެއެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ އިތުރުން، ރާއްޖެއަށް އެންމެ މުދާ އިމްޕޯޓްކޮށްގެން ރީޓެއިލް ވިޔަފާރިވެސް ކުރާ ބައެކެވެ. މިގޮތުން އެސްޓީއޯގެ ފިހާރަތައް މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހިންގަމުންނެވެ.

އެސްޓީއޯގެ ފިހާރަތައް އެކި ހިސާބުތަކުގައި ހުއްޓަސް ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރައެއް ނެތެވެ.



އެސްޓީއޯގެ ފިހާރައެއް ހުޅުމާލެގައި ނެތުމުން ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އަމްރު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު ޝޮޕިންގ މޯލްއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ރީޓެއިލް ވިޔަފާރި ކުރިއަރުވައި ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ކޭޝިއަރެއް ނެތް ފިހާރަ ހުޅުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން