ކޮންމެ ދުވަހަކު ބޯ ނުދޮތް ނަމަވެސް ހެޔާ ޑްރަޔާ ބޭނުންކުރުން މުހިއްމު
ކޮންމެ ދުވަހަކު ބޯ ނުދޮތް ނަމަވެސް ހެޔާ ޑްރަޔާ ބޭނުންކުރުން މުހިއްމު
އިސްތަށިގަނޑުގައި މީރުވަސް ހުންނަން އެންމެންވެސް ބޭނުންވާނެއެވެ. ހޫނު ގަދަވުމުން ދާހިއްލައި އަދި ޖައްވުގެ ވައި ނުސާފުވުމުގެ ސަބަބުން ބޮލުގެ ހަންގަނޑު ތެތްވެ ނުބައިވަސް ހިފާގޮތް ދިމާވެއެވެ.



ތިރީގައި މިވަނީ ބޮލުން ވަސް ފިލުވާލުމަށް އަމިއްލަޔަށް ގޭގައި ކުރެވިދާނެ ކަންކަމެވެ.



1. ބޮޑީ މިސްޓް ބޭނުން ކުރުން:

ބޮޑީ މިސްޓޭ ބުނުމުން ފަހަރުގައި ބައެއްމީހުން ހައިރާންވެދާނެއެވެ. އެނގޭ ހެއްޔެވެ؟ ބޮޑީ މިސްޓަކީ ހަމައެކަނި ގަޔަށް ޖެހޭނެ އެއްޗެއް ނޫނެވެ. މިއީ އިސްތަށިގަނޑަށްވެސް ބޭނުން ކުރެވިދާނެ ޕްރޮޑަކްޓެކެވެ. ހެނދުނު ގަޑީގައި ބޮލުގައި ފުނާއެޅުމަށްފަހު ކުޑަކޮށް ސްޕްރޭކޮށްލާށެވެ. އޭރުން ގިނައިރު ބޮލުގައި މީރުވަސް ހިފެހެއްޓިފައި ހުންނާނެއެވެ.

2. ހެޔާ ޑްރަޔާ ބޭނުން ކުރުން:

ހެޔާ ޑްރަޔާ ބޭނުން ކުރަންވީ ހަމައެކަނި އިސްތަށިގަނޑު ދޮވެގެން ހިއްކަން އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކު ބޯ ނުދޮތް ނަމަވެސް، ބޯ ނުދޮންނަ ދުވަސްތަކުގައިވެސް ހެޔާ ޑްރަޔާ ބޭނުންކޮށްލާށެވެ. އިސްތަށިތަކުގެ ބުޑުތަކަށް ރަނގަޅަށް މިގޮތަށް ހޫނު ވައި ފޮނުވާލުމުން އިސްތަށިގަނޑުގައި ހުންނަ ވަސްފިލައިގެން ދާނެއެވެ.

3. ސެންޓު:

ސެންޓަކީ މީރުވަސް ދުއްވަން އެންމެ ކަމުދާ އެކައްޗެވެ. އެހެންނަމަވެސް، ސެންޓުގައި ބާރުގަދަ ކެމިކަލްތައް އެކުލެވިގެންވުމުން ބޮލުގެ ހަންގަނޑާއި ދިމާކޮށް ސެންޓު ނުޖަހާށެވެ. ފުނަލަށް ސެންޓުކޮޅެއް ސްޕްރޭކޮށްލައި އާއްމުކޮށް ފުނާއަޅާ އުސޫލުން ފުނާއަޅާށެވެ. އޭރުން އިސްތަށިގަނޑުގައި މީރުވަސް ހިފައި މުޅި ދުވަހަށް އެވަސްހިފަހައްޓާލެވޭނެއެވެ. އަދި ހަމަ އެހެންމެ ސެންޓުގެ ބަދަލުގައި ސެންޓެޑް ލީވްއިން ކަންޑިޝަނަރވެސް ބޭނުން ކުރެވިދާނެއެވެ.

4. ލުނބޯހުތް:

ލުނބޯހުތާއި ފެން އެއްކޮށްލައި އޭގެއިން ބޮލަށް ފެންއަޅާއި ބޯދޮވެލުމުން ބޮލުގައި ހުންނަ ޑޭންޑްރަފް މައްސަލަ ހައްލުކޮށްދޭނެއެވެ. އަދި ތެތްވެ ބޮލުން ނުބައި ވަސް ދުވުމުންވެސް ސަލާމަތްކޮށްދޭނެއެވެ.



5. ފުނާ ދޮވުން:

ބޮލާއި އިސްތަށިގަނޑު ގަވައިދުން ދޮންނަ ފަދައިން ބޯއޮމާންކުރަން ބޭނުންކުރާ ފުނާވެސް ދޮންނަންވާނެއެވެ. އެހެން ނޫނީ ދޮވެފައިވާ ސާފު އިސްތަށިގަނޑުގައި އަނެއްކާވެސް ހާކާލެވެނީ ކުރިން ހުރި ހަޑިތަކާއި ޑޭންޑްރަފްއެވެ. އަދި މިހެންވުމުންވެސް ބޮލުން ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ.

6. ރޯޒް ވޯޓާރ:

ރޯޒް ވޯޓާއަކީ ފިނިފެންމަލުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވުމުން އޭގައިވެސް މީރުވަސް ހުރެއެވެ. އަދި ކެމިކަލް އަކާއި ނުލައި މިފެނުން އެކަނި ބޮލުގެ ހަންގަނޑަށް ސްޕްރޭކޮށްލުމުންވެސް ބޮލުގައި މީރުވަސް ހިފަހައްޓައިދޭނެއެވެ.

7. ބާލިސް އުރަ ބަދަލުކުރުން:

ނިދާއިރު ބޮލުގައި ހުންނަ ހުރިހާ ހަޑިއެއް ޖަމާވާނީ ބާލީސް އުރައިގައެވެ. ބޮލުގައި ހުންނަ ހުރިހާ ތެލަކާއި ޑެންޑްރަފްއެއް އޭގައި ހުރުމުން ޤަވައިދުން ބަދަލުނުކުރާނަމަ ބޯދޮވުނަސް އަނެއްކާވެސް އެބާލިސް ބޭނުންކުރުމުން ބޯހަޑިވެ ވަސްހިފާނެއެވެ. އެހެނަކަމުން ބާލިސް އުރަ ޤަވައިދުން ބަދަލު ކުރުމުންވެސް މިމައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

8. އެސެންޝިއަލް އޮއިލްސް:

ބޮލުގައި ސެންޓާއި މިސްޓު ބޭނުންކުރަން ކަމުނުދާނަމަ ޝޭމްޕޫ ނުވަތަ ކޮންޑިޝަނަރ ބޭނުން ކުރާއިރު، އެސެންޝިއަލްއޮއިލް ކޮޅެއް އަޅައި އެއްކޮށްލައިގެން ބޭނުން ކުރާށެވެ. ލެވެންޑަރ، ކޮކޮނަޓް އޮއިލްފަދަ އެސެންޝިއަލް އޮއިލްތަކުން ވަސްމީރުކޮށް ދިނުމުގެ އިތުރުން ބޮލުގެ އިސްތަށިގަނޑު މަޑުކޮށްދީ ވިދުން ގެނުވައިދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން