ސްޕައިކުރާ ފާމްވެޔަރތަކާއި ހެކަރުންނަށް ހުށިޔާރުވާންޖެހޭ
ސްޕައިކުރާ ފާމްވެޔަރތަކާއި ހެކަރުންނަށް ހުށިޔާރުވާންޖެހޭ
ސްމާޓްފޯނަކީ މިހާރު ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ. އަހަރުމެންގެ މުޅި ދިރިއުޅުމުގެ މައުލޫމާތުތައް ކަހަލަ ގޮތަކަށް ފޯނުތަކުގައި ރައްކާކުރެވިފައި ހުރެއެވެ. ނުވަތަ ކްލައުޑްގައި ރައްކާކުރެވިފައި ހުރެއެވެ. ފޮޓޯއާއި މުހިންމު ލިޔެކިޔުންތަކާއި އުޅޭތަނުގެ ލޮކޭޝަންވެސް މިޑިވައިސްތަކުގައި ސްޓޯ ކުރެވިފައިހުރެއެވެ. މިއީ ދިރިއުޅުމުގައި އެތައް ފަސޭހަތަކެއް ލިއްބައިދޭ ކަމަކަށް ވީނަމަވެސް މީގެ ސަބަބުން ސްޕައިކުރަން ބޭނުންވާ މީހަކަށް ތިމާގެ ދިރިއުޅުމަށް ޓާގެޓުކޮށް އެ މަޢުލޫމާތުތަކެއް ހޯދައިގަނެވިދާނެއެވެ. އެހެންކަމުން ސްޕައިކުރާ ފާމްވެޔަރތަކާއި ހެކަރުންނަށް ހުށިޔާރުވާންޖެހެއެވެ.

މީހަކު ތިބާގެ ފޯނަށް ފާރަވެރިވާކަން ދެނެގަންނާނެގޮތްތައް ތިރީގައި ހިމަނާލަމެވެ.

1. ނުދަންނަ އެޕްތައް ފޯނުގައި ހުރުން:

އެންމެ ވަރުގަދަ ސްޕައިވެއަރތައް ފޯނުން ހޯދައިގަންނަން އުނދަގޫވެދާނެއެވެ. އެހެންނަމަވެސް ބައެއްފަހަރު ބައެއްކަހަލަ އެޕްލިކޭޝަންތަކުގެ ނަމުގައި ފޯނުގައި ސްޓޯކުރެވިފައި ހުރެއެވެ. މިސާލަކަށް ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންގެ ނަމުގައި ފޯނުގައި އެޕްއެއް ސްޓޯކުރެވި މުހިންމު މަޢުލޫމާތުތައް ހޯދައިގަނެއެވެ. އެހެންކަމުން ތިމާ އިންސްޓޯލް ކޮށްފައިނުވާ އެޕެއް ފޯނުގައި ހުރިތޯބަލައި އެފަދައެޕްތައް ޑިލީޓުކުރުމަކީ ކުރެވިދާނެކަމެކެވެ. މިފަދަ ބައެއް އެޕްލިކޭޝަންގެ ތެރޭގައި ނެޓް ނެނީ ކެސްޕަސްކީ ސޭފް ކިޑްސް އަދި ނޯޓަން ފެމެލީ ކިޔާ އެޕްތައް ހިމެނެއެވެ.

2. ފޯނުގެ މަސައްކަތްތައް ލަސްވުން:

ބެކްގްރައުންޑްގައި ހުޅުވިފައި ހުންނަ ސްޕައިވެއަރ މެދުކެނޑުމެއްނެތި ދާނީ ޑާޓާ އެއްކުރަމުންނެވެ. އެހެންކަމުން ފޯނުގެ އެހެން ހުރިހާ ފަންގްޝަންތަކެއް ލަސްކޮށްލައެވެ. އަދި ސްޓަކުވެސްވެއެވެ. ކުއްލިޔަކަށް ފޯނަށް މިހެންދިމާވެއްޖެނަމަ ފޯނުގައި މެލްވެއާއެއް ހުރެދާނެއެވެ.

3. މާއަވަހަށް ފޯނުގެ ޗާޖުދިއުން:

ސްޕައިވެއަރއެއް ފޯނުގައި ހުރިނަމަ އެޕްރޮގްރާމް އަބަދުހެން މަސައްކަތްކުރުމުގެ ސަބަބުން މާއަވަހަށް ފޯނުގެ ޗާޖުގޮސް ފޯނުގައި ޗާގު ނުހިފަހައްޓާގޮތް މެދުވެރިވެއެވެ. ނަމަވެސް ހުރިހާ ފޯނެއްގައިވެސް ބެޓެރިއަކީ ދުވަސްވާރަކަށް އޭގެ ބާރުދަށްވެ ޗާޖު ހިފަހައްޓާ މިންވަރު މަދުވާނެ އެއްޗެކެވެ. އެހެންކަމުން ދުވަސްވާވަރަކަށް ފޯނުގެ ޗާޖު ހިފަހައްޓާ މިންވަރު ދަށްވާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އަދި ކުއްލިޔަކަށް މިގޮތަށް ޗާޖު ދަށްވާނަމަ ސޯޝަލް މީޑިއާފަދަ ބެޓެރި ޗާޖު ގެއްލޭފަދަ ބޮޑެތި އެޕްތައް ވަރަށް ފަހުން އިންސްޓޯލްކުރެވުނުތޯ ނުވަތަ އަޕްޑޭޓް ކުރެވުނުތޯވެސް ބަލާލުން މުހިންމެވެ. ސަބަބަކީ ފޯނުގައި ޗާޖު ނުހިފަހަށްޓަނީ ސޯޝަލް މީޑިއާ އެޕެއްގެ ސަބަބުން ކަމުގައިވެދާނެތީއެވެ.

4. ފޯނު އާދައާ ޚިލާފަށް ހޫނުވުން:

ފޯނު މާއަވަހަށް ހޫނުވާނަމަ ސްޕައިވެއަރއެއް ބެކްގްރައުންޑްގައި މަސައްކަތްކުރަނީ ކަމުގައިވެދާނެއެވެ. ވަކިން ޚާއްސަކޮށް ފޯނު ބޭނުންނުކޮށް އޮންނަ ވަގުތުތަކުގައިވެސް މިގޮތަށް ފޯނު ހޫނުވާނަމަ އެއީ ސްޕައިވެއަރއެއް ބެކްގްރައުންޑްގައި މަސައްކަތްކުރަނީއެވެ.

5. ޑޭޓާ ޚަރަދުވާވަރު އިތުރުވުން:

ކުއްލިޔަކަށް ފޯނަށް ޑޭޓާ ޚަރަދުވާ މިންވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޑޭޓާ އޮންކޮށްލުމުން ސްޕައިވެއަރތަކުން އެއްކުރާ މައުލޫމާތު ސްޕައި އެޖެންޓަށް ފޮނު ފޮނުވަންފަށައެވެ. އެހެންކަމުން ޑޭޓާ ޚަރަދުވާ މިންވަރު އިތުރުވުމަކީ ސްޕައިވެއަރއެއް ހުރިކަމުގެ އަލާމާތެކެވެ.

6. އޮފްކުރުމަށާއި ފޯނު ރީސްޓާޓުކުރަން އުނދަގޫވުން:

ފޯނާއި މާދުރުގައިތިބެ ފޯނުގެ ބޭނުންކުރަމުންދާ ހެކަރުން އެއްވެސް ހާލަތެއްގައި ފޯނު ނިވޭކަށް ބޭނުމެއް ނުވާނެއެވެ. އެއީ ފޯނު ނިވިއްޖެނަމަ އެމީހުން ބޭނުންވާ ކަންކަން ކުރަން އުނދަގޫވާނެތިއެވެ.

7. ބްރައުޒަރ ހިސްޓްރީ ބެލުން:

ނުދަންނަ ސޮފްޓްވެއައެއް ޑައުންލޯޑުކޮށްފައި ހުންނާތީ ފެނިދާނެއެވެ. އެހެންކަމުން ބްރައުޒަރ ހިސްޓްރިގައި ނުދަންނަ ކަންކަމެއް ހުރެއްޖެނަމަ އެކަމަށް ރައްކާތެރިވާންވާނެއެވެ.

ސްޕައިވެއަރތަކުން ފޯނު ރައްކާތެރިކުރުމަށްޓަކައި ސްޕައިވެއަރ ރިމޫވަލް އެޕްއެއް ބޭނުންކުރެވިދާނެއެވެ. މިގޮތަށް އަޅާ އެޕްތަކަކީ އާއްމުކޮށް މިފަދަ އެޕްލިކޭޝަން އުފައްދާ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ އެޕެއްތޯ ބަލައި ޔަޤީންކުރަންވާނެއެވެ. އަދި މީގެ އިތުރުން ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް އައިސްފިނަމަ ގިނަދުވަސްނުކޮށް ފޯނު އަޕްޑޭޓްކުރުމަކީވެސް މުހިންމުކަމެވެ. އަދި އަންއޮފިޝަލް އެޕްލިކޭޝަންތައް ފޯނަށް ނޭޅުމާއި ފޯނުގައި މަލްވެއަރއެއް ހުރިކަމަށް ފެންނަނަމަ އަވަހަށް ފޯނު ފެކްޓްރީ ރިސެޓު ކުރުމަކީވެސް ފޯނު ރައްކާތެރިކުރުމަށް ކުރެވިދާނެކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން