ސައި: ދިވެހިންގެ ކެއުމުގައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާންވީ އެއް ބުއިން
ސައި: ދިވެހިންގެ ކެއުމުގައި ބޭނުންކުރަމުން އަންނަ އެންމެ ޒަމާންވީ އެއް ބުއިން
ސަޔަކީ ދިވެހިންގެ އާއްމު ދިރިއުޅުމުގައި ކެއުމުގައި ބޭނުންކުރާ އެންމެ ޒަމާންވީ އެއްބުއިމެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ އަދި އެއާއި ނުލައި ކެއުން ފުރިހަމަ ނުވާ ބާވަތެކެވެ.

ނަމަވެސް ބައެއް ބާވަތްތަކާއިއެކު ސައި ބުއިމުން ނުވަތަ ސައި ބުއިމަށްފަހު ބައެއް ބާވަތްތައް ބޭނުން ކުރުމަކީ ހަށިގަނޑަށް ގެއްލުންވާ ކަމެކެވެ.

1. ލުނބޯ ފަނި:

ސައި ބުއިމަށްފަހު ވަގުތުން ލުނބޫފަނި ނުބޯށެވެ. އެގޮތަށް ބޭނުން ކުރުމުން ގޭސްޓްރިކްވެ ބަނޑު ފުއްޕާގޮތް މެދުވެރިވެއެވެ. ސަބަބކީ، ސައި ހަށިގަނޑުގައި ހަޖަމު ނުވެ ހުއްޓައި ލުނބޯ ހުތު ފަނި ބުއިމުން ސަޔާއި ލުނބޯހުތް އެއްވުމުން ބަނޑުގައި އެސިޑިޓީ އުފެދޭތީއެވެ.

2. މޭވާ:

ހެނދުނު ގަޑީގައި ސައި ބުއިމަށްފަހު މޭވާގެ ބާވަތްތައް ކާން ބޭނުންވާނަމަ އެކަށީގެންވާ ވަރަށް ވަގުތު ހުސްކޮށްފައި ނޫނީ މޭވާ ނުކާށެވެ. ބައެއް ކަހަލަ މޭވާތަކުގައި އެސިޑިޓީ ނުވަތަ ގޭސްޓްރިކްވުމަށް ހަށިގަނޑުގައި އުފެދޭ މާއްދާ ގިނައެވެ. އެހެންކަމުން އެސިޑިކް މޭވާތައް ކާނަމަ، ނުވަތަ ކޮންމެ މޭވާއެއްވެސް ކާނަމަ އެންމެ ރަނގަޅު ގޮތަކީ 30 މިނެޓުގެ ވަގުތު ސައި ބުއިމާއިދެމެދު ބެހެއްޓުމެވެ.

3. ރީނދޫ:

ސައި ބުއިމަށްފަހު ރީނދޫ ހިމެނޭ ބާވަތްތައް ބޭނުން ކުރުމަކީ ހަށިގަނޑަށް ގެއްލުންވާކަމެކެވެ. ރީނދުލުގައި ހިމެނޭ ކާކަމިން އާއި ޓާނިންސް މާއްދާގެ ސަބަބުން ހޮޑުލަވާ ގޮތްވެ ބަނޑު ސަކަރަތްވެ ގިނައިން ފާހާނާއަށް ދެވޭގޮތްވެއެވެ.

4. ކާޑް/ޔޯގަޓް:

ސައި ބުއިމާއި ޔޯގަޓް ކެއުމައި ދެމެދު ވީހވެސް ގިނަ ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ. ސައި ބުއިމުގެ ސަބަބުން ސައިގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތައް ޔޯގަޓްގައި ހުންނަ އަޔަން އާއި އެހެން މާއްދާތަކާއި ބައިންޑްވެ ކެފެއިންއާއި އެކު ހަށިގަނޑުން ބޭރުކޮށްލައެވެ.



5. އަޔަން ހިމެނޭ ތަރުކަރީ:

ސައިގައި އެކުލެވޭ މިދެންނެވި އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑަށް ފައިދާ ކުރާ އަޔަން ހިމެނޭ ފަތްޕިލާވެލީގެ ބާވަތްތަކާއި ތަރުކާރީ އެކީގައި ކެއުމުގައި ބޭނުން ކުރުމުން ހަށިގަނޑަށް މިބާވަތްތަކުން ބޭނުންވާ ފައިދާ ލިއްބައި ނުދެއެވެ.

6. ފުށުން ތައްޔާރުކާ ތެލުލި ބާވަތްތައް:

ފުށުން ތައްޔާރު ކުރާ އެކިވައްތަރުގެ ބާވަތްތަކަކީ ސަޔާއިއެކު ކެއުން މީރު ކާނާތަކެކެވެ. އެހެންނަމަވެސް، އަބަދުހެން މިގޮތަށް ބޭނުންކުރުމުން ބަނޑުގައި ހުންނަ މައިކްރޯ ބަޔޮމް ނުވަތަ ރަނގަޅު ބެކްޓީރިއާގެ ފަށަލަ ހަލާކުވެގެން ދެއެވެ.

7. ފިނި އެއްޗެހި:

ހޫނު ސައި ބުއިމަށްފަހު ފިނި ބުއިންތައް ބޭނުން ކުރުމަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ހުންނަ ގުނަވަންތަކުގެ ބާރު ކެނޑި ހަލާކުވުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ހޫނު ސަޔާއި ފިނި ބުއިން ކައިކައިރީގައި ބޭނުން ކޮށްގެން ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ފިރިދޯސް

01-May-2023

ދެން މި ސައިންސިްޓުން އާ ހެދި ނެތެއްނު ކަޅު ސަޔާ އެކޮށް އެއްކަމެއް ވެސް ކުރެވޭކަ.



ޓްރެންޑިން