އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މިހާރު ވިލާ ޓްރޭޑިންގް އިން ލިބެން ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ.
އޮޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައި ދިގު އަދި ހިމަ ޕާސްތާ، ދިގު ރިބަން ޕާސްތާ، ޓްވިސްޓް ޕާސްތާ، ޓިއުބް ޕާސްތާ ހިމެނެއެވެ. ދިގު އަދި ހިމަ ޕާސްތާ އަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ ނުވަތަ އާންމުކޮށް ސްޕެގެޓީ އޭ ކިޔާ ޕާސްތާއެވެ. އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން އޮޓިމާ ޕާސްތާގެ ކޮންމެ ވައްތަރެއްވެސް ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީއެވެ.
އޮޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައި ހިމެނޭ ރިބަން ޕާސްތާއަކީ ބަރު އަދި އަނގަޔަށް ލުއި ސޯސްތަކާއި އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ. ރިބަން ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ފެޓުޗީނި، ލަޒާނިޔާ އަދި ޕައްޕާޑެލް ހިމެނެއެވެ. ޓްވިސްޓް ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ސްޕައިރަލް އަދި ކޯކްސްކްރޫ ގޮތަށް ހުންނަ ޕާސްތާ ހިމެނެއެވެ. މިގޮތަށް ހުންނަ ޕާސްތާގެ ދޭތެރެތައް ނުވަތަ ބަނޑިބަނޑި ހުރުމުގެ ސަބަބުން ބޭނުންކުރާ ސޯސްއެއް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑް ތަކަށް އެންމެ ބަރާބަރު ޕާސްތާއެވެ. ޓިއުބް ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. އަދި މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ. މި ހުރިހާ ވައްތަރުގެ ޕާސްތާވެސް ވިލާ މާޓުން ލިބިގެންދާނެއެވެ.

ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮޓިމާ ޕާސްތާ ތައްޔާރުކޮށްލުމަށް:
ބޮލޮގޮނައިޒް ތައްޔާރުކޮށްލަން ބޭނުން ވާނެ ތަކެތި
4 ސަމުސާ ތެޔޮ
1 ފިޔާ ކުދިކޮށް ކޮށާފަ
4 ލޮނުމެދު ޗިސްކޮށްފަ
1 ކިލޯ ބީފް ކުދިކޮށް ކޮށާފަ
1 ދަޅު ޓޮމާޓޯ
1 ދަޅު ޕީލްޑް ޓޮމާޓޯ
3/1 ޖޯޑު ފެން
ޕާސްތާ އަށް ބޭނުންވާ ތަކެތި
250ގ އޮޓީމާ ޕާސްތާ
2 މޭޒުމަތީ ސަމުސާ ފުށް
2 ސަމުސާ ތެޔޮ
500މލ ކިރު
200ގ އަދި 75ގ ޗެޑާރ ޗީޒް
200ގ އަދި 75ގ މޮޒޮރެއްލާ
ލޮނު
އަސޭމިރުސް
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެތެރެއަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށްފަހު 200ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.
އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅާ އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބާކީހުރި ޗެޑާ ޗީޒްތައް މައްޗަށް އެޅުމަށްފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރުކުރެވުނީއެވެ.
ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ 13 ޖެނުއަރީ 2021 ގައި ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ ޓްރޭޑިންގުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކާއި އެންމެ ގުޅުން ހުރި މީރު ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ.
ވިލާ މާޓުން ވިއްކާ ހުރިހާ ތަކެއްޗެއްވެސް މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ އީމެއިލް ކޮށްލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު