ޝަޢްބާން މަސް ދެބައިވުމަށްފަހުގައި ރޯދަ ހިފިދާނެތޯ؟ ޝަޢްބާން މަސް ދެބައިވުމަށްފަހުގައި ރޯދަ ހިފުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމަށް އަޑުއިވިފައިވެއެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
روى أبو داود (3237) والترمذي (738) وابن ماجه (1651) عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا ) . صححه الألباني في صحيح الترمذي
އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ." މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
މިޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢްބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިފުން މަނާ ވުމެވެ.
ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުން ހުއްދަވާނެ ކަން ދޭހަވާގޮތަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި:
ما رواه البخاري (1914) ومسلم (1082) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ)
ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ."
މި ޙަދީޘް އިން ދޭހަވަނީ ޢާއްމުކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިޘާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު، ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅެވެ."
وروى البخاري (1970) مسلم (1156) عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا ) .
ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢްބާން މަހު އެއްކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ."
މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅު ކަމެވެ.
އިސްވެދިޔަ ޙަދީޘް ތަކުގެ އަލީގައި އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢާދަ ވެގެން ރޯދަ ހިފާމީހަކު ފިޔަވާ އަދި ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވާ ޝަޢްބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ."
والله أعلم

ކިޔުންތެރިންގެ ހިޔާލު