ލޯކައިރި ކަޅުވުންމުން ސަލާމަތް ކުރުމަށް ރޭގަނޑުގެ ހަމަ ނިދި ލިބުން ވަރަށް މުޙިއްމު
ލޯކައިރި ކަޅުވުންމުން ސަލާމަތް ކުރުމަށް ރޭގަނޑުގެ ހަމަ ނިދި ލިބުން ވަރަށް މުޙިއްމު
ޑާކް ސާކަލްސް ނުވަތަ ލޮލޮގެ ވަށައިގެން ކަޅުވެފައި ހުރުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އާއްމުކޮށް މޫނު އަލިކޮށް ހުންނަ މީހުންގެވެސް ހަމައެކަނި ލޯވަށައިގެން މިގޮތަށް ކަޅުވެފައި ހުރެއެވެ.

ލޯކައިރި ވަށައިގެން ކަޅުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ މީހާ މާބޮޑަށް ސްޓްރެސްވުމެވެ. ސްޓްރެސްވުމުގެ ސަބަބުން ބޭނުންވާ ވަރަށް ނިދި ނުލިބުން ލޮލަށް ލިބެންވާ އަރާމް ލިއްބައިނުދެއެވެ. ކެވޭ ބެހޭއް ނުވަތަ ކާއެއްޗެއްގެ ސަބަބުން މީހާ އެލާޖިކް ވުމުންވެސް ލޯކައިރި ކަޅުވާން ދިމާވެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ޖެނެޓިކަލީ ނުވަތަ އާއިލާގެތެރޭގައި މިގޮތަށް ދިމާވާ މީހުން ތިބެއްޖެނަމަ މިކަން މީ ވާރުތަކުރާ ބައްޔެކެވެ. މިލިޔުމުގައި މިވަނީ މިކަން ހައްލުކުރުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކެވެ.

1. އަލުވި ދިޔަ:

އަލުވި ގާނާފައި އެއިން ދިޔަ ނަގާށެވެ. އަދި މިދިޔަ ލޮލުގެ ވަށައިގެން ހާކާށެވެ. އަލުވީގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް، ވިޓަމިންސް އަދި މިނަރަލް އެކުލެވިގެންވުމުން ލޮލުގެ ވަށައިގެންވާ ނާޒުކު ހަމަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިއްބައިދެއެވެ.އަދި އޭގައިވާ އެކްޓިވް އެންޒައިމްސް، ވިޓަމިން ސީ، އަދި ސްޓާރޗްގެ ސަބަބުން އިންފްލެމޭޝަން ދަށްކޮށްދެއެވެ.

2. އެލޮވިރާ:

އެލޮވިރާގައި ހިމެނޭ އޮލޮސިންއަކީ ޕިގްމެންޓޭޝަން ނުވަތަ ކަޅުވުން ކުޑަކުށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އޭގެ ސަބަބުން ލޮލޮގެ ކައިރީގައ ހުންނަ ހަމަށް ބޭނުންވާ ތެތްކަން ލިބި ހައިޑްރޭޓްވެ އޮމާންކޮށްދެއެވެ. އޮލޮވީރާ އުނގުޅަމުން ލޯކައިރި އިނގިލިން މަޑުމަޑުން މަސާޖުކޮށްލާށެވެ. ބޭނުންނަމަ އެހެން ލުނބޯ ހުތާއި މާމުއި ފަދަ އެހެން ބާވަތްތައް އެއްކޮށްލައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

3. އާމަންޑް ތެޔޮ:

އާމްންޑް އޮއިލް ނުވަތަ ތެލަކީ ހަންގަނޑަށް ބޭނުންވާ ވިޓަމިން އީ އާއި މެގްނީޒިއަމް، ކޮޕާ އަދި ފޮސްފަރަސް އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން ލޮލޮގެ ވަށައިގެންވާ ހަންގަނޑަށް ބޭނުންވާ ތެތްކަން ގެނުވައިދެއެވެ. އާމަންޑް އޮއިލް ހާކަމުން ލޯކައިރި މަސާޖުކޮށްލުމުން އެތަނުގައި ލޭދައުރުވުން ރަނަގަޅުވެ ޑާކް ސާކަލް ފެންނަން ހުންނަ މިންވަރު ކުޑަކޮށްދެއެވެ. އާމްންޑް އޮއިލްއާއިއެކު މާމުއި އެއްކޮށްގެން ބޭނުންކުރުމަކީވެސް ލޯކައިރީގައި ހުންނަ މިނާޒުކު ހަމަށް ރަނގަޅު ގޮތެކެވެ.

4. ސަފްރޮން:

ހޯލް މިލްކް ކިރުކޮޅަކާއި އެކު ސްފްރޮންގެ ކުޑައެތިކޮޅެއް އަޅައި ފޯކޮށްލައި ކަފަކޮޅަކުން ލޯކައިރީގައި ހާކާށެވެ. ސަފްރޮންއަކީ ލޯކައިރި އަލިކޮށްދޭ އެންޓިއޮކްސިޑެންޓްސް އާއި ފްލެވޮނޮއިޑް ގިނަ މާއްދާއެކެވެ. މިއެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަންގަނޑަށް ގެއްލުންދޭ މާއްދާތައް ނައްތާލައެވެ. އަދި ފްލެވޮނޮއިޑްސް އަކީ ފަންގަސްއާއި އެހެނިހެން ބަލިތަކުން ދިފާއުކޮށްދޭ މާއްދާއެކެވެ.

5. ގްރީން ޓީ ބޭގް:

ގްރީން ޓީ ސައިފަތް ޕެކެޓްގައި ފެނޮލިކް ކޮމްޕައުންޑްތައް އެކުލެވިފައިވުމުން ލޯކައިރި ކަޅުވުން ކުޑަކޮށްދީ އަލިކޮށްދެއެވެ. ފިނި ކޮށް މިބޭގް ލޯމަތީގައި ބާއްވާށެވެ. އަދި މިނެޓެއް ހާއިރުފަހުން ނަގާށެވެ. މީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ލޯކައިރީގައި ބްލަޑް ފްލޮ ނުވަތަ ލޭހިނގުން ރަނގަޅު ކޮށްދޭނެއެވެ. ހަމަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދެނީ ލޭގެ ޒަރިއްޔާއިން ކަމުން ރަނގަޅަށް ލޭދައުރުވުމަކީ ހަންގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދިނުމަށް ވަރަށް މުހިންމުކަމެކެވެ.

މިދެންނެވުނު ގޮތްތަކަކީ ގޭގައި މާބޮޑު ހޭދައެއް ނުކޮށް ކުރެވިދާނެ ކަންކަމެވެ. އަދި މިގުދުރަތީ މާއްދާތަކުގައި ހަންގަނޑަށް ގެއްލުންދޭނެ އެއްވެސް ކެމިކަލެއް އެކުލެވިގެން ނުވުމުން މިއީ ގައިގެ ހަމަށް އެންމެ ރައްކާތެރި އެންމެ ޚަރަދުވެސް ކުޑަ ގޮތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން