ނޫފަހަގައިގެ ސަބަބުން ޖީމެއިލް ޔޫޒާއިންނަށްވެސް ރައްކާތެރި މެއިލްކުރުމުގެ މާހައުލެއް ޤާއިމްކުރެވިގެންދާނެ
ނޫފަހަގައިގެ ސަބަބުން ޖީމެއިލް ޔޫޒާއިންނަށްވެސް ރައްކާތެރި މެއިލްކުރުމުގެ މާހައުލެއް ޤާއިމްކުރެވިގެންދާނެ
ފޭސްބުކާއި ޓްވިޓާއަށްފަހު މިހާރު ގޫގުލްވެސް ޖީމެއެލްގައި ޖެނުއިން އެކައުންޓުތައް ފާހަގަކޮށްދޭ ނޫފާހަގަ ލުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ގޫގުލްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ވެރިފައިޑް ބިޒްނަސް އެކައުންޓްތަކުގައި ނޫފާހަގަ ލަމުން ގެންދާކަމަށެވެ. އަދި އެހެން ޓެކް ކުންފުނިތަކާއި ޚިލާފަށް ގޫގުލްގެ ނޫފާހަގަ ގަންނަން ނުޖެހޭނެ ކަމަށްވެސް އެޓްވީޓްގައިވެއެވެ. އަދި ކުންފުނިތަކުން ފޮނުވާ އީމެއިލްއަކީ ޖެނުއިން އީމެއިލްކަން ދެނެގަތުމަށް ނޫފާހަގަ ހުރިތޯ ބެލުމަށްވެސް އެކުންފުނީގެ ޓްވީޓްގައި ބުނެފައިވެއެވެ.

ގޫގުލްއިން ނޫފާހަގަ މިހާރު ދެމުންގެންދަނީ ބްރޭންޑްތަކާއި ކުންފުނި އެކައުންޓްތަކަށެވެ. ފާހަގަ ހޯދުމަށް ކޮންމެ ބްރޭންޑަކުންވެސް އެބްރޭންޑެއްގެ ލޯގޯ ބީ.އައި. އެމް.އައި (ބްރޭންޑް އިންޑިކޭޓާރސް ފޯ މެސެޖު އައިޑެންޓިފިކޭޝަން) ޕްލެޓްފޯމްއަށް ގޮސް ނޫފާހަގަ އެކައުންޓަށް އެޑްކުރުމުން ފާހަގަ ލިބިގެންދާނެއެވެ.

2021 ވަނަ އަހަރުގައި ގޫގުލްއިންވަނީ މިދެންނެވި ބީ.އައި.އެމް.އައި ޕްލެޓްފޯމް ތަޢާރަފްކޮށް ކުންފުނިތަކަށް އެބައެއްގެ ލޯގޯ ވެރިފައިކޮށް އެ އެކައުޓްތަކުގައި ލޯގޯ ފެންނާނެ 'އެވަޓަރ' ނުވަތަ އައިކަންގައި ޑިސްޕްލޭ ކުރެވޭ ފޮޓޯ ހިމަނައިދީފައިކަމަށް ގޫގުލްއިން ނެރެފައިވާ ބްލޮގް ޕޯސްޓެއްގައިވެއެވެ.

2021 ވަނަ އަހަރު ނެރުނު މި ފީޗަރގެ މައްޗަށް މިހާރު މިވަނީ ޗެކްމާރކް ނުވަތަ ނޫފާހަގަ އެކައުންޓުތަކުގެ ގޫގުލް މެއިލް ނަމުގެ ކައިރިއަށް އެޑްކުރެވޭނެ ފީޗަރއެއް ތަޢާރަފްކޮށްފައި ކަމަށްވެސް އެ ބޮލޮގް ޕޯސްޓުގައި ލިޔެފައިވެއެވެ. ގޫގުލް އިން ބުނާގޮތުގައި ގެނެވުނު މިބަދަލުގެ ސަބަބުން ސްޕޭމް މެސެޖުތަކާއި ޖެނުއިން ކުންފުނިތަކުން ފޮނުވާ މެސެޖުތައް ދެނެގަނެ ވަކިކުރަން ބޮޑު އެހީއަކަށް ވާނެކަމުގައެވެ. އަދި މިއީ ކުންފުނިތަކުގެ އިތުބާރު ނެގެހެއްޓުމަށާއި ކުންފުނިތަކުގެ ނަމުގައި ގޯސްއެކައުންޓްތައް ހަދައި މީހުންނަށް އޮޅުވާލުމުން ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތަކުންވެސް ރައްކާތެރިކޮށްދޭނެ ކަމެއްކަމުގައި ގޫގުލްއިން ބުނެއެވެ.

ގޫގުލްއިން އިތުރަށް ބުނެފައިވަނީ ނޫފާހަގައިގެ ސަބަބުން ޖީމެއިލްއަށް މީހުންނަށް އޮންނަ އިތުބާރުވެސް ނެގެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށާއި އޭގެ ސަބަބުން ހުރިހާ ޖީމެއިލް ޔޫޒާއިންނަށްވެސް ރައްކާތެރި މެއިލްކުރުމުގެ މާހައުލެއް ޤާއިމްވެ އެންމެނަށްވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން