ދޭތެރެދުރުކުރާ ބޭހެއް ބާޒާރަށް، ގިނަފިރިހެނުން މިބޭސް ބޭނުން ކުރާނެ!
ދޭތެރެދުރުކުރާ ބޭހެއް ބާޒާރަށް، ގިނަފިރިހެނުން މިބޭސް ބޭނުން ކުރާނެ!
ފިރިހެނުންނަށް ޚާއްސަ ހޯމޯނަލް ކޮންޓްރަސެޕްޓިވް ޕިލް ނުވަތަ ދޭތެރެ ދުރުކުރާ ބޭސް އީޖާދުކޮށްފިނަމަ، ބޭނުން ކުރާނެކަމަށް ފިރިހެނުންގެ ގިނަ ބަޔަކު އެއްބަސްވާކަމަށް ފަހުގެ ރީސާޗަކުން ދައްކައިފިއެވެ. މިރިސާޗުގައި ބުނާގޮތުންނަމަ ފިރިހެނުންގެ ތެރެއިން 'ސެކްޝުއަލީ އެކްޓިވް' 18 އަހަރާއި 44 އަހަރާއި ދެމެދުގެ %52 ފިރިހެނުން ބުނެފައިވަނީ އެފަދަ ބޭހެއް އީޖާދު ކުރެވި ބާޒާރުގައި ލިބެން ހުރިނަމަ ބޭނުން ކުރާނެކަމަށެވެ.

މިދިރާސާކޮށްފައިވަނީ، މިއަހަރުގެ ކުރީކޮޅުގައި، ދޭތެރެ ދުރުކުރުމަށް ފިރިހެނުންގެ 'ސްޕާމް' ނުވަތަ ދަރިފަނި ގަޑިއިރަކަށް ފްރީޒްކޮށްލާ ބޭހެއް އުފެއްދުމާއި ގުޅިގެންނެވެ.

ފިރިހެނުންނަށް ޚާއްސަ ކޮންޓްރަސެޕްޓިވް މިބޭސް އާއްމުކޮށް ބޭނުން ކުރުމަށް ބާޒާރަށް ނެރުމަށް އިތުރަށް އަހަރުތަކެއް ހޭދަވާނެއެވެ. ސަބަބަކީ މިބޭސް ތަހުލީލު ކުރުމަށް ކުރެވޭ ޓެސްޓިންގައި އަދި ނިމިފައިވަނީ 'ލެބް މައިސް' ނުވަތަ ލެބޯޓްރީގައި ތަހުލީލުކުރާ ޖަނަވާރުންގެ ހަށިގަނޑަށް މިބޭސް ފޮނުވައިގެން ކުރެވުނު ތަހުލީލުތައް ކަމަށްވާތީއެވެ.

އެހެންނަމަވެސް، މިދިރާސާގެ ސަބަބުން ފާމަސޫޓިކަލްސްގެ ނުވަތަ ބޭސްތައްޔާރު ކުރުމުގެ ދާއިރާއަށް މިބާވަތުގެ ބޭސް ތައްޔާރުކުރުމަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށް ސައިންޓިސްޓުން ބުނެއެވެ. ވަކިން ޚާއްސަކޮށް، މިއީ ވަގުތީ ގޮތުން ބޭނުން ކުރެވޭ ފިރިހެނުންނަށް ޚާއްސަ މިފަދަ ފުރަތަމަ ބޭސް ކަމުގައި ވުމާއި އަދި މިރިސާޗުގެ އަލީގައި މިކަމަށް އާއްމުން ދެކޭގޮތް ހާމަވެގެން ދިއުމުންވެސް މިތަހުލީލުތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަގު ފަސޭވެގެންދާނެކަމަށް ސައިންސުވެރިން ރިޕޯޓު ކުރެއެވެ.

މިބޭހަށް ކުރެވޭ ތަހުލީލުތަކުން ދައްކާގޮތުގައި، މިބޭހުގެ އަސަރު ގަޑިއިރެއް ވަންދެން ސައްތައިންސައްތަ ކާމިޔާބު ކަމާއެކު 'ސްޕާމް ފްރީޒްކޮށް' ދެއެވެ. އެހެންކަމުން މިއީ ދޭތެރެ ދުރުކުރުމަށް ރަނގަޅު ގޮތެއް ކަމުގައި ބެލެވެއެވެ.



އޯރަލް ކޮންޓްރަސެޕްޓިވް ޕިލް ނުވަތަ ދޭތެރެ ދުރުކުރާ ބޭހަކީ މިވަގުތު ގިނަ އަންހެނުން ބޭނުން ކުރަމުން އަންނަ ބޭހެކެވެ. މިގޮތުން ޔޫކޭ ފަދަ ބޮޑެތި ޤައުމުތަކުގައި އަންހެނުންގެ އާބާދީގެ 3/1 އަންހެނުން ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކުރެއެވެ. ރާއްޖޭގައިވެސް ކައިވެނި ކޮށްގެން ކިޔަވަންދާ ދަރިވަރުންނާއި އެކިއެކި ސަބަބު ތަކާއި ހުރެ ދޭތެރެ ދުރުކުރުމަށް މިބޭސް ބޭނުންކުރާ އަންހެނުންގެ އަދަދު މަދެއް ނޫނެވެ.

ދޭތެރެ ދުރުކުރާ ވަސިލަތްތަކަކީ ބައެއް އަންހެނުންނަށް ހަށިގަނޑަށް ނޭދެވޭ ބަދަލުތަކެއް ގެނުވައި މައްސަރު ކަންތަކުގައި މައްސަލަޖެހިދާ ފަދަ ވަސީލަތްތަކެކެވެ. އެހެންކަމުން ބައެއް އަންހެނުންނަށް އެމީހުންގެ ބައިވެރިޔާއަށް މިފަދަ ބޭހެއް ބާޒާރުގައި ލިބެން ހުރުމަށް ނުހަނު އެދޭނެކަމެކެވެ.



މިސާވޭ ހެދި ދެބައި ކުޅަ އެއްބައި ފިރިހެނުން މިބޭހުގެ އަޖުމަބަލާފާނެ ކަމަށް އެއްބަސްވިނަމަވެސް، މީގެ ތެރެއިން ކަށަވަރުކޮށް ބޭނުން ކުރާނެކަމަށް ބުނެފައިވަނީ %22 ފިރިހެނުންނެވެ. ބާކީ ތިބި މީހުން ބުނެފައިވަނީ ފަހަރުގައި ބޭނުންކޮށްފާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޢަހަރެން

15-Apr-2023

ކިތައްމީހުން ބޭނުން ކޮއްގެން ހަދާފައި އޮތް ދިރާސާއެއްބާ? 52 މީހުން ހެދިޔަސް އަދި ކަމަކުނުދޭ!



ޓްރެންޑިން