ރޯދަމަހަށް ޚާއްސަކޮށް ހުޅުމާލެ 2 ދޭއްގައި "ރޯދަ މާޓް" ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ.

ރޯދަމަހަށް ޚާއްސަކޮށް ހުޅުވި މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް (9 ނަންބަރު ޓަވަރު) ގެ ތިރީގައެވެ.

ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.



އެސްޓީއޯއިން ބުނީ މިއީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި ފިހާރައެއްކަމަށެވެ. އަދި އެ ފިހާރައިން ލީޒިންގް ޕާޓްނަރުންގެ މުދަލާއި ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކުރާރީގެ ބާވަތްތައްވެސް ތާޒާކަންމަތީ ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން އެ ފިހާރަ ކުރިމަތީގައި ހެދިކާ ވިއްކުމުގެ ފުރުސަތު އާންމުންނަށް ދޭނެކަމަށްވެސް އެސްޓއީއޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން