ފެންބޯން ބޭނުންކުރާ ޒިންކްފުޅި: ޞިއްޙީ އެތައް ފައިދާއެއް ލިބިދޭ
ފެންބޯން ބޭނުންކުރާ ޒިންކްފުޅި: ޞިއްޙީ އެތައް ފައިދާއެއް ލިބިދޭ
ކެއިންބުއިމަށް ގެންގުޅޭތަކެތި އުފައްދާ ތަކެއްޗަކީ އެތަކެތި ހޫނުވުމުން ނުވަތަ ގިނައިރުވުމުން އެތަކެތީގައި ހުންނަ ކޮމްޕޯނެންޓްސްގެ ކުދިކުދި ޕާޓިކަލްތައް ކާތަކެތީގެ ނުވަތަ ބޯފެނުގެ ތެރެއަށް ޖަމާވާ ތަކެއްޗެވެ. އެހެންކަމުން ފެންބުއިމަށް ގެންގުޅޭ ޕްލާސްޓިކްފުޅީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ކުރަންޖެހެއެވެ.

ބިއްލޫރިފުޅިއަކީ ފެން ބުއިމަށް އެންމެ ރައްކާތެރި އެއްޗަކަށްވީނަމަވެސް މިއީ ފަސޭހައިން ތަޅައިގެންދާ އެއްޗަކަށްބުމުން، މިއީ ހިފައިގެންގުޅެން އެހާފަސޭ އެއްޗަކަށް ނުވެއެވެ. އެހެންކަމުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅިއަށް ވުރެންވެސް ހުރިހާ ގޮތަކުން ރައްކާތެރީ ޒިންކު ފުޅި ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

ޒިންކަކީ ވަރަށް ކުރިއްސުރެ އެކިކަންކޮޅުތަކުގައި ފެން ބުއިމަށް ގެންގުޅޭ ތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތެކެވެ. އަދި މިއީ އެބާވަތުން ތައްޔާރުކުރާ ފުޅީގައި ހުންނަ ފެންނުގައި ހިމެނޭ ބެކްޓީރިއާއާއި ފަންގަސްފަދަ ލޮލަށް ނުފެންނަ ޖަރާސީމުތައް މަރާލައި ނައްތާލާވެސް މާއްދާއެކެވެ. އެހެންކަމުން މިފަދަ ފުޅީގައި ރައްކާކުރެވޭ ފެން ހުންނާނީ ގުދުރަތީގޮތުން 'ޕިއުރިފައި' ނުވަތަ ސާފުވެފައެވެ.

ޒިންކު ފުޅިއަކީ ފެނުގައި ހުންނަ ޖަރާސީމުތައް މަރާލާ އެއްޗަކަށް ވުމުގެ އިތުރުން ޒިންކު ފުޅިން ފެން ބޭނުން ކުރުމުން ޞިއްޙީގޮތުން ނުހަނު ގިނަގުނަ ފައިދާ ލިއްބައިދެއެވެ. މިއާޓިކަލްގައި ބަލާލާފައިވާނީ ޒިންކު ފެނުން ފެން ބުއިމުން ލިއްބައިދޭ ފައިދާތަކަށެވެ.

1. ހަޖަމުވުމަށް ފަސޭހަވުން:

ޒިންކުގައި ހިމެނޭ އެންޓި ބެކްޓީރިއާއާއި އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ގޯސް ބެކްޓީރިއާ ނައްތާލައި އިންފްލެމޭޝަން ކުޑަކުރުމަށް މަސައްކަތްކޮށްދެއެވެ. އެހެންކަމުން، ޒިންކު ފުޅި ބޭނުންކުރުމުން ބަނޑުގައި ހެދޭ އިންފެކްޝަންއާއި، ހަޖަމުކުރުމަށް އުނދަގޫވުމުގެ މައްސަލާއިގެ އިތުރުން ބަނޑުގައި އަލްސާ އުފެދުމުން ރައްކާތެރިކޮށްދެއެވެ.އަދި ބަނޑުގައި ހުންނަ ބެކްޓީރިއާއާއި ބޭނުންނުވާ މާއްދާތައް ސާފުކޮށްދިނުމުގެ ސަބަބުން ކިޑްނީއާއި ފުރަމޭގެ މަސައްކަތްތައްވެސް ރެގިއުލޭޓުވެގެންދެއެވެ.

2. ބަރުދަން ލުއިކޮށްދިނުމަށް އެހީވެދިނުން:

ބަނޑުގައި ހުންނަ ކާތަކެތި ބްރޭކް ޑައުން ނުވަތަ ފުޑުކުރުމުގެ މަރުހަލާގެ ތެރެއިން ފެޓް މިގޮތަށް ބްރޭކްޑައުން ކުރުމަށްވެސް ޒިންކުގެ ސަބަބުން އެހީތެރިވެދެއެވެ. އެހެންކަމުން ބަރުދަން ލުއިކޮށްލަން ބޭނުންނަމަ ފެންބުއިމަށް ޒިންކު ފުޅިއާއި ތަށި ޚިޔާރުކުރާށެވެ.

3. ހަލާކުވާތަންތަން އަވަހަށް ރަނގަޅުވުން:

ޒިންކުގައި ހިމެނޭ އެންޓި އިންފްލޭޓަރީ، އެންޓި ބެކްޓީރިއަލް އަދި އެންޓި ވައިރަލް މާއްދާތަކުގެ ސަބަބުން ހަލާކުވާތަންތަން އަވަހަށް ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ ސަބަބުންވެސް އާސެލްތައް އުފެދުމަށް މަގުފަހިވެ ހަލާކުވާ ތަންތަން ރަނގަޅުވުމަށް އެހީތެރިވެދެއެވެ.

4. އާތުރައިޓިސް ބައްޔަށް ލުއިލިބުން:

ޒިންކުގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކަކީ ހުޅުތަކުގައި ތަދުވުމާއި އާތުރައިޓިސް ހުންނަ މީހުންނަށް މުހިންމު މާއްދާއެކެވެ. މީގެ ސަބަބުން ރިއުމޮޓޮއިޑް އާތުރައިޓިސް އާއި އަދި މިބަލީގެ ސަބަބުން ހުޅުތަކުގައި ރިއްސުންފަދަ ކަންކަމަށް ލުއި ލިބިގެންދެއެވެ. އަދި ކަށިތައް ވަރުގަދަކޮށްދޭ މާއްދާތައް ޒިންކުގައި އެކުލެވިފައިވުމުން މިއީ އާތުރައިޓިސް ހުންނަ މީހުން ފެންބުއިމަށް އެންމެ ފައިދާހުރި ގޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން