މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖެއަށް 500،000 ޓޫރިސްޓުން ޒިޔާރަތްކޮށްފިއެެވެ.

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ވިދާޅުވީ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖެއަށް 500،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ފަތުރުވެރިކަން ކުރިއަރަމުންދާ ކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.



ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން މި މަހުގެ 26 އާއި ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 500،597 ފަތުރުވެރިންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 6،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރުގެ އަދަދުތަކާ އަޅާކިޔާއިރު 22.3 އިންސައްތައިގެ ކުރިއެރުމެއް ކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 409،426 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ ރަޝިޔާ އެވެ. އެ ގައުމުން މިހާތަނަށް ރާއްޖެއަށް 60،590 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނައިގާ އޮތް އިންޑިއާއިން މިހާތަނަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން