އެޕިސޯޑް 09
...............
[ފަހީމާ މަންމާ..އަހަރެން ބަނޑު ބޮޑު. އަހަރެން ކިހިނެއްތަ ހަދާނީ...] މަލަކާ ފަހީމާގެ މޭގައި ބޯއަޅާލިއެވެ.
[ޢިމްރާނަށް!؟] ފަހީމާވެސް ހިސާބަކަށް ޙައިރާންވިއެވެ. ނަމަވެސް އެކަމާ ފަހުން އޭނާ އުފާކުރިއެވެ. މަލަކާ އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
[ކަންބޮޑުނުވޭ ދަރިފުޅާ. ތިވީގޮތުން ޢިމްރާނަށް ޖެހޭނީ ދަރިފުޅާ އިންނަން. އެނޫން އެއްވެސް ގޮތެއް ނެތް...] މިހެން ބުނެފައި ފަހީމާ އެކޮޓަރިއަކު މަޑެއް ނުކުރެއެވެ. އޭނާ ދިޔައީ ޢިމްރާނު ގާތު އެވާހަކަ ދައްކާށެވެ. އޭނާ ނިކުތުމާއެކު މަލަކާ ދެފަރާތަކަށް ބޯހޫރާލުމަށްފަހު ހީނލިއެވެ.
ފަހީމާ ކާގެއަށް ދިޔައިރު ޢިމްރާން ކައި ނިމިގެން ތެދުވަނީއެވެ. ފަހީމާ ޢިމްރާނަށް ގޮވާ އޭނާގެ ކޮޓަރިއަށް ޢިމްރާން ގެނައެވެ. އެއަށްފަހު މަލަކާ އިން ޙާލަތާއި، ދަރިފުޅުގެ ސަބަބުން ދެޢާއިލާގެ ގުޅުން ކެނޑި، ވިޔަފާރި ހަލާކުވިޔަނުދިނުމަށް އިންޒާރުދިނެވެ. އަދި ލަސްނުކޮށް މަލަކާޔާ ކައިވެނި ކުރުމަށްވެސް އޭނާ އަމުރުކުރިއެވެ.
[މަލަކާޔާ އިންނާށޭ! މަންމާ.] ޢިމްރާނަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލީހެންނެވެ.
[އާނ..އެނޫން ކޮން ގޮތެއް އޮތީ..ޢިމްރާން ބޭނުންވަނީ މިޢާއިލާގެ ޢިއްޒަތާއި ޤަދަރު ވެއްޔާ މޮޑެލައި، ދެޢާއިލާގެ ވިޔަފާރި ބަގުރޫޓް ކޮށްލަންތަ؟] ފަހީމާ އަޑުގަދަވިއެވެ. އެވަގުތު އެތަނަށް ޢިމްރާންގެ ބައްޕަ ރަފީޤު އައިސް ވަނެވެ.
[މާ ހަރުއަޑުން ކޮން ބަޙުޘެއް؟] ކޮޓަރިއަށް ވަންނަމުން ރަފީޤު އެއްސެވެ. ވަގުތުން ވެގެންއުޅޭ ގޮތް ފަހީމާ ރަފީޤަށް ކިޔާދީފިއެވެ. އެކަމާ ރަފީޤުވެސް ޢިމްރާން ދެކެ ރުޅިއައިސް ހަޅޭއްލެވިއެވެ.
[ދަރިފުޅަށް ސާބަސް. ބައްޕައަށް ގަބޫލެއްވެސް ނުކުރެވޭ. ދަރިފުޅަކީ ތިހާ ވިޔާނުދާ މީހެއް ކަމަކަށް. މަންމަ އެބުނީ ރަނގަޅަށް. ވަޖުދީމެނަށް އެނގުމުގެ ކުރިން އަވަހަށް ކައިވެނި ކުރަންއުޅޭ. އިތުރަށް ބަޙުޘް ކުރާކަށް ބައްޕައެއް ނެތިން.] ރަފީޤު އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް މަޑެއް ނުކުރެއެވެ. އޭނާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ރުޅިއައިސްފައި ހުރެއެވެ.
[އެކަމަކު މަންމާ..އަހަރެން ކިހިނެއްތަ ސަރާއާ ވަކިން އުޅޭނީ....] ޢިމްރާނަށް ހަދާނޭ ގޮތް ހުސްވި ކަހަލައެވެ.
[ސަރާއާ ވަކިން އުޅޭށެކޭ މަންމަ ނުބުނަމޭ. މަންމަ މިބުނަނީ މަލަކާއާ އަވަހަށް އިންނާށޭ.] ފަހީމާ ޢިމްރާންގެ މޫނަށް ބަލައިލިއެވެ.
[ތިބުނީ ދެއަންބަށް؟ މިވާހަކަ ސަރާ ގާތު ބުނެފިއްޔާ ސަރާ މޮޔަވެދާނެއެއްނު. ސަރާ އަހަރެން ދެކެ ލޯބިވާ މިންވަރު އިޙްސާސް ކުރެވޭނީ އަހަންނަކަށްނު.] ޢިމްރާން ފެންކަޅިވެއްޖެއެވެ.
[އެއްވެސް ވާހަކައެއް އިހަށް ސަރާ ގާތު ނުބުނެ ސިއްރު ކުރާނީ. އޭނަ މާލެ އައީމާ ދެއަންބަށް މަލަކާއާ ކައިވެނި ކުރި ވާހަކަ ބުނާނީ...ދަރިފުޅުދެކެ ތިޔަބުނާ ވަރަށް ލޯބިވަންޏާ އޭނަ ދަރިފުޅަށް މަޢާފް ކުރާނެ.] ފަހީމާގެ ހުރިހާ ވިސްނުމެއްވެސް ވަނީ ހަމައެކަނި މަލަކާއާ ދޭތެރޭގައެވެ.
[ދަރިފުޅަށް ހީވަނީތަ؟ މަންމަވެސް ސަރާއާ ދޭތެރޭ ހާދަ ވިސްނަމޭ. މިހާރު އެއީވެސް މަންމަގެ ދަރިއެއްނު. ދެންވެސް ބުނޭ މަލަކާއާ އިންނަން އެއްބަހޭ. ދަރިފުޅު ދުށިންތަ ދުވަހަކުވެސް ދަރިފުޅުގެ ބައްޕަ އެހާވަރަށް ރުޅިއައިސްފައި ވަނިކޮށް.] ފަހީމާ މަތިއޮމާން ކުރަމުން ވާހަކަ ދެއްކިއެވެ.
[އެންމެ ރަނގަޅު މަންމާ..ބައްޕަ ގާތު ބުނޭ ކައިވެނީގެ ތައްޔާރީތައް ކުރާށޭ. އަހަރެންގެ ދިރިއުޅުމަށް މިއައީ ކިހާ ބޮޑު ޠޫފާނެއް....] މާޔޫސީ ރާގެއްގައި މިހެން ބުނެފައި ޢިމްރާން ކޮޓަރިން ނުކުމެއްޖެއެވެ.
އެހިނދު އޭނާގެ ހިތް އޭނާގެ ގާތު ބުނާ ކަހަލައެވެ. މިއީ ގަސްދުގައި މަލަކާ އޭނަޔަށް ދިން ލަނޑެކެވެ. މަލަކާ އޭނާގެ ދިރިއުޅުމަށް ވިހަލީއެވެ.
ސަރާ ފުރައިގެން ދިޔުމާއެކު އޭނާ ނިދާފައި އޮއްވާ ސިއްރުން މަލަކާ އެކޮޓަރިއަށް ވަދެ އޭނާގެ އިޙްސާސްތަކަށް އަރައިގަނެގެން ނުވާނެކަން އޭނާ ގަބޫލު ކުރެއެވެ. އޭނަ އެކަންޏެއް ނޫނެވެ. ކޮންމެ މީހަކުވެސް އެކަން ގަބޫލު ކުރާނެއެވެ. ދެރަކަމަކީ ކަމުގެ ޙަޤީޤަތް އޭނާ ހާމަކުރިޔަސް، ޙަޤީޤަތަކީ އެއީކަން ގަބޫލުކުރާނޭ މީހުން މަދުވާނޭކަމެވެ. އޭނާއަކީ ފިރިހެނަކަށްވީތީއެވެ.
މަންމަމެން އެދޭގޮތަށް މަލަކާއާ ކައިވެނި ކުރިޔަސް މަލަކާޔާ އެއްވެސް ގުޅުމެއް ބާއްވާކަށް އޭނާ ގަސްދެއް ނުކުރެއެވެ.
[މަލަކާ..މަލަކާގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް މިލިބުނީ ކިހާބޮޑު ކެއްސެއް. މަލަކާއަށް ނޭނގެނީތަ އަހަރެން ސަރާދެކެ ލޯބިވާ މިންވަރު. މަލަކާއަށް އަހަރެން ނޫނަސް ކިތަންމެ ރަނގަޅު މީހަކުވެސް ލިބިދާނެއެއްނު....އަޅެ އާދޭސްކުރަން މަލަކާ އެބޯޝަން ހަދާފައި އެހެން މީހަކާ އިންނަންވީނު....] އަދިވެސް ޢިމްރާން މަސައްކަތް ކުރަމުން ދިޔައީ އެކައިވެނި ނުކޮށްވޭތޯއެވެ. އޭނާ މަލަކާއާ ވާހަކަ ދެއްކީ އޭނާގެ ކޮޓަރިއަށް މަލަކާ އައިސް ވަނީމައެވެ.
[އަހަރެން މިހާރު ބާވެއްޖެ. ދެން އަހަންނާ އިންނާނީވެސް ކާކުތަ؟ ޢިމްރާނަށް ހީވަނީތަ އަހަރެން ޢިމްރާންދެކެ ލޯތްބެއް ނުވާނޭ. ފަހަރެއްގައިވެސް އެހެން ހީނުކުރާތި. އަހަރެން ޢިމްރާން ދެކެ ވަރަށް....ވަރަށް ލޯބިވޭ.....] މަލަކާ ލޯމަރާލިއެވެ.
[ދިރިއުޅުމެއް ފަށާއިރު، އެކަކު ލޯބިވިޔަސް އުފަލަކު ނޫޅެވޭނެ. ބުނެ އުޅެއެއްނު އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނޭ. އުފާވެރި ޙަޔާތެއް ބޭނުމިއްޔާ އެކަކު އަނެކަކަށް ލޯބިވުން ވަރަށް މުހިންމު. އަހަންނާ ސަރާގެ ގުޅުމަކީ އެފަދަ ގުޅުމެއް. އަހަރެމެން އެކަކު އަނެކަކު ދެކެ ވަނީ މަތިވެރި ލޯތްބެއް....] ޢިމްރާން ގަސްދުގައި މަލަކާ ދެރަކޮށްލއެވެ. އެވަގުތު މަލަކާ ވަރަށް ދެރަވިއެވެ. ހިސާބަކަށް ރުޅިވެސް އައެވެ.
[ޢިމްރާން ސަރާދެކެވަނީ ތެދުވެރި ލޯތްބޭ.....ދެން ކީއްވެތަ؟ ޢިމްރާންގެ ދަރިއަކަށް އަހަރެން ބަލިވެ އިންނަންވީ؟] މަލަކާ ޢިމްރާންގެ އަނގަ ބަންދުކޮށްލިއެވެ.
[އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން...ހުއްޓާލާ. ޢިމްރާން ދޮރު ލައްޕާލުމަށްފަހު ކޮޓަރިން ނިކުތެވެ. މިހާރު އޭނާ ކިތަންމެ ރުޅިއަޔަސް މަލަކާގެކޮޅު އެވަނީ ގަދަވެފައެވެ.
ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް މަލަކާއާއި ޢިމްރާންގެ ކައިވެންޏަށް ކަނޑައެޅިފައިވާ ދުވަސް އައިސް ބޯމަތިވެއްޖެއެވެ. ނަމަވެސް ޢިމްރާން ސަރާގާތު އެކައިވެންޏާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެ ދުވަހަކު އެއްފަހަރު ނުވަތަ ދެފަހަރު އޭނާ ސަރާއަށް ގުޅައިގެން ވާހަކަ ދައްކައެވެ. މުޅިންވެސް އޭނާ ދައްކަނީ އެދެމަފިރިންގެ މުސްތަޤްބަލާ ބެހޭގޮތުންނެވެ.
[އަޅެ އަހަރެން ވާހަކައެއް އަހާލަންތަ؟] ސަރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ލޯބިވާ ފިރިމީހާ ޢިމްރާނާއެވެ. ފޯނުންނެވެ.
[އަހާބަލަ....] މާޔޫސްވިޔަސް ޢިމްރާން އެކަން ސަރާއަކަށް ފާހަގަވިޔަކަނުދެއެވެ.
[އިމޫ ބޭނުމީ ކިތައް ކުދިންތަ؟ މިފަހަރު މާލެ ގޮސް ކުއްޖަކު ހޯދަން އުޅޭނީދޯ؟] ސަރާ އެއްސެވެ. ސަރާ އެހެން އެހީމާ ޢިމްރާނަށް ތެޅިގަނެވުނެވެ.
[ތިންކުދިން. އަނެއްކާ ސަރާ އަހަންނަށް ތިން ކުދިން ވިހާނަންތަ؟] މިހާރު ޢިމްރާން ވާހަކަ ދައްކާއިރު ކުރީގައި ހުންނަ މޫޑެއް ނުހުރެއެވެ. އެކަން މިފަހަރު ސަރާއަށް ފާހަގަކުރެވުނުވެސްމެއެވެ.
[އަހަރެން އިމޫ ބޭނުންވަރަކަށް ވިހާނަން. އިމޫ މިހާރަކަށް އައިސް އިމޫގެ މޫޑު މާރަނގަޅުހެނެއް ހިއެއްނުވެއެވެ. އަނެއްކާ ކަމަކާ ހިތްހަމަނުޖެހިފައިތަ ތިހުރީ؟] ސަރާ ޢިމްރާންގެ އިޙްސާސްތައް ދެނެގަތެވެ.
[އުނހު...ނޫން....ސަރާއާ ވަކިން އުޅެންވީމާ ދެން ފޫހިވެސްވާނެތާ.] ޢިމްރާން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ.
[އަހަރެން މާލެދާކަށް ދެން މާގިނަ ދުވަހެއް ނެތެއްނު. ކޮބާތަ މަލަކާ. އޭނަ ތިބަޔަށް އައިސް ކުރިންވެސް އުޅޭގޮތަށް އުޅޭތަ؟] އަނެއްކާވެސް ސަރާގެ ޖުމްލަތަކުން ޢިމްރާނަށް ސިހުން ލިބުނެވެ.
[އާނ...ކުރިންވެސް އުޅޭހެން އުޅޭ...އިހަށް މިވަގުތު ބާއްވަނީ...ހަވީރު ގުޅާނަން...] ޢިމްރާން ފޯން ބޭއްވިއެވެ. ސަރާއަށް ދޮގުހަދަން ޖެހޭތީ އޭނާ ދެރަވަނީ ކަމަށްވެސް ވެދާނެއެވެ.
މިހާރު ފަހީމާ މަންޒިލާއި ރޯޝަނީހާރު ބިލްޑިންގ އެވަނީ ނިކަން ރަނގަޅަށް ކައިވެންޏަށްޓަކައި ތައްޔާރުކޮށްފައެވެ. ފަހީމާމެން ކުޑަވަރެއްގެ ޙަފްލާއެއްގެ ގޮތުގައި ފާހަގަކުރަން ބުނި ނަމަވެސް، ގެ ތައްޔާރު ކުރަމުން އެދަނީ މަތީ ފެންވަރުގެ ޢާއިލާތަކާ އެކަށީގެންވާ ގޮތުގެ މަތިން ހައިބަތު ފެންނާނޭ ގޮތަށެވެ.
ނަމަވެސް އެއީ ޢިމްރާން ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ނިކަން ސިއްރުން އެކައިވެނި ކޮށް ނިންމާލާށެވެ.
މިހާރު މަލަކާއާއި ފަހީމާ ހީވަނީ އުފަލުން ނަށަމުންދާހެންނެވެ. ފަހީމާ އުޅޭގޮތުން އޭނާ އަމިއްލައަށް ވެގެންއުޅޭ ބަލީގެ ހަނދާނެއްވެސް ނެތްކަހަލައެވެ.
[މަންމަގެ ބަލިވެސް ރަނގަޅުވީތަ؟ މަންމަގެ ބަލި ރަނގަޅިއްޔާ އަހަރެން ސަރާ ބަލާ އެރަށަށް ދާން ކަމަށް....] ފަހީމާ އުޅޭ ފާޑުން ޢިމްރާން ހުރީ ހިތްހަމަނުޖެހިފައެވެ.
[ދަރިފުޅުގެ ޙަޔާތަށް އަންނަ މިފަދަ އުފާވެރި ދުވަހެއްގައި މަންމަވެސް ބައިވެރިވާންވާނެއެއްނު.] ފަހީމާ އައިސް ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
[މީކީ އަހަންނަށް ލިބޭ އުފަލެއް ނޫން. ކުރަން މިއުޅެނީ މަޖުބޫރީ ކައިވެންޏެއް. އެއްވެސް ހާލެއްގައި އަހަރެންގެ ހިތްހަމަޖައްސަން ކުރާ ކައިވެންޏެއް ނޫން.] ފުރަތަމަފަހަރަށް މަންމައާ ދެކޮޅަށް ޢިމްރާން ބަހެއް ބުނެލިއެވެ. އޭރުވެސް ގެ ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އެގޭގެ ޚާދިމުންނާއި އަވަށްޓެރިންގެ އިތުރުން ދެޢާއިލާގެ ރައްޓެހިން ޙަރަކާތްތެރިވަމުންދެއެވެ.
[ދަރިފުޅަށް ހީވަނީތަ މަންމަ މިގޮތަށް ތެދުވެ އުޅެނީ ބަލި މުޅިން ފަސޭހަވީމައޭ....މިހާރުވެސް މަންމަގެ މޭގައި މިއަޅާ ވޭން ދަރިފުޅަށް އިޙްސާސް ކުރެވޭނަމަ ދަރިފުޅު....ތިހެން ނުބުނީސް....] ފަހީމާ މޭގައި އަތް އަޅައިގެންފައި ރޮއިގަތެވެ. ދަރިފުޅު ދެރަކޮށްލުމުގެ ގަސްދުގައެވެ.
[ނުރޮއި މަންމާ...އަހަރެން މަލަކާއާ އިންނަނީ ހިތްހަމަޖެހިފައި ހުރެމެ....މަންމަ ތިހާ ބަލިއިރު އެކަމާ ނުވިސްނާ. މަންމަ ތިގޮތަށް އަހަރެން ކުރިމަތީގައި ރުއިމަކީ އަހަންނަށް ކުޅަދާނަވާވަރުގެ ކަމެއް ނޫން...] ޢިމްރާން މަންމަގެ ލޯފޮހެދޭން ފެށިއެވެ.
[ދަރިފުޅާ....މާދަމާ ކައިވެނި ކުރެވި ޙަފްލާ ކުރިޔަށްދާއިރު، ދަރިފުޅު ތިގޮތަށް ދެރަވެފައި ނުހުންނާތި. ދެޢާއިލާގެ ވަރަށްގިނަ ރައްޓެހިންނަށްވެސް ވާނީ ދަޢުވަތު އަރުވާފައި. އަންނަ މީސްމީހުނާ އުފާވެރި މޫނަކާއެކު ކުރިމަތިލާންވާނެ....] ފަހީމާ މިހެން ބުނީމާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ޢިމްރާން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެއީ މަލަކާއާއި އޭނާގެ ރަޙްމަތތެރިޔާ މީޝާ ހީ ސަކަރާތް ޖަހަމުން އައިސް ގެއަށް ވަން ވަގުތެެވެ. އެމަންޒަރު ޢިމްރާނަށް ފެނުނީމާ އޭނާ ގޮސް ކޮޓަރިއަށްވަދެ އެތެރޭން ތަޅުލިއެވެ. އޭނާގެ ފަހަތުން އައިސް މަލަކާ ކޮޓަރިއަށް ވަދެފާނެތީއެވެ. ނަމަވެސް ޢިމްރާން ހީކުރިގޮތާ ޚިލާފަށް މަލަކާ ދިޔައީ މަލަކާމެން އުޅޭ އެޕާޓްމަންޓަށެވެ.
ދުވަސްތަކަކަށްފަހު ރައްޒާޤު ގުޅީ އޭނާ ގެއަށް ވަންތަނާހެނެވެ. ފޯން ރިންގުވާން ފެށީމާ މަލަކާ ބަލައިލީ ކޮން ނަންބަރަކުންތޯއެވެ.
[ކާކުބާ؟ ރާއްޖޭން ބޭރުގެ ނަންބަރަކުން މިގުޅަނީ....ހަލޯ....] ހިތާހިތާ ވާހަކަ ދައްކަމުން މަލަކާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން އިވުނީ ރައްޒާޤުގެ އަޑެވެ.
[މަލަކާ...މީ އަހަންނޭ ރައްޒާޤު. އެއަކްލަރޭ ވަރަށް ކުއްލިއަކަށް މަންމަ ބަލިވެގެން ގޮސް ހޮސްޕިޓަލަށް ގެންދިޔައީމަ، ވަގުތުން އިންޑިޔާއަށް ދިޔުމަށް ލަފާދިނީމަ، އޭގެ ދެދުވަސް ފަހުން ފުރައިގެން އައިސް އިންޑިޔާގައި މިތިބީ. ބޭސްވެސް ހޯދައިފިން. އަހަރެންދާއިރު ބޭސް ގެންދާނަން.] ރައްޒާޤު ބުންޏެވެ.
[ދެން ޢަމުދަކުން އަހަރެން ބޭސް ބޭނުމެއްވެސް ނޫން. ގަސްދުގައި އަހަންނަށް ލަނޑުދީފައި ފިލައިގެން ތިއުޅެނީ. މީގެފަހުން އަހަންނަށް ގުޅައިގެންވެސް ނުވާނެ.] މަލަކާ ފޯން ކަނޑާލީކީ ނޫނެވެ. އޮފްވެސް ކޮށްލައިފިއެވެ.
ޙަޤީޤަތުގައި މިހާރަކު ރައްޒާޤުގެ އެއްވެސް އެހީއެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ގަބޫލުކުރެއެވެ. ރައްޒާޤުގެ ފަރާތުން އޭނާ ބޭނުންވާނޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ރައްޒާޤުގެ ފުށުން އޭނާއަށް ހުރިހާ އުފަލެއްވެސް ލިބިއްޖެއެވެ. މިހާރު އޭނާގެ ބަނޑުގައިވަނީ އޭނާއާއި ރައްޒާޤުގެ ލޯބީގެ ނިޝާން ކަމަށް އޭނާ ދެކެއެވެ. ނަމަވެސް ރައްޒާޤުގެ ދަރިއެއްގެ ގޮތުގައި އެކުއްޖާ އުފަންކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކުއްޖާ އުފަންވާނީ ޢިމްރާންގެ ކައިވެނީގެ ނިޝާނެއްގެ ގޮތުގައެވެ.
[ރައްޒާޤުގެ ބޭނުން މިހާރު ކެނޑިއްޖެ.] ފޯނު އޮފްކޮށްލުމަށްފަހު ހިތާހިތާ މަލަކާ ވާހަކަ ދެއްކިއެވެ.
ދެން އޭނާ ފޯން އޮންކުރީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. އޮންކުރިތާ ފަސްވަރަކަށް މިނެޓްވެސް ނުވެއެވެ. އަނެއްކާވެސް ރައްޒާޤު ގުޅައިފިއެވެ.
[މަލަކާ ފޯނު ނުބާއްވައްޗޭ. ރުޅިނައިސް ޙަޤީޤަތް ގަބޫލުކޮށްބަލަ...މަލަކާއަށްވެސް އެނގެންވާނެއެއްނު އަހަންނަށް މަލަކާއާ ވަކިން ނޫޅެވޭނެކަމާއި، އަހަރެން މަލަކާއަށް ދެރައެއް ނުދޭނެކަން. މަލަކާގެ ސިކުނޑިއެކޭ ކިޔާފަ ތިހުންނަނީ މީދާކޭ އުނބެއްދޯ؟] މިފަހަރު މަލަކާ ފޯނެއް ނުބާއްވައެވެ.
[ރައްޒާޤު އަހަންނަކަށްވެސް އަބަދަކު ރައްޒާޤުގެ ހިތްހަމަޖައްސައިދޭކަށް ނުހުރެވޭނެއެއްނު. އަހަންނަށް ރަނގަޅީ މިހާހިސާބުން ރައްޒާޤު އަހަރެންގެ ޙަޔާތުން ދުރަށް ދިޔައްޔާ....އުއްމީދު ކުރަން ރައްޒާޤު ދެން އަހަންނަށް ނުގުޅާނޭ ކަމަށް. އަހަރެން މިގޮތަށް މިނިންމީ ކިތަންމެ ދުވަހެއްވިޔަސް އަހަންނާ ރައްޒާޤުގެ ގުޅުމުގައި ޒަވާޖީ ކުލަ ނުޖެހޭނެތީ...ބާއްވަނީ ދެން......] މަލަކާ އުޅުނީ ފޯން ބާއްވާށެވެ.
[އަދި މަޑުކޮށްބަލަ....ތިހެން ހެދީމަ މަލަކާގެ ބަނޑުގައިތިވާ ދަރިފުޅޯ!؟ ގައިމުވެސް ބަނޑުގައި ތިއޮތީ މަގޭ ދަރިއެއްނު.] ރައްޒާޤު ބުންޏެވެ. ރައްޒާޤުގެ މިޖުމްލައިން މަލަކާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
[ކީ...ކޭ...އެކަން ނިމިއްޖެ މިހާރު....] މަލަކާއަށް ތެޅިގަނެވުނެވެ. އިތުރަށް ރައްޒާޤަށް ވާހަކަ ދެއްކިޔަނުދީ މަލަކާ ފޯން އޮފްކޮށްލައިފިއެވެ. އެހިނދު ރައްޒާޤުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ވަގުތުން ގުޅީ މަލަކާގެ އޮފީސް ފޯނަށެވެ. ފޯނު ނެގީ މަލަކާގެ ސެކްރެޓަރީ ސާދުނާއެވެ. ސާދުނާގެ ފަރާތުން ރައްޒާޤަށް އެނގުނީ މަލަކާއާއި ޢިމްރާންގެ ކައިވެނި ކުރެވޭ ވާހަކައާއި، މަލަކާ މިހާރު ވަރަށް އުފަލުން އުޅޭ ކަމަށެވެ.
[އޭނަ އެއުޅެނީ މަގޭ ދަރިފުޅު ޢިމްރާންގެ ބޮލަށް ޖަހަން....މާލެގޮސް ރީތިގޮތެއް ހަދާދޭނަމޭ....] ފޯން ބޭއްވުމަށްފަހު ހިތާހިތާ ރައްޒާޤު ވާހަކަ ދެއްކިއެވެ.
[އަހަންނަށް ހެކިވެސް ދެއްކޭނެ. އެހާ ފަސޭހައިން އޭނާއަކަށް އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އޭނަގެ އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް އެއަކު އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއްނެތް. އަނެއްކާވެސް ރައްޒާޤު ހިތާހިތާ ވާހަކަ ދެއްކިއެވެ.
އަދިވެސް މަލަކާއާ ގުޅޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ފަހުން އޭނާ ގުޅި އެއްވެސް ފަހަރަކު މަލަކާ ޖަވާބެއް ނުދެއެވެ. ވުމާއެކު އޭނާ ގަސްދުކުރީ މަންމަގެ ފަރުވާ ނިމުމަށްފަހު މާލެ ދެވުނުއިރަކުން މަލަކާއާ ބައްދަލުކޮށް ހުރިހާ ޙަޤީޤަތެއްވެސް ބޭޒާރުކޮށްލާށެވެ.
[މަންމާ...އަހަރެން މަލަކާއާ އިންނަން ނިންމީ މަންމައަށްޓަކައި. ކިތަންމެ ދުވަހެއް ވަންދެން މަލަކާއާއެކު އުޅެން ޖެހުނަސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.] ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ.
[ދަރިފުޅާ...ކައިވެންޏަށްފަހު ހުރިހާ ކަމެއްވެސް ހަމަޖެހިދާނެ....ދަރިފުޅު ހިތަށްއަރާނެ އަދި ކިރޔާއޭ ކައިވެންޏެއް ކުރެވުނީ....] ފަހީމާ މަލަކާއާ އެއްކޮޅަށް ވަކާލާތު ކުރަން ވަރަށް މޮޅުވާނެއެވެ.
އޭނާ ބޭނުންވަނީ ގޭގައި މަލަކާ ނޫން މީހަކަށް ޖާގައެއް ނުބާއްވާށެވެ. ނަމަވެސް އެއީކީ އަދި ޢިމްރާނަށް އެއްބަސްވެވޭނެ ގޮތެއް ނޫނެވެ.
[މިހާރު ކައިވެނިކޮށްދޭ މީހުން އަންނާނެ. އަވަހަށްދޭ ތައްޔާރުވާން. މަލަކާވެސް ވެއްޖެ ތައްޔާރުވާން އެފަރާތަށްގޮސް.] ފަހީމާ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ.
އެވަގުތު އެގޭ ދޮރުމައްޗަށް ކާރެއް މަޑުކޮށްލި އަޑު އިވުނީމާ ފަހީމާ އެވެރިން އެއައީއޭ ބުނެފައި ޢިމްރާން ކޮޓަރިއަށް ފޮނުވައިފިއެވެ. ދެން އޭނާ ދިޔައީ މަލަކާ ތައްޔާރުވެ ނިމުނުތޯ ބެލުމަށް މަލަކާ އުޅޭ ކޮޓަރިއަށެވެ.
[ދަރިފުޅާ މަލަކާ....ކައިވެނިކޮށްދޭ މީހުން އަތުވެއްޖޭ. އަވަހަށް އާދޭ. މިހާރު ޢިމްރާންވެސް ތައްޔާރުވެއްޖެ.] ފަހީމާ ކޮޓަރި ދޮރުން އެތެރެއަށް ބޯދިއްކޮށްލުމަށްފަހު އެދުނެވެ.
[މަންމަދޭ...އަހަރެން މިދަނީ....] މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ހާކާލަމުން މަލަކާ ބުންޏެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު