ހާއްސަ އިނާމު ތަކާއިއެކު ކުޑަކުދިންނަށް ހާއްސަ އާޓް ކޮމްޕެޓިޝަނެއް ބޭއްވުމަށް އީޓުކުރިން ނިންމައިފިއެވެ.

މާލެ އާއި ހުޅުމާލޭގައި އުޅޭ ކުޑަކުދިންނަށް ހާއްސަ މިހަރަކާތް ކުރިއަށް ދާނީ މިހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މިހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ރުއްގަނޑު (އެކެއް) ސަރަހައްދުގައެވެ.

މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދީންގެ ހުނަރު ދައްކާލެވޭނެ މާހައުލެއްގައި ބައިވެރިވެ، ފާހަގަކޮށްލެވޭ އަގުހުރި އިނާމުތަކެއް ހާސިލުކުރެވޭނެ ހަރަކާތެއް ހިންގުންކަމަށް އީޓުކުރިން ފާހަގަކުރެއެވެ. އެގޮތުން މި އާޓް ކޮމްޕެޓިޝަނުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ހޮވާލެވެ ކުދިންނަށް 500 ރުފިޔާގެ ފައިސާގެ ވައުޗަރެއް ވަނީ ހުށައަޅާފައެވެ.



މި އާޓް ކޮމްޕެޓިޝަނުން ވަނަ ވަނަ އަށްދާ ކުދިން އިއުލާނުކުރުން ހަމަޖެހިފައިވަނީ މާރޗް އެއްވަނަ ދުވަހު، އީޓުކުރީގެ މީސްމީޑިއާ މެދުވެރިކޮށެވެ.

އީޓުކުރި އަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެވިއްކުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އުފައްދާފައިވާ އީ-ކޮމަރސް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވިއްކާ މުދާ އެއްފުރާޅެއްގެ ދަށުން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މީސްމީޑިއާގައި ހިންގާ ވިޔަފާރިތަކުން ވިއްކާ މުދާވެސް މިޕްލެޓްފޯމް މެދުވެރިކޮށް ވިއްކާލެވޭނެއެވެ.

ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ އީޓުކުރި ލޯކަލްގެ އިތުރުން، އެމެރިކާއިން ވިޔަފާރިކޮށްލަން، އީޓުކުރި އިންޓަރނޭޝަނަލް ޚިދުމަތްވެސް ހިޔާރުކޮށްލެވޭނެއެވެ. އެގޮތުން އީޓުކުރި އިންޓަރނޭޝަނަލް މެދުވެރިކޮށް އެމެޒޮން އަދި އެޕަލް ހިމެނޭ ގޮތަށް އެމެރިކާގެ ކޮންމެ ވެބްސައިޓަކުންވެސް ވިޔަފާރިކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން