އޮސްޓްރޭލިން އެއަލައިންސްގެ ބޯޓްތަކެއް: ދަތުރު އަނބުރާލަންޖެހުނީ ފާޚާނާ ފްލޭޝް ނުކެވޭތީ - ފޮޓޯ: ރުއިޓަރސް
އޮސްޓްރޭލިން އެއަލައިންސްގެ ބޯޓްތަކެއް: ދަތުރު އަނބުރާލަންޖެހުނީ ފާޚާނާ ފްލޭޝް ނުކެވޭތީ - ފޮޓޯ: ރުއިޓަރސް
އޮސްޓްރޭލިއަން އެއާރލައިންސްގެ ބޯޓެެއް، ދަތުރުމަތީގައި އެބޯޓުގެ ފާޚާނާތައް ބްލޮކްވުމާގުޅިގެން، އަނބުރާ އައިކޮޅަށް ހިނގައްޖެއެވެ.

އޮސްޓްރޭލިއާގެ ވެރިކަންކުރާ ވިއެނާއިން ނިއު ޔޯކަށް ކުރި މިދަތުރު ފުރިހަމަނުކޮށް އަނބުރާ އައިސްފައިވަނީ ފުރިތާ 2 ގަޑި އިރު ނުވަނީހެވެ. މިހެން ދިމާވީ ބޯޓުގައި ހުރި 8 ފާޚާނާއިން 5 ފާޚާނާ ބްލޮކް ވުމުންނެވެ.

ބޮއިންގ 777 މަރުކާގެ މިބޯޓު 300 މީހުންނާއެކު ފުރާފައިވަނީ ހޯމަ ދުވަހުއެވެ. އަދި ވިއެނާއިން ނިއުޔޯކަށްދާ މިދަތުރުގެ ދިގުމިނަކީ 8 ގަޑި އިރެވެ.

އޮސްޓްރޭލިއަން އެއަރލައިންސްގެ މެނޭޖުމެންޓާހަވާލާދީ ދަ ސްޓްރައިޓްސް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުރިފަހުން އަނބުރާއައުމަށް މި ފްލައިޓްގެ ކެޕްޓަންއާއި ކްރޫއިން ނިންމީ، މިހާ ގިނަ ވަގުތު ހޭދަވާ ދަތުރެއްގައި، ދިމާވި ޓެކްނިކަލް މައްސަލައަކުން އެބޯޓުގައި ހުރި ފާޚާނާތައް ފްލަޝް ނުވާތީއެވެ.



މިއީ މިފަދަ ކަމެއް އޮސްޓްރޭލިއަން އެއާލައިންސްގެ ފްލައިޓަކަށް ދިމާވި ފުރަތަމަ ފަހަރުކަމަށް އެއާލައިންއިން ބުނެއެވެ.

އެއެއާލައިންސް އިން މައުލޫމާތުދިންގޮތުގައި ބޯޓް އެނބުރި އައުމަށްފަހު، މިދަތުރުގެ ހުރިހާ ޕެސެންޖަރުންނަށް އެހެން ފްލައިޓްތަކަށް ބުކިންވެސް ދީފައިވާނެ ކަމަށާއި އަދި މައްސަލަ ދިމާވި ބޯޓްވެސް މިހާރު މަރާމާތުކުރެވި މައްސަލަ ހައްލުކުރެވި އަނބުރާ އޮޕަރޭޝަނަށް ގެނެސްފައިކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން