އިރުގެ ދޯދިން ގޭތެރޭ އަލިވެފައި
އިރުގެ ދޯދިން ގޭތެރޭ އަލިވެފައި
އިރުގެ އައްޔަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. އިރުގެ އަލީގައި އިންސާނާއަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. ދިރިއުޅޭ ގެޔަށް އިރުގެ އަލި ލިބުމަކީވެސް އިންސާނުންނަށް ގިނަގުނަ ފައިދާތަކެއްވާ ކަމެކެވެ.

ތިރީގައި މިވަނީ ގެޔަށް އިރުގެ އަލި ލިބެން ހުރުމުން، އިޤްތިސާދީ ގޮތުންނާއި ޞިއްޙީ ގޮތުން ލިބިދޭ ބައެއް ފައިދާތަކެވެ.

1. ކަރަންޓު ޚަހަދު ކުޑަވުން:

ގެޔަށް އިރުގެ އަވި ލިބޭނަމަ، ދުވާލުގެ ވަގުތުގައި ގިނަ ބޮކިތަކެއް ދިއްލުމުގެ ބޭނުމެއް ނުޖެހޭނެއެވެ. އެހެންކަމުން ކަރަންޓުގެ ޚަރަދު ބޮޑުތަނުން ކުޑަވެގެންދެއެވެ.

2. ފުލޮރިޒަންޓު ބޮކިތަކުން ލޮލަށް ލިބޭ ގެއްލުން ކުޑަވުން:

ގިނައިން ފްލޮރިޒަންޓު އަލީގައި މަސައްކަތް ކުރާމީހުންނަށް މައިގްރެއިންއާއި ލޮލުގެ މައްސަލަތައް ދިމާވެއެވެ. ނަމަވެސް

އިސްވެ ދެންނެވުނުފަދައިން، އިރުގެ އަލި ލިބޭނަމަ ގިނަ ބޮކިތަކެއްގެ އަލީގައި އަބަދުހެން މަސައްކަތް ކުރަންޖެހޭލެއް މަދުވާނެއެވެ. އެހެންކަމުން އެފަދަ ފްލޮރިޒެންޓްކުލަ ތަކުގެ އަލީގައި ހޭދަކުރާ ވަގުތު މަދުކުރެވި ލޮލަށް ލިބޭ ގެއްލުން ކުޑަވެގެންދާނެއެވެ.

3. ވިޓަމިން ޑީ ލިއްބައިދިނުން:

ވިޑަމިން ޑީއަކީ އިރުގެ އަލިން ލިއްބައިދޭ، ކަށިތައް ވަރުގަދަކޮށްދޭ ވިޓަމިނެކެވެ. އެހެންކަމުން ގޭތެރޭގައި އަދި ބަންދު ތަންތާގައި ގިނަވަގުތު ހޭދަކުރަންޖެހޭ މީހުންނަށް އެތަންތަނުގައި އިރުގެ އަލި ލިބޭގޮތަށް ބިނާކޮށްފައި ހުރުމަކީ ވަރަށް މުހިއްމުކަމެވެ.

4. ހާސްވެ، ހިތްނުތަނަވަސްވެ ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތަކުން ދުރުކޮށްދިނުން:

އިރުގެ އައްޔަކީ، އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތްކުރާ 'ސެރަޓޮނެން' ހޯމޯން އިތުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ގޭތެރެއަށް އަވި ލިބުމުން، އާއިލާ އުފާވެރިވެ، މާޔޫސް ބަލިފަދަ ނަފްސާނީ ބަލިތަކުން ސަލާމަތްކޮށްދެއެވެ.

5. ގޭތެރޭގެ ވައި ސާފްވެ ބެކްޓީރިއާ މަދުވުން:

އިރުގެ އައްވަކީ ބެކްޓީރިއާ ނައްތާލެވޭ ފަދަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ގޭތެރޭގައި ބެކްޓީރިއާ އުފެދުމުން ދިމާވާ ބަލިމަޑުކަމުންވެސް، ގެއަށް އިރުގެ އަލި ލިބެން ހުރުމުން ސަލާމަތްކޮށްދެއެވެ. އަދި މީގެ އިތުރުން އަންނައުނު ހިއްކުމަށްވެސް އަވީގެ ބޭނުން ހިފުމުން އަންނައުނުގައި ހުންނަ ބެކްޓީރިއާވެސް ނެތިގެން ދެއެވެ.

6. ގޭތެރެ ތަރުތީބުކަމަށް ދެއްކުން

އިރުގެ އަލި ލިބޭ ގެތައް މާބޮޑަށް އަލިވެފައި ސާފުތާހިރުކަމަށް ދައްކައެވެ. އަދި އިރުގެ އަލި ލިބުމަކީ، ގޭގެ ޖާގަ ކުޑައަސް ޖާގަ ތަނަވަސްކަމަށް ފެނިގެންދާ ސަބަބެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ފަހީން

07-Mar-2023

މަގޭ ކޮޓަރި ކުނި ނުކަހާތާ ވީދުވަހެއްވެސް ނޭނގެ.. އެހެންވެ އިރުގެ އަލި ވެއްދޭކަށް ނެތެވެ. ސޮރީ އޭ ބުނެވޭނީ އަށް.



ޓްރެންޑިން