ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑ (ފެނަކަ) އިންވެސް ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ކުޑަކޮށްފިއެވެ.

މިކަން ހާމަކޮށް ފެނަކައިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށްވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައި ކަމަށެވެ.



ފެނަކައިން މައުލޫމާތު ދޭގޮތުގައި ޖޫންމަހުގެ ބިލްތަކަށް މިހާރު ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ޖޫންމަހުގެ ބިލުގެ 40 ޕަސެންޓް އަށްވާ ފައިސާގެ އަދަދު އަންނަ ޖުލައިމަހުގެ ބިލްއިން އުނިކުރެވިގެން ދާނެ އެވެ.

ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެގެން އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނީ ސްޓެލްކޯއިންނެވެ.

ސަރުކާރުގެ މަޝްވަރާއާ އެއްގޮތަށް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިންނާއި، ފެނަކައިންވެސް ޖޫން މަހުގެ ކަރަންޓް ބިލުން، 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމިއިރު، ކޯވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރިލް އަދި މެއި މަހުވެސް ކަރަންޓް ބިލުން 40 އިންސައްތަ ކަނޑާދީފައި ވެއެވެ.

ޖޫން މަހުގެ ކަރަންޓް ބިލްތައް ބޮޑު ކަމުގެ ޝަކުވާއާ އެކު އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން