ބޮޑު މަސައްކަތެއް ފަށަންވާނީ އެއަށްޓަކައި އޮހޮރާ ދަލާއި ލެޔާއި ހޭދަކުރާ ވަގުތަކީ އެންމެ ފަހު ވަގުތުގައި "ފެނަށް ވެގެން" ދާނެ އެއްޗެހި ނޫންކަން ޔަގީންކުރުމަށްފަހުގައެވެ. ވަކިން ހާއްސަކޮށް، އަގުހުރި މާސިންގާ ބޮޑެތި މަސައްކަތްތަކަށް ކުރާ ހޭދަތަކާ މެދު އިތުރަށް ވިސްނާލުން މުހިންމެވެ.

މިސާލަކަށް، ކަނޑުގައި ދުއްވާ އުޅަނދެއް ބަނުމަކީ ބޮޑެތި ހަރަދު ހިނގާ ކަމެއް ކަމުގައި ވާ އިރު، ބަންނަމުންދާ އިރު އުޅަނދަށް ބަޔަކު ގެއްލުމެއް ދީފިނަމަ ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވެ ގެއްލުމެއް ލިބިއްޖެނަމަ އެއީ ވަރަށް ބޮޑު މާލީ ބުރައަކަށް ވާނެއެވެ. އިންވެސްޓްމެންޓުން ބައެއް ގެއްލުނީއެވެ. އަނެއްކޮޅުން މި ބުރަ މަސައްކަތަށް ހޭދަކުރި އެތައް ވަގުތެއް ވެސް ގެއްލި ދިޔައީއެވެ.

އެކަމަކު ބޯޓު ބިލްޑިން އިންޝުއަރަންސް ޕްލޭނަކުން އޮޑި ބަނުމުގެ މުޅި މަސައްކަތް ނުވަތަ ޕްރޮޖެކްޓުގެ ވަށައިގެން ރައްކާތެރިކަމުގެ ފަށަލައެއް އަޅާލާފައި އޮތުމަކީ ބަންނަމުންދާ އޮޑިއަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް މާލީ ބަދަލު ލިބޭނެ މަގެކެވެ. ފުރާ ފުރިހަމަކުރަމުން ގެންދާ އޮޑިއާއި އޮޑި ބަނުމުގައި ގެންގުޅޭ އާލާތްތަކާއި މެޝިނުތަކުގެ އިތުރުން އޮޑި ބަނުމަށްޓަކައި އޮޑިހަރުގޭގައި ބަހައްޓާފައި ހުންނަ ސާމާނުތައް އިންޝުއާކުރެވޭނެއެވެ.

މި ޕްލޭނުން މިތަކެއްޗަށް ރައްކާތެރިކަން ފޯރުކޮށްދެނީ އަލިފާން ރޯވުމާއި ހޮނުއެޅުމާއި އެއްޗެއް ގޮވުން، ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެން ހޮޅިއެއް ނުވަތަ ޓޭންކެއް ފެޅުން، ބިންހެލުމާއި ސުނާމީއާއި އުދައާއި ތޫފާން ފަދަ ގުދުރަތީ ކާރިސާތައް އަދި ބަޔަކު ގަދަކަމުން ވަދެ ވައްކަން ކުރުމާއި އޮޑި މޫދަށް ބޭލުމުގެ މަސައްކަތުގައި އުޅެނިކޮށް ވެސް ގެއްލުން ލިބިއްޖެ ނަމައެވެ. މި ސަބަބުތަކާ ހެދި ދިމާވާ ގެއްލުންތަކުން އިންވެސްޓްމަންޓް ރައްކާތެރިކޮށްދެނީ އޮޑި ބަނުމަށް ހޭދަވާ މުޅި މުއްދަތަށެވެ.

އެކަމަކު އޮޑި ބޭލުމާ އެކު އެ އޮޑިއަށް ހޯދަންޖެހެނީ އެހެން ރައްކާތެރިކަމެކެވެ. އެއީ މެރިން ހަލް އިންޝުއަރަންސެވެ. މެރިން ހަލް އިންޝުއަރަންސްގެ ދަށުން ދެ ބާވަތެއްގެ ކަވަރޭޖެއް ލިބެއެވެ. އޭގެ ތެރެއިން އޮޑިވެރިޔާ ބޭނުންވާ ކަވަރޭޖެއް ނަގައިގެން ނިޔާމަ ދަތުރަކަށް ނައްޓާލަންވީއެވެ. މެރިން ހަލް އިންޝުއަރަންސް ޕްލޭނަކަށް ދާނެ ހަރަދުގެ އަންދާޒާއެއް "މައިއެލައިޑް" ޕޯޓަލްގެ "ސްމާޓް ކޯޓް" ފީޗާ ބޭނުންކޮށްލައިގެން ބަލައިލެވޭނެއެވެ.

ބޯޓު ބިލްޑިން އިންޝުއަރަންސާއި މެރިން ހަލް އިންޝުއަރަންސަކީ އޮޑި ބަނުމަށް ޓަކައި ކުރި ހޭދަ އަތުން ގެއްލި ނުދާނެކަމުގެ ޔަގީންކަމެކެވެ. ތަފާތު ސަބަބުތަކަކާ ހެދި އޮޑި ބަންނަމުން ދާ ވަގުތުގައި އަދި އޮޑި ބަނދެ ނިމެ ދުއްވާލުމަށް ކަނޑަށް ބާލާ ވަގުތުން ފެށިގެން ގެއްލުމެއް ކުރިމަތިވެއްޖެނަމަ ދިމާވާ މާލީ ބުރައަށް ލުއިކަމެއް މި ޕްލޭންތަކުން ލިބޭނެއެވެ.

އޮޑި ބަނުން އެކަންޏެއް ނޫނެވެ, "ބޮޑު" ކޮންމެ މަސައްކަތަކީ ވެސް ހީރާސްތަކެއް ހިމެނޭނެ ކަމެކެވެ. އެއިން ކޮންމެ ކަމެއް ވެސް ފެށުމުގެ ކުރިން ތި ކުރަންއުޅޭ މަސައްކަތަށް ހޭދަކުރާނެ ވަގުތާއި ފައިސާ ބޭކާރުވެގެން ނުދާނެ ފަދަ ގޮތްތަކެއް ހޯދާ، އިންޝުއަރަންސްގެ ރައްކާތެރިކަން ވަރަށް ބޭނުންތެރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން