މަރިޔަމް ލަމްޙާ ރަޝީދު   29 މާރިޗު 2023 - 13:35
ސިކުނޑިއަށް ގެއްލުންދެނިވި އެތައް އާދައެއް އަޅުގަނޑުމެންގެ ގައިގައި އަށަގެންފައިވޭ
ސިކުނޑިއަށް ގެއްލުންދެނިވި އެތައް އާދައެއް އަޅުގަނޑުމެންގެ ގައިގައި އަށަގެންފައިވޭ
ސިކުނޑިއަކީ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ކޮންޓްރޯލްކުރާ ހުރިހާ ހިއްސުތަކާއި ހަށިގަނޑުގެ ހަރަކާތްތައް ހިންގައިދޭ ގުނަވަނެވެ. އަދި މިއީ ވިސްނުމާއި، ހުރިހާ އިހުސާސްތަކާއި، ދެނެގަތުމާއި، ހަނދާންތައް ރައްކާކުރުން ފަދަ ހުރިހާ މަސައްކަތްތައްވެސް ކުރާ ގުނަވަނެވެ.

އެހެންކަމުން ސިކުނޑިއަކީ އަބަދުވެސް އިންސާނާގެ ހަށިގަނޑުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ގުނަވަނެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް ނޭނގިނަމަވެސް މި މުޙިއްމު، ސިކުނޑިއަށް ގެއްލުންދެނިވި އެތައް އާދައެއް އަޅުގަނޑުމެންގެ ގައިގައި އަށަގެންފައިވާކަން އަޅުގަނޑުމެންނަށް ނޭނގެއެވެ. މިއީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެންނަށް އަމިއްލަ ސިއްޙަތާމެދު އެއްވެސް ވަރަކަށް ފަރުވާލެއް ނުބަހައްޓަނީއެވެ. ސިކުނޑިއަށް އަށް އަސަރުކުރާވަރަކަށް މީހާގެ ވިސްނުންވެސް ދާނީ އެއްދުވަހުން އަނެއްދުވަހަށް ކޮށިވަމުންނެވެ. އަދި އެންމެފަހުން ތިމާމީހާއަށް މިކަމަށް ހޭލެވޭނީ ގިނަފަހަރަށް އޭނާގެ ބަލިބޮޑުވެ އެބައްޔާ ތަޙައްމަލްކުރާ ހިސާބުންނެވެ.

އެހެންކަމުން ސިކުނޑި ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް ތިމާގެ ކިބައިގައި ހުންނަ، ސިކުނޑިއަށް ގެއްލުންދެނިވި މިފަދަ ނުބައި އާދަތައް ހުއްޓާލުމަށް އަވަސްވެގަންނާށެވެ.

ސިކުނޑިއަށް ގެއްލުންދެނިވި އާދަތައް:

1. ކަސްރަތު ނުކުރުން:

ކަސްތަރުކުރުމަކީ ބީ.ޑީ.އެން.އެފް (ބްރެއިން ޑިރައިވްޑް ނިއުރޯޓްރޮޕިކް ފެކްޓަރ) އިތުރުކޮށްދޭ ކަމެކެވެ. މިއީ ހަނދާން ބަލިވުމުން ދުރުކޮށްދޭ އަދި ތޫނުފިލިކަމާއި ވިސްނުމުގެ ބާރު އިތުރުކޮށްދޭ ޕްރޮޓީންއެކެވެ. މިމާއްދާ ސިކުނޑީގައި މަދުވެއްޖެނަމަ އެޓްރޮފީ ނުވަތަ ސިކުނޑީގައި ހުންނަ ނާރުތައް ހިމަވެ ނާރުގެ މައްސަލަ ދިމާވެއެވެ. މިހެންވުމުން މީހާގެ ހަނދާން ކޮށިވެ ދަސްކުރުމުގެ ބާރު ކުޑަވެގެން ދެއެވެ.

2. ނިދި ހަމަނުކުރުން:

ހަމަ ނިދި ނުލިބުމަކީ މަސައްކަތައް ބޭނުންވާ ސަމާލުކަން ނުދެވި ޓާސްކުތައް އެންމެ ފުރިހަމައަށް ނިންމުމަށް ހުރަހަކަށް ވެގެންދާކަމެކެވެ. ހަމައެހެންމެ ރަނގަޅަށް ނިދި ނުލިބޭނަމަ، ދިމާވާ ކަންކަން ރައްކާކުރާނެ އިތުރު ޕާތުވޭ ނުވަތަ ޖާގަ ސިކުނޑީގައި އުފެއްދޭން ނެތުމުގެ ސަބަބުން ދެން ސިކުޑިއަށް ކުރާބާރު އެތައްގުނައަށް ބޮޑުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ކައިރި މުސަތަޤުބަލުގައި ހިނގާ ކުދިކުދި ކަންކަން ވަރަށް ފަސޭހައިން ހަނދާނުން ފިލައިދެއެވެ. އެހެންކަމުން ނިދި ހަމަކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު މުހިންމު ކަމެކެވެ.

3. ތެލުލިތަކެއްޗާއި ތައްޔާރީ ކާނާ ބޭނުންކުރުން:

ތެލުލި އެއްޗެއްސާއި ޕްރޮސެސްޑް ނުވަތަ ބަންދުކޮށްފައި ހުންނަ ކާއެއްޗެއްސަކީ އިންފްލެމޭޝަންއަށް މަގުފަހިކުރުވާ ކާނާއެވެ. މިތަކެތި ކެއުމަކީ މޫޑު ގޯސްވުމާއި ހަނދާން ބަލިވުމާއި ޑިޕްރެޝަން އަދި ނާރުގެ މައްސަލަތައް މަގުފަހިކުރުވާ ކާނާއެވެ.

4. ހަށިގަނޑާއި އެކަށީގެންނުވާވަރުގެ ބަނޑެއްލުން:

ބަނޑުގައި މާބޮޑަށް ސަރުބީ އުފެދުމަކީ އިންފްލެމޭޝަންގެ ސަބަބުން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ސިކުނޑި އެޓްރޮފީ ދިމާވެ ހަނދާންނެތޭ ބައްޔާއި ހަރަކާތްތެރިވުމާއި އިހުސާސްތައް ރެގިއުލޭޓް ކުރުމުގައި މައްސަލައް ދިމާވެއެވެ.

5. އާއެއްޗެހި ދަސްނުކުރުން:

ސިކުނޑީގެ ކާނާއަކީ އައު މައުލޫމާތެވެ. އައު އެއްޗެހި ދަސްކުރުމަކީ ސިކުނޑީގައި ހުންނަ ނިއުރޮންތައް ސްޓިމިއުލޭޓްކޮށްދޭ ކަމެކެވެ. އަދި އޭގެ ސަބަބުން ސިކުނޑީގައި ނާރުތަކުގައި މައުލޫމާތު ފޯރުކޮށްދޭ މިން އަވަސްވެ ސިކުނޑީގެ މަސައްކަތްތައް ހަލުވި ވެގެންދެއެވެ. އައު އެއްޗެހި ދަސްނުކުރާނަމަ، ސިކުނޑިއަށް ބޭނުންވާ ސްޓިމިއުލޭޝަން ނުލިބުމުގެ ސަބަބުން މަސައްކަތްތައް ލަސްވެ، ސިކުނޑީގެ ނާރުތައް ހިމަވާގޮތް ދިމާވެ އެޓްރޮފީ ޖެހުމަށް މެދުވެރިވެއެވެ.

6. ޕޯން ބެލުން:

ޕޯން ބެލުމުގެ ސަބަބުން ސިކުނޑީގެ ޝޭޕް ސައިޒު އަދި ކެމިކަލް ބެލެންސަށް ބަދަލު އާދެއެވެ. ޕޯންއަކީ ހަށިގަނޑުގައި ހުފައްދާ ޕްލެޝަރ ހޯމޯން ސެރަޓޯނަން އަދި އުފާވެރިކަން ގެނުވައިދޭ ޑޯޕަމިން ހޯމޯން ލިބެންވާ މިންވަރަށްވުރެ އިތުރަށް ހަށިގަނޑުގައި އިތުރުކުރުވާ އެއްޗެކެވެ. އެހެންކަމުން މާގިނައިން ޕޯން ބަލާމީހުންގެ ސިކުނޑީގައި މިކެމިކަލްތައް ޑްރަގް އެޑިކްޓްވެފައިތިބޭ މީހުންނާއި އެއްގޮތަށް އިމްބެލެންސްވެއެވެ.

7. ގޭތެރޭގައި މާގިނަވަގުތު ހޭދަކުރުން:

މާގިނަވަގުތު އަބަދު ގޭތެރޭގައި އުޅުމުން އިރުގެ އަވިން ލިބޭ ފައިދާއް ނުލިބޭނެއެވެ. އިރުގެ އަވި ނުލިބޭނަމަ ސެރަޓޯނެން ލެވަލް ދަށްވެ މީހާ ޑިޕްރެޝަންއަށް ދިއުމަށް މަގުފަހިވެއެވެ.

8. ދުންފަތުގެ އިސްތިއުމާލުކުރުން:

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިކުނޑީގެ ސެރީބްރަލް ކޯޓެކްސް ތުނިވެ ގްރޭ މެޓަރ މަދުވާ ކަމެކެވެ. މިއީ އަޅި ކުލައިގައި ހުންނަ، ސިނކުޑީގައި ނިއުރޯންސް/ ނާވް ސެލްސް ހުންނަ ތަނެވެ. މީއީ އިންފޮމޭޝަން ޕްރޮސެސް ކުރާ ތަނެވެ. އަދި މިއީ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމާއި އިމޯޝަން ރެގިއުލޭޓް ކުރުމާއި ވިސްނުމާއި ހަނދާނާއި ބެހޭ މަސައްކަތްތައް ކުރުމަށް ނިއުރޯނިކް ސިގްނަލް ދޭމަރުކަޒެވެ. އެހެންކަމުން ގްރޭ މެޓަރ މަދުވުމުން މިކަންކަމަށް އަސަރު ކުރާނެއެވެ. އަދި މީގެ އިތުރުންވެސް ދުންފަތުގެ އިސްތިއުމާލު ކުރާމީހުން އުމުރުން ދުވަސްވުމުން މާއަވަހަށް ސިކުނޑީގެ ވޮލިއުމް ކުޑަވެއެވެ. އަދި ސްޓްރޯކް ޖެހުމުގެފުރުސަތު އިތުރުވެއެވެ.



9. ހެނދުނުގެ ނާސްތާ ދޫކޮށްލުން:

ހެނދުނު ތެދުވާގޮތަށް ކުދިން ސްކޫލަށް ގެންދިއުމުގައާއި ވަޒީފާއަށް ދާން ތައްޔާރުވުމުގައި އެކަށީގެންވާވަރަށް ވަގުތު ނެތުމުން ގިނަމީހުންނަށް އޮފީހަށް ދެވެނީ ސައި ނުބޮއެވެ. ނަމަވެސް މިއީ ސިކުނޑިއަށް ގެއްލުން ހުރި ކަމެކެވެ. މިގޮތުން ސިކުނޑީގެ ކޮގްނެޓިވް ފަންގޝަންތައް އަދާކުރުމަށް ބޭނުންވާ ގުލްކޯޒް ނުލިބެއެވެ. އެހެންކަމުން ސިކުނޑީގެ މަސައްކަތްތައް ދަށްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާ ވަރުބަލި ވުމާއި އަދި ޖަންކް ފުޑް ކެވި މިހާ ފަލަވެއެވެ. މިހެން ދިމާވުމުން ހަށިގަނޑުގައި ފެޓްސް ގިނަވެ ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.

ތިމާގެ ސިކުނޑި ދުޅަހެޔޮ ޞިއްހަތެއްގައި ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާކެއުމާއި ކަރަސްތުކުރުން ވަރަށް މުހިންމެވެ. އަދި ނިދި ހަމަކުރުމާއި ކޮންމެވެސް އައު ކަމެއް ދަސްކޮށްލުމާއި ބޭރަށް ނުކުމެލުމާއި ޕޯން ބެލުން ހުއްޓާލުމަކީ ސިކުނޑީގެ ތޫނުފިލިކަމާއި ހަނދާން ގަދަވެ ޞިއްހަތު ރަނގަޅުކޮށްދޭނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން