އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، ބައްސާމް އަދީލް ޖަލީލު ބައިވެރިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.
ފީފާ އާއި އޭއެފްސީ އަދި ފުލުހުން ޓެގުކޮށް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައްސާމް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓްގައި ވެސް އެކަން ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޚިޔާނާތުގައި ބައްސާމް އަދީލް ޖަލީލު ބައިވެރިވެފައިވާކަން އެނގެން އޮތްއިރު ވެސް އެ މައްސަލައިގެ ތަހުގީގު ލަސްވަނީ ކީއްވެގެން ކަމާމެދު ސުވާލު އުފެދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީވެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައިދިނުމަށް އޭނާ ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ. އެ ޤަރާރު މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީން ދިރާސާކުރަމުން ގެންދާއިރު، މަޖިލީހުން މިއަދު ވަނީ ޔޫތް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދިފައެވެ.
އާޒިމް މިއަދު ހާމަކޮށްފައިވާ އޭސީސީން އާންމު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަކާ ގުޅިގެން އެ ކޯޕަރޭޝަނަށް ދައްކާފައިވާ އެއްވެސް ފައިސާއަކާ ހަވާލުވެފައި ނުވާނެ ކަމަށް ބައްސާމް ބަޔާން ދީފައި އޮތް ނަމަވެސް އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން މުހައްމަދު ޝިފާޒު ކޮމިޝަނަށް ދީފައިވާ ބަޔާނުގައި އދ. ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓް ދެއްކުމަށް ދޫކުރި ޗެކްތަކާ ހަވާލުވެފައިވަނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބައްސާމް ކަމަށާއި ބައްސާމް ސޮއިކޮށްފައި އޮތް ދެ ޕޭމަންޓް ވައުޗާ ޗެކް ވެސް ހަވާލުކުރީ އެމްއެމްޕީއާރުސީ އޮފީހުގެ ތެރޭގައި ބައްސާމްއާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ރަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ބައްސާމް ބައިވެރިވެފައިވާ ކަމަށް ޝިފާޒު އޭސީސީއަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައި ވެއެވެ.
އޭސީސީއަށް ޒިޔަތު ދިން ބަޔާނުގައި ވެސް ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި ފައިސާއާ ހަވާލުވި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރޭގައި ބައްސާމް ހިމެނޭ ކަމަށާއި އަދި އޭސީސީގެ ތަހުގީގުގައި، އެޗްއެމްއެޗް ކުންފުނީގެ ޕޭމަންޓް ވައުޗާގައި، ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 350،000 އެމެރިކާ ޑޮލަރު ބަލައިގަތް ފަރާތުގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވަނީ ކީއްވެ ކަމެއް ނޭނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީސް ތެދުވެފައިވާއިރު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމަކީ ފީފާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ކަމަށާއި، އެ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން އެފްއޭއެމަށް އަތްބާނާނަމަ، ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ވެސް ފީފާ އިން ވަނީ އިންޒާރުދީފައެވެ.

President of FAM, Bassam has been involved in the MMPRC corruption scandal. The initial report from @ACC_Maldives on the scandal clearly points to his involvement in it. Why is this investigation still pending? @PoliceMv @FIFAcom @theafcdotcom pic.twitter.com/pyep9daEDb
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) July 2, 2020
ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީވެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައިދިނުމަށް އޭނާ ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ. އެ ޤަރާރު މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީން ދިރާސާކުރަމުން ގެންދާއިރު، މަޖިލީހުން މިއަދު ވަނީ ޔޫތް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދިފައެވެ.
އާޒިމް މިއަދު ހާމަކޮށްފައިވާ އޭސީސީން އާންމު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަކާ ގުޅިގެން އެ ކޯޕަރޭޝަނަށް ދައްކާފައިވާ އެއްވެސް ފައިސާއަކާ ހަވާލުވެފައި ނުވާނެ ކަމަށް ބައްސާމް ބަޔާން ދީފައި އޮތް ނަމަވެސް އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން މުހައްމަދު ޝިފާޒު ކޮމިޝަނަށް ދީފައިވާ ބަޔާނުގައި އދ. ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓް ދެއްކުމަށް ދޫކުރި ޗެކްތަކާ ހަވާލުވެފައިވަނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބައްސާމް ކަމަށާއި ބައްސާމް ސޮއިކޮށްފައި އޮތް ދެ ޕޭމަންޓް ވައުޗާ ޗެކް ވެސް ހަވާލުކުރީ އެމްއެމްޕީއާރުސީ އޮފީހުގެ ތެރޭގައި ބައްސާމްއާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ރަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ބައްސާމް ބައިވެރިވެފައިވާ ކަމަށް ޝިފާޒު އޭސީސީއަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައި ވެއެވެ.
އޭސީސީއަށް ޒިޔަތު ދިން ބަޔާނުގައި ވެސް ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި ފައިސާއާ ހަވާލުވި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރޭގައި ބައްސާމް ހިމެނޭ ކަމަށާއި އަދި އޭސީސީގެ ތަހުގީގުގައި، އެޗްއެމްއެޗް ކުންފުނީގެ ޕޭމަންޓް ވައުޗާގައި، ފުށިދިއްގާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 350،000 އެމެރިކާ ޑޮލަރު ބަލައިގަތް ފަރާތުގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވަނީ ކީއްވެ ކަމެއް ނޭނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީސް ތެދުވެފައިވާއިރު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމަކީ ފީފާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ކަމަށާއި، އެ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން އެފްއޭއެމަށް އަތްބާނާނަމަ، ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ވެސް ފީފާ އިން ވަނީ އިންޒާރުދީފައެވެ.
ކިޔުންތެރިންގެ ހިޔާލު