އެޕިސޯޑް 14
...............
އެވަރަށް ތެމުނުއިރުވެސް ސަރާފަކީރު އެއްވެސް ހިޔަލަކަށް ވަންނާކަށް ނޫޅުނެވެ.
ކުއްލިއަކަށް ވަރުގަދަ އައްޔެއް އޭނާގެ ގަޔާ ދިމާއަށް އަމާޒުވެއްޖެއެވެ. އެއަލި އިރުއިރުކޮޅާ ކައިރިވަމުން އަންނާތީ އެއީ ވިދުވަރުގެ އަލިނޫންކަމާއި، ކޮންމެވެސް އާޓިފިޝަލް އައްޔެއްކަން ގައިމުވުމާއެކު، ސަރާ ކުޑަކޮށް މަގުގެ އެއްފަރާތަށް ޖެހިލައިފިއެވެ. އޭރުވެސް ބޯކޮށް ވާރޭވެހެމުންދެއެވެ. މިހާރު ސަރާ ހިސާބަކަށް ހީކަރުވަންވެސް ފަށައިފިއެވެ. ނަމަވެސް އެއްވެސް ހިޔަލަކަށް ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
ކުއްލިއަކަށް ނިކަން ބާރު ސްޕީޑެއްގައި އައި ކާރެއް އޭނާއާ ދާދި ކައިރިއަށް މަޑުކޮށްލައިފިއެވެ. ސަރާ ކުޑަކޮށް މަޑުޖެހިލުމަށްފަހު ކާރާ ދިމާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ހިނގައިގެންފިއެވެ. މިހާރު އޭނާގެ ހިތުގެ ރުއިމުގެ އަސަރު ބޭރުފުށުންވެސް ފެންނަން ފަށައިފިއެވެ.
ކާރު އަނެއްކާވެސް އައިސް ސަރާއާ ކައިރިކޮށްލައިފިއެވެ. ޑްރައިވަރު ބިއްލޫރި ކަހާލުމަށްފަހު ސަރާއަށް ރަނގަޅަށް ބަލާލިއެވެ.
[މާވިއްސާރަ ރެއެއްގައި އެކަނިމާއެކަނި ވާރެއާ ތެމިފޯވެގެން ކޮންތާކަށްދާ ކުއްޖެއް. ތިދާ ތަނަކަށް ގެންގޮސްދީފާނަން މިއަށް އަރަންވީނު.] އެކާރު ދުއްވަން އިން މަޑުމައިތިރި މިޒާޖުގެ ޒުވާނާ ހުއްޓިހުރި ސަރާގެ މޫނަށް ބަލަން އިނދެފައި އެދުނެވެ.
[އަހަރެން ދާނެ މަން...މަންޒިލެއް ނެތް.] ސަރާ އަނބުރައިގަތީ އެހާ ހިސާބުންނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލެވުމާއެކު އޭނާ އަރިއަޅާލައިފިއެވެ. ކާރު ދުއްވަން އިން ޒުވާނާ ވަގުތުން ކާރުން ފައިބައިގެން ގޮސް ސަރާ އަތްދަނޑިމައްޗަށް ނަގައިގެން ކާރަށް އަރުވައިފިއެވެ. ކާރު ދުއްވާލުމާއެކު އެޒުވާނާ ގުޅީ އޭނާގެ ބޭބެއަށެވެ. އާދެ! އެޒުވާނާއަކީ ކާކުތޯއެވެ. އެއީ ޢިމްރާންގެ ބެސްޓް ފްރެންޑް ނިޔާޒްގެ ކޮއްކޮ ނިމާލެވެ.
އެޒުވާނާ އާދެ! ނިމާލް އެގުޅީ ނިޔާޒަށެވެ. ބޭބެ ގާތު އޭނާ ބުނީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައިސްދިނުމަށެވެ. ސަބަބެއްވެސް ނުބުނެ އޭނާ ފޯން ބޭއްވިއެވެ.
ނިޔާޒަށް ހޮސްޕިޓަލަށް އާދެވުނީ ސަރާ ހޭވެސް އެރިފަހުންނެވެ. އޭރު ބޭސްނަގަން ކިޔުޖެހިގެން ނިމާލް އިނެވެ. ހޮސްޕިޓަލަށް ވަދެގެން އައިއިރު ނިޔާޒަށް ކޮއްކޮ ފެނުމުން ކައިރިއަށް އަތުވެއްޖެއެވެ. ވީކަމެއް ނޭނގޭތީ އޭނާހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.
[ކިހިނެއްވީ؟ ކާކު ގޮވައިގެން އައިސް ތިއުޅެނީ؟] ހާސްވެފައި ހުރެމެ ނިޔާޒް އެއްސެވެ.
[އަހަންނަކަށްވެސް ނޭނގެ ކާކު ކަމެއް. އަހަރެން އޮފީސް ނިންމާފައި ގެއަށް އައި މަގުމަތިން ބޯވާރެޔާ ތެމި ފޯވެގެން ރޮމުން ރޮމުން މާނަލަ އަންހެން ކުއްޖަކުދާތީ، އަހަރެން ކާރު މަޑުކޮށްލާފައި ދާން ބޭނުންވާ ތަނަކަށް ގެންގޮސްދީފާނަމޭ ކަމަށް ބުނިތަނާ އެމަންޖެ ހަބަރު ހުސްވެގެން ވެއްޓިއްޖެ. މަގަތީކީ އަމަށަކު ބިރެއް ނޫން. އެހެންވެ ބޭބެއަށް ގުޅީވެސް. ބޭސް ނަގައިގެންދާން މަޑުކޮށްލާ....މިހާރު އޭނަ ހޭވެސް އަރައިފި. ނަންބަރު ޖެހުނީމާ ތެދުވެގެން ހިނގައިގަންނަމުން ނިމާލް ވާހަކަ ދެއްކިއެވެ.
[ބޭބެ ނިދާފަ އޮއްވައޭ ތިގުޅީވެސް. ބޭބެވެސް މިރޭ އޮފީސް ނިމުނީ ވަރަށް ދަންވިފަހުން.] ނިޔާޒް ބުންޏެވެ.
މާގިނައިރުތަކެއްނުވެ ބޭސް ނަގައިގެން ނިޔާޒް ގާތު އަންނާށޭ ބުނަމުން ނިމާލް އަވަސް ފަރުވާދޭ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން ނިޔާޒްވެސް ހިނގައިގެންފިއެވެ.
އަވަސް ފަރުވާދޭ ކޮޓަރިއަށް ވަދެވުމާއެކު، ނިޔާޒަށް ލިބުނީ ކުއްލި ޝޮކެކެވެ. އެންމެ ގާތަށް ހުރި އެނދުގައި އެއޮތީ ސަރާ ނޫން ދެވަނަ ކުއްޖެއް ނޫނެވެ.
[ސަރާ!؟] ނިޔާޒް ސަރާ އޮތް އެނދު ކައިރިއަށް ހުއްޓުނެވެ. ނިޔާޒް ފެނުމާއެކު ސަރާއަށް ރޮވުނެވެ.
[ބޭބެ ދަންނަ ކުއްޖެއްތަ؟] ނިމާލް އެއްސެވެ.
[ބޭބެ ދަންނަ ކުއްޖެއްހޭ؟ މީ ޢިމްރާންގެ ވައިފޭ، ސަރާ...މާދަންވަރު ނިކުމެ ތިއުޅެނީ ކީއްވެތަ؟] ނިމާލަށް ޖަވާބު ދިނުމަށްފަހު ނިޔާޒް ސަރާއާ ސުވާލުކުރިއެވެ.
އެއަށްފަހު ނިޔާޒު އުޅުނީ ޢިމްރާނަށް ގުޅާށެވެ. ނަމަވެސް ވަގުތުން ސަރާ އެކަން ހުއްޓުވިއެވެ.
[ޕްލީޒް...ނިޔާޒް...ޢިމްރާނަށް ނުގުޅާ. ލައްކަ ދުވަހު އެގޭގެ ހިތްދަތިކަމުގެ ތެރޭގައި އަހަންނަށް އުޅެވިއްޖެ. ނަމަވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި....] ސަރާއަށް އެއްވެސް އިޚްތިޔާރަކާނުލާ ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.
[މާނައަކީ ސަރާ ދެން އެގެއަށް ނުދާނަމޭތަ؟] ނިޔާޒް ފޯން ކަނޑާލިއެވެ.
[އާނ...އެގެއަކު އަހަންނަކަށް ނޫޅެވޭނެ...އަހަންނާ ކުރިމަތިވީ ކޮންކަހަލަ ތަޤްދީރެއް...ހިތާމައާއި ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެންގެ ދިރިއުޅުމުގައި ނެތް.] ސަރާގެ އަޑު ބެދިއްޖެއެވެ.
[އަހަރެމެންގެ ގެއަށް ހިނގާ...ރަށު އޮޑިއެއް މާދަމާވެސް ފުރަން އޮތިއްޔާ އަހަރެން ސަރާ ރަށަށް ފޮނުވައިދޭނަން.]
ނޫން...ނިޔާޒް އަހަރެން ރަށަކަށްދާކަށް ބޭނުމެއް ނޫން. އަހަރެންގެ ޙަޔާތަކީ މިހާ ހިތްދަތި ޙަޔާތެއްކަން މަންމައަށް އަންގާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ޙަޤީޤީ ޙާލަތު އެނގިއްޖިއްޔާ މަންމަ ވަރަށް ދެރަވާނެ. މަންމަގެ ހިތް ފަޅައިގެންވެސް ހިނގައިދާނެ.] ސަރާ ރަށަށްދާކަށްވެސް ބޭނުމެއް ނޫނެވެ.
ނަމަވެސް ދެން ޢިމްރާންގެ ގެއަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ޢިމްރާންދެކެ ކިތަންމެ ލޯބިވިޔަސް އެގޭތެރޭން ލިބޭ ހިތްދަތިކަމަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ.
[މައްސަލައެއް ނެތް. ސަރާ ބޭނުން ދުވަހެއް ވަންދެން މިކޮއްކޮމެންގޭގައި ސަރާއަށް ހުރެވޭނެ. ސަރާއަށް އެނގޭތަ، މިއީ އަހަރެންގެ ބައްޕަގެ މާލޭ ބަނޑުގައި ހުންނަ އަހަރެންގެ ކޮއްކޮ ނިމާލް. ދުވަހަކުވެސް އަދި ރަށަކަށް ނުދޭ. ކޮއްކޮ ސަރާ ބަލާތި. ބޭބެ ސަރާގެ ހުރިހާ ޚަރަދެއް ބަލަހައްޓާނަން. ކޮއްކޮވެސް ސަރާ އެ އެދޭ ފަދައިން ޢިމްރާން ގާތު ސަރާ ތިގޭގައި ހުރި ވާހަކަ ނުބުނާތި....] ނިޔާޒް ސަރާއާ ވާހަކަ ދައްކަމުން ނިމާލާވެސް ވާހަކަ ދެއްކިއެވެ.
[ބޭބޭ...މިހާ ރީތި އަންހެން ކުއްޖަކަށް ހިތްދަތިކަންދެނީ...ޢިމްރާންގެ ލޮލަށް މިރުސްފެން އެޅިފައި ހުރީތަ؟ ހަމަގައިމުވެސް މިވަރުގެ ރީތިކަމެއް މާލެއަކުން އަހަންނެއް ނުދެކެން.] ބޭއިޚްތިޔާރުގައި ނިމާލަށް ސަރާގެ ރީތި ކަމަށް ތަޢުރީފް ކުރެވުނެވެ.
[ފުރަތަމަ ސަރާ ފެނުނީމާ ޢިމްރާންވެސް ތިހެން ބުންޏޭ. އޭނަ ކަންތައް ކުރިގޮތުން ބޭބެވެސް މިހުންނަނީ ވަރަށް ހިތްހަމަނުޖެހިފައި.] ޑޮކްޓަރ ބުންޏެއްނު ގެއަށް ދިޔަޔަސް އެންމެ ރަނގަޅޭ، ހިނގާދަމާ.] ނިޔާޒް ހިނގައިގަތެވެ.
[އަޅެ ނިޔާޒް އަހަރެންގެ މަންމަ ގާތުވެސް ނުބުނައްޗޭ.] ތެދުވެގެން ގައިގައި ތަތްވެފައިވާ ހެދުން ކުޑަކޮށް ފޮޅާލަމުން ސަރާވެސް ހިނގައިގެންފިއެވެ.
ޢިމްރާނަށް ސަރާ ގޭގައި ނެތްކަން އެނގުނީ އެގޭގައި ގެންގުޅޭ ބޭރު އަންހެންމީހާ ހެނދުނު މަލަކާގެ ކޮޓަރިއަށް ގޮސް އެވާހަކަ ބުނީމައެވެ. އެރެއަކީ ޢިމްރާން މަލަކާގެ ގާތުގައި ނިދި ރެއެކެވެ. އޭގެކުރިން އޭނައަށް އެކަން ނޭނގުނީ އެހެންވެގެންނެވެ.
[ސަރާ ނެތޭ!؟ ކޮންތާކަށް ދިޔައީ. ރުމާލީ ގާތު ބުނެފަތަ ދިޔައީ؟] ޢިމްރާން ފުންމައިގެން ތެދުވިއެވެ.
[މެޑަމް ބުނަނީ އެކަމަކު ރޭގަ ވަރަށް ގިނައިން ބަދިގެފަރާތު ހުރެ ރުއި....އަދި ބުނި މިގޭގަ އުޅެން ކެތްނުވަނީއޭ....] ރުމާލީ ކިޔާދިނެވެ.
ޢިމްރާން ވަރަށް ދެރަވެ ކަންބޮޑުވެއްޖެއެވެ. ޙަޤީޤަތުގައި ޢިމްރާންގެ މަންމަ ސަރާއާ ދޭތެރޭ ކޮންމެފަދަ ގޮތަަށް ކަންތައްކުރި ކަމުގައިވިޔަސް، ޢިމްރާން ސަރާދެކެ އިންތިހާއަށް ލޯބިވެއެވެ.
ޢިމްރާން ފުރަތަމަވެސް ގުޅީ ނިޔާޒަށެވެ.
[ނިޔާޒް...މިއުޅެނީ ސަރާ ގެއްލިގެން...ނުދެކެންތަ ސަރާ.] ޢިމްރާން ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.
[ކީއްވެ ސަރާ ގެއްލެންވީ...ނުބުނެތަ ސަރާ ދިޔައީ؟] ނިޔާޒް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިހުރެ ބުންޏެވެ.
[އާނ. އެއްވެސް މީހެއްގެ ގާތަކު ނުބުނޭ. އެކަމަކު ރޭގައި ކޮންމެވެސް ވަރަކަށް ރުމާލީ ގާތު ރޮއިރޮއިފައި މިގޭގަ ނޫޅެވޭނެ ވާހަކަ ދެއްކި ކަމަށްވަނީ. އެކަމަކު ސަރާ އެގޮތަށް ކަންތައް ކުރީމާ އަހަންނަށް އަސަރު ކުރާނޭވަރު ސަރާއަށް ހަމަ ނޭނގެނީބާ؟] ޢިމްރާން ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
[އަހަންނެއްވެސް ނުދެކެން. ހަމަގައިމުވެސް މިރަށުގައި ހިއެއްނުވޭ ސަރާ ދަންނަ ބަޔަކުވެސް އުޅޭނެހެނެއް.] ނިޔާޒް ބުންޏެވެ. ޢިމްރާން ފޯން ބޭއްވިއެވެ. ނިޔާޒް ގާތު ވަރަށް އަވަހަށް އެގެއަށް އައިސްދިނުމަށް ބުނެފައެވެ.
ނިޔާޒްގެ ކޮއްކޮ ނިމާލް ހީވަނީ މާކުރިއްސުރެންވެސް ސަރާ ދަންނަ ވަރަށް ގާތް މީހެއް ހެންނެވެ. އޭނާ ސަރާއަށް ވަރަށް ހެވެވެ. ސަރާ އެގޭގައި ހުރީތީ އެދުވަހު އޭނާ އޮފީހަކަށްވެސް ނުނިކުމެއެވެ. ސަރާ ލާނޭ ހެދުމެއްވެސް އޭނާ ގަނެގެން ގެނެސްދިނެވެ.
[އަހަންނަކީ އުފަންވުމުގައިވެސް ނިކަމެއްޗެއް. އެއީ ފިލައިގެންދާނޭ ލައްގަނޑެއް ނޫން. އެއްވެސް މީހަކު އަހަންނާ ދޭތެރޭ ވިސްނުން ރަނގަޅެއް ނޫން. އަހަރެން އެންމެ ލޯބިވި މީހާވެސް އަހަރެންގެ އިޙްސާސްތަކާ ދޭތެރޭ ވިސްނިހެނެއް ހިއެއްނުވޭ....] ރޮއިރޮއިފައި ސަރާ ވާހަކަ ދެއްކީ އޭނާގެ ކުރިމަތީގައި ހުރި ނިމާލާއެވެ.
[ތިހެން ނުބުނޭ ސަރާ...ސަރާއަށް ޤުދްރަތުން ދެއްވާފައި ތިޔަވާ ރީތި ކަމަކީ ނިކަމެތިކަން ޙިއްޞާކުރަންޖެހޭ ވަރަށްވުރެން މާފުރިހަމަ ސިފަތަކެއް.] ސީދާ ސަރާގެ ލޮލަށް ބަލަން ހުރެފައި ނިމާލް ސަރާގެ ރީތިކަމަށް ތަޢުރީފު ކުރިއެވެ. ނަމަވެސް އެއީކީ ސަރާއަށް އާއަޑެއް ނޫނެވެ. އަލަށް ސަރާ ފެންނަ ކޮންމެ މީހަކުވެސް ސަރާގެ ރީތި ސިފައަށް ތަޢުރީފް ކުރެއެވެ. ރަށުގައި އުޅުނުއިރު ލާނެތްޒާތުގެ ބައެއް ފިރިހެން ކުދިން ޅެންބަހުރުވައިންވެސް ސަރާގެ ރީތިކަން ސިފަކޮށް، ސަރާގެ ކުރިމަތީގައި ތަޢްރީފް ކުރެއެވެ.
އެއީ ހަމަ ޙަޤީޤަތެވެ. ސަރާއަކީ މުޅި ރާއްޖެއިންވެސް ހޮވާލެވޭނޭފަދަ ރީތި ސިފަތަކެއް ލިބިފައިވާ މަޑުމައިތިރި އަންހެން ކުއްޖެކެވެ. އޭނާގެ އެހަނދެއްފަދަ މޫނު، މޮޅު ކުރެހުންތެރިއެއްގެ ޚިޔާލީ ރާނީއެކޭ އެއްފަދައެވެ.
ޙަޤީޤަތުގައި މަލަކާ ސަރާއަށް ޙަސަދަވެރިވަނީވެސް ސަރާ މާބޮޑަށް ރީތިވީމައެވެ. ސަރާ ދެކެ އޭނާ ކިތަންމެ ރުޅިއައި ނަމަވެސް، ސަރާގެ ރީތިކަން އޭނާ ގަބޫލުކުރެއެވެ.
އެއްދުވަހަކު އޭނާ ސަރާއާ ދިމާއަށް ބުނެފައިވެއެވެ. ކަލޭގެ ރީތިކަމަކީ ކަލޭގެ ބަދުނަޞީބެވެ. ސަރާދެކެ އެހާމެ ރުޅިއަންނަ އެކަކު ކަމުގައިވާ އޭނާގެ މައިދައިތަވެސް އޭނާގެ ރީތިކަމަށް ތަޢުރީފް ކުރެއެވެ.
[ރީތި ސިފައަކީ ބަދުނަޞީބު. ހިތަށްއަރާ ޢިމްރާންގެ ލޮލުގައިވެސް އަހަރެން އަޅައިގަތީ އޭނައަށް އަހަރެންގެ ސިފަ ކަމުދިޔައީމައޭ...އެކަމަކު އެކަންވެސްވީ އަހަރެންގެ ބަދުނަޞީބަށް.] ސަރާ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ އަތުގެ ނުފުށުން ފޮހެލިއެވެ.
[ނުވާނެ ތިހެނެއް. ރާއްޖޭގައި ތިބި ހުރިހާ ފިރިހެނުން ސަރާއާ ދެކޮޅަށް ނުކުތަސް އަހަރެން ސަރާއަށް އެހީވާން ތައްޔާރު. އަހަރެން ސަރާގެ ޙަޔާތް ބަދަލުކުރާނަން. ސަރާ...ދިރިއުޅުމާއިގެން ކުރިއަށް ދެވޭނީ މާޒީ ހަނދާން ނައްތާލާފައި ކުރިމަގާ ދޭތެރޭ ވިސްނާ މީހުންނަށް.] މިބުނީ ފަސްއެނބުރި ނުބަލައި ކުރިއަށްދާށޭ...ސަރާ ބޭނުންވާ އުފާވެރި މަންޒިލް ދާދި ގާތުގައި އެބައޮތޭ ސަރާގެ އިންތިޒާރުގައި.] ނިމާލް ބުންޏެވެ.
ޢިމްރާންގެ ސިކުނޑި މިހާރު ސުމަކަށް ހިނގައްޖެއެވެ. ސަރާ ދާނޭހެން ހީވާ ހުރިހާ ތަނަކަށްވެސް މިހާރު އޭނައަށް ގުޅިއްޖެއެވެ.
ނަމަވެސް ސަރާގެ އެއްވެސް ޚަބަރެއް ނުވިއެވެ. މިހާރު ނިޔާޒު ގާތު ބުނެގެން އެރަށަށްވެސް ގުޅުވައިފިއެވެ. ނިޔާޒު ބުނީ އެރަށުގައިވެސް ސަރާ ނޫޅޭ ކަމަށެވެ. ޢިމްރާން ބޮޑަށް މާޔޫސްވީ އެހެންވެގެނެވެ.
[ރަށު ކުއްޖަކު ބުނި ސަރާ ކޮންމެވެސް ފިހާރައަކުން ނުކުންނަނިކޮށް ދުށީމޭ.] ޢިމްރާނަށް ސަރާ މާލޭގައި ހެޔޮޙާލުގައި އުޅޭކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ނިޔާޒް ވާހަކައެއް ހަދާލިއެވެ.
[އަޅެ ސަރާ ކީއްވެތަ އަހަރެން ދޫކޮށްފަ ދިޔައީ...ސަރާޔަށް އަހަރެން ސަރާދެކެ ލޯބިވާ މިންވަރު އިޙްސާސް ނުކުރެވެނީތަ؟] ޙަޤީޤަތުގައިވެސް ޢިމްރާނަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޚުދު އޭނައަށްވެސް އޭނާގެ ހިތުގައި ސަރާއަށްޓަކައި އުފެދިފައިވާ ލޯބި ވަޒަން ކުރެވުނީ ސަރާ އޭނަ ދޫކޮށްފައި ދިޔައީމައެވެ. މިހާރު އޭނައަށް ރަނގަޅަށް އެއްކަމެއްވެސް ނުކުރެވެއެވެ.
[ދަރިފުޅާ މިއަދު އޮފީހަށްވެސް ނުދަނީތަ؟ މަންމަ ބުނެފީމެއް ނޫންތަ އޭނަގެ މަތިން ހަނދާން ނައްތާލާށޭ. އޭނަ ދަރިފުޅު ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ ދަރިފުޅަށް ނޭނގި ފިލައިގެންދާނެތަ؟] ފަހީމާ އައިސް ޢިމްރާންގެ ބޮލުގައި ފިރުމާލިއެވެ.
[މަންމާ މިރަށުގައި ސަރާގެ އެއްވެސް ރައްޓެއްސަކުވެސް ނުހުންނާނެ.] ޢިމްރާން ފެންކަޅިވިއެވެ.
[ދާނޭ ތަނެއް ނެތްނަމަ އޭނަ ނިކުމެގެނެއް ނުދާނެ. އޭނަގެ މަންމަހެން...އޭނަވެސް.....] ފަހީމާގެ ޖުމްލަ ފުރިހަމަނުވީ ޢިމްރާން މަންމަގެ އަނގަމަތީގައި އަތް އެޅީމައެވެ.
[ތިޔަކަހަލަ ތުހުމަތެއް ކުރަން ހެޔޮވެސްނުވާނެ. ސަރާއަކީ މާތް އަޚްލާޤެއްގެ ތެދުވެރި އަންހެން ކުއްޖެއް.] ޢިމްރާން ސަރާ ދިފާޢު ކުރިއެވެ.
[ތެދުވެރި އަންހެނެއްނަމަ ފިރިމީހާއަށް ނޭނގި ފިލައިގެނެއް ނުދާނެ. އޭނަގެ މަޤްޞަދަކީ ރަށުގައި ހުރި ފަން ޖިފުޓިގަނޑު ރަނގަޅު ފެންވަރަކަށް ހަދާލުންވިއްޔަ.....އެކަންވީމަ އެފިލީނު....ދަރިފުޅުގެ ގާތަކަށް އޭނައެއް ދެނެއް ނާންނާނެ....މަލަކާ ކިހާ ރަނގަޅު....] ފަހީމާ މަސައްކަތް ކުރަމުންދަނީ ޢިމްރާންގެ ބޮލަށް ވަންނާށެވެ.
[މަންމާ ސަރާއަކީ މަންމަ ތިޔަ ސިފަކުރާ ކަހަލަ ކުއްޖެއް ނޫން....އެއީ އަޚްލާޤު ރަނގަޅު ގެވެހި ތަރުބިއްޔަތެއް ލިބިފައިވާ އަންހެނެއް.] ދެންވެސް ޢިމްރާން ސަރާ ދިފާޢު ކުރިއެވެ.
[މިބުނަނީނު އެއީ ދަރިފުޅު ތި ސިފަކުރާވަރުގެ ރަނގަޅު އަންހެނެއްނަމަ ފިރިމީހާއަށް ފިލައިގެން ނުދާނޭ...ދަރިފުޅަށް ދުވަހަކުވެސް މަންމަގެ ބަހެއް ގަބޫލެއް ނުކުރެވޭނެ. އެއަންހެނަކާޖެހި ދަރިފުޅު ތިޔަހުރީ މުޅިން ހަލާކުވެފަ....ޔަޤީނޭ އޭނަ ސިހުރު ހަދައިގެން އުޅެނީކަން....] ފަހީމާ ރުޅިއަތުވެއްޖެއެވެ. އޭގެފަހުން ހިނދުކޮޅަކަށްވެސް ޢިމްރާންގެ ކުރިމަތީގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ހިނގައިގެންފިއެވެ.
ދުވަސްތަކަކަށްފަހު ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެޢާއިލާގެ ޑޮކްޓަރ ޝަހީދު މާލެއައީ ސަރާ އެގެއިން ނިކުމެގެންދިޔަ ދުވަހުއެވެ. އޭނާ މަލަކާއާ ބައްދަލުކުރީ ޖެހިގެން އައި ދުވަހުއެވެ.
[އަހަރެން މިހުންނަނީ ޝަހީދު ކުއްލިއަކަށް ޚަބަރެއްވެސްކޮށްނުލާ ފުރައިގެން ދިޔައީމާ ގޮތްހުސްވެފައި. މިދިޔަ މަހު ސަރާ ގަޔަށް ޖަހަންޖެހޭ އިންޖެކްޝަންވެސް ނުޖެހުނީ. އެދުވަސްވަރު އަހަރެން ވަރަށް މަސއްކަތް ކުރިން ޢިމްރާން ނިދަން ސަރާގެ ގާތަށް ނުފޮނުވާވޭތޯ.] ޑޮކްޓަރ ޝަހީދު ފެނުމާއެކު ހިތް ނުތަނަވަސްވެފައި ހުރި މަލަކާ ވާހަކަ ދެއްކިއެވެ.
[އޭނަ އެކޮޓަރިއަށް ނިދަން ނުދަންޏާ ބިރެއްނެތް. މިއަދު ނޫނީ މިރޭ އަހަރެން އިންޖެކްޝަން ޖަހާނަން.] ޝަހީދު ބުންޏެވެ.
[އަހަރެން ނުފޮނުވަން ކިތަންމެ މަސައްކަތް ކުރިޔަސް ދެތިން ހަތަރުރޭ އޭނަ އެކޮޓަރީގައި ނިދިއޭ. އެކަމާ އަހަރެން މިހުންނަނީ ހަދާނޭގޮތް ހުސްވެފާ.] މާޔޫސީ ގޮތަކަށް މަލަކާ ބުންޏެވެ.
[ފިސާރި ތެދެއް! މަލަކާގެ ނަޞީބު ރަނގަޅިއްޔާ އެއިން ރެއަކު އެދެމީހުންގެ މެދުގައި ގުޅުމެއް ހިނގާފައިނުވާނެ. ބަލަން ތިބެމާ....] ޑޮކްޓަރ ޝަހީދު ދެއަތަކަށް ބޯހޫރާލިއެވެ. އެއަށްފަހު މަލަކާ މިހާރު ސަރާ އެގެއިން ނުކުމެގެން ހިނގައްޖެކަމާއި، ސަރާ ހޯދަން ޢިމްރާން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ޝަހީދު ގާތު ބުންޏެވެ.
[އެމަންޖެއަށް މިގޭގަ ކެތްނުކުރެވުނީތާދޯ. އެކަމަކު އެއީ ވަރަށް ރީތި އަންހެން ކުއްޖެއް...ހިތަށްއަރާ ޢިމްރާނަށްވުރެން ކުރިން އަހަންނަށް ފެނުނުނަމައޭ.] ލާނެތް މިޒާޖުގެ ޑޮކްޓަރު ސަމާސާ ކޮށްލިއެވެ. އެއީ ސަރާ ފެންނަ ކޮންމެ ފިރިހެނަކަށްވެސް ވާނޭގޮތެވެ. އޭނާގެ ރީތިކަމަށް ތަޢުރީފުކޮށްނުލާ ފަރުޖައްސައެއް ނުލެވޭނެއެވެ.
[އިރާދަކުރެއްވިއްޔާ ގޯހެއްނުވާނެ. ކެތްކޮށްލައިގެން ތިބޭނީ.] ޑޮކްޓަރ ޝަހީދު މިހެން ބުނެލާފައި ދަނީއޭ ބުނެފައި އެގެއިން ނިކުމެއްޖެއެވެ.
އިންޑިޔާއަށް ގޮސް ފަރުވާކުރާތާ މާގިނަ ދުވަސްތަކެއްނުވެ ރައްޒާޤަށް އޭނަގެ ކުރީގެ ޙާލަތަށް އެނބުރި އާދެވުނެވެ.
މަލަކާގެ ބޭވަފާތެރިކަމުގެ ހިތިކަން ފިލުވުމަށްޓަކައި އޭނާގެ ހިތަށް އިތުރު ބައިވެރިޔަކު ޚިޔާރުކުރީ ބޭސްފަރުވާއަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހުއެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު