ފައިސާއިން އުފާވެރިކަން ހޯދޭނެކަމަށް ބުނާ ނޮބެލް ޕްރައިޒްގެ އެވޯޑް ހޯދި އިކޮނޮމިސްޓު ކޭންމަންގެ ދިރާސާތައް ވައިރަލްވެ މީހުންގެ ސަމާލުކަމަށް މިވަނީ އައިސްފައެވެ. އަދި މިއާއިއެކު ޒަމާންވީ، ފައިސާއާއި އުފާވެރިކަމާއި ބެހޭ ޒަމާންވީ ބަހުސް އަނެއްކާވެސް މީހުންގެ ތެރޭގައި މިވަނީ ކުރެވެންފަށާފައެވެ.
ފައިސާއިން އުފާވެރިކަން ނުހޯދޭނެކަމަށް ކުޑައިރު އެންމެންވެސް ބުނެދެއެވެ. އެހެންނަމަވެސް، ބޮޑުވެ އަމިއްލަޔަށް ދިރިއުޅުމެއްފެށުމުން ލިބޭ ތަޖުރިބާތަކުގެ އަލީގައި ވިސްނެނީ ކުރިން ބުނެވިދިޔަ ގޮތާއި ޚިލާފަށެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި ފައިސާއިން އުފާވެރިކަން ނުލިބޭނެޔޭ ބުނެއުޅެނީ ތަނަވަސްކަން ނެތް މީހުން ހިތްހަމަޖެއްސުމަށެވެ. އަދި ބައެއް މީހުން، މިއީ ދިރިއުޅުމުގެ ހަޤީގަތެއްކަމުގައި ބަލައި އެގޮތުގެމަތީގައި ދިރިއުޅެމުންދެއެވެ.
ފައިސާއާއި އުފާވެރިކަމާއި ހުރި ގުޅުމަކީ ގިނަ ކަންކަމަށް ބިނާވެފައި އޮންނަ އޮތުމެވެ. ފައިސާއާއި އުފާވެރިކަމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނާބުނުން މިވަނީ މިހާރުގެ ހޯދުންތަކުގެ އަލީގައި ދޮގުކޮށްފައެވެ.
މިރިސާޗު ހަދާފައިވަނީ ޕެންސިލްވޭނިއާގެ ޕްރިންސްޓަން ޔުނިވަރސިޓީއަށް ނިސްބަތްވާ ޑޭނިއަލް ކޭންމެންއާއި އޭނާގެ ރިސަރޗް ޕާޓްނަރ މެތިއު ކިލިންގސްވޯތުއާއި ދެމީހުންވެގެންނެވެ. އަދި ގިނަ ހިސާބުތަކެއް ހެދުމަށްފަހު މިދެ އިކޮނޮމިސްޓުން ނިންމީ ފައިސާއާއި އުފާވެރިކަމާއި ގުޅުން އެބަހުރިކަމަށެވެ.
އެމީހުން ހޯދިހޯދުންތަކުން ދައްކާގޮތުގައި އާމްދަނީއާއި ފައިސާ އިތުރުވާވަރަކަށް ދިރިއުޅުމުގައި އުފާވެރިކަން އިތުރުވެއެވެ. ނަމަވެސް 2010 ގައި ކޭންމަން ހެދި ސާވޭއަކުން ދައްކާގޮތުގައި 75،000 ޑޮލަރަށްވުރެ އާމްދަނީ މަށްޗަށް ދިއުމުން އުފާވެރިކަން ދަށަށްދާކަމަށް ދައްކައެވެ. ނަމަވެސް، އެންމެ ފަހުން ހެދިފައިވާ ރިސާޗުން ދައްކަނީ މިއަދަދަށްވުރެ އާމްދަނީ އިތުރުވިނަމަވެސް އުފާވެރިކަން އިތުރުވަމުންދާކަމަށެވެ.
ކޭންމަން ކުރިންކޮށްފައިވާ ރިސާޗު ހެދިފައިވަނީ 2008 އާއި 2009 ދެމެދު އެމެރިކާގައި 1000 މީހުންގެ ސާމްޕަލަކުންނެވެ. މިފަހަރުގައި ސާވޭކޮށްފައިވަނީ ދުވާލުގެ އެކިވަގުތުތަކުގައި މީހާގެ އިހުސާސްތައް ޓްރެކްކުރާ އެޕެއް މެދުވެރިކޮށް 33000 މީހުން ބައިވެރިކޮށްގެނެވެ. އެމީހުންގެ ތެރޭގައި ތަފާތު މިންވަރަށް އާމްދަނީ ލިބޭމީހުން ހިމަނާފައިވެއެވެ. އެންމެ ކުޑަ އާމްދަނީއެއްގެ ގޮތުގައި އަހަރަކު 10،000 ޑޮލަރުގެ އާމްދަނީ ލިބޭ މީހުންވެސް ވަނީ ހިމަނާފައެވެ. މިދެރިސާޗުގެ ނަތީޖާ ވަރަށް ބޮޑަށް ތަފާތުކަން ފާހަގަވެއެވެ.
މިފަހަރުގެ ސާވޭއިން ދައްކާގޮތުން އަހަރަކު 500،000 ޑޮލަރު ލިބޭ މީހުންގެ އުފާވެރިކަންވެސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. އަދި ފައިސާ ގިނަވުމަނުން އެމީހުންގެ އުފާވެރިކަން ދަށްވެގެން ނުދާކަމަށްވެސް ދައްކައެވެ.
ކިލިންގސްވޯތު ބުނާގޮތުގައި އާއްމުގޮތެއްގައި ފައިސާ ގިނަވާވަރަކަށް އުފާވެރިކަން އިތުރުވެއެވެ. އަދި މުއްސަނދިންގެ ތެރޭގައި މިގޮތަށް ނުވާމީހުން ވަރަށް މަދުވާނެކަމަށެވެ. އަދި އެއީ ދިރިއުޅުމާއިމެދު މާޔޫސްވެފައި ތިބޭ މަދުބައެކެވެ. އޭނާ އިތުރަށް ބުނެދިން ގޮތުގައި ދިރިއުޅުމުގައި ކަމަކާއިމެދު މާޔޫސްވެފައި ހުންނަ މީހާއަށް ކިތަންމެ ފައިސާއެއް ދިނަސް އުފާވެރިއެއް ނުވާނެއެވެ. ނަމަވެސް މިބާވަތުގެ މީހުންފިޔަވައި ކޮންމެ މީހަކަށް އިތުރަށް ފައިސާދިނަސް އުފާވެރިކަން އިތުރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު