ތުއްތު ދަރިފުޅަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެނީ މައިމީހާގެ ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތިން ލިއްބައިދޭ މާއްދާތައް ގާތުންދޭ ކިރުން ދަރިފުޅަށް ފޯރުވައިދީގެންނެވެ. ތުއްތު ދަރިފުޅު ބޮޑުވަމުންދާ ވަރަކަށް ބޭނުންވާ ނިއުޓްރިޝަން އިތުރުވެއެވެ.
ވިހައިގެން ފުރަތަމަ ދުވަސްކޮޅުގައި ކިރުއައުމުގައި އުނދަގޫތަކެއް ބައެއްމައިންނަަށް ދިމާވެއެވެ. މިގޮތަށް ދިމާވާ ބައެއް މައިން މިކަން މާބޮޑުކަމަކަށް ނަހަދައެވެ. އެކަމަށް މާބޮޑުފަރުވާލެއް ނުބަހައްޓައި ތުއްތު ދަރިފުޅައް ގާތުން ދިނުމުގެ ބަދަލުގައި ތައްޔާރީ ކިރު ފުޅިންދޭން ފަށައެވެ. އަދި އަނެެއްބަޔަކު ކިރު ނޭރުމަކީ ހައްލު ނުކުރެވޭނެ ކަމެެއް ކަމަށް ގަބޫލުކުރެވި އެކަމާ ފިކުރުބޮޑުވެ ހާސްވާގޮތްވެއެވެ.
ތެދެެއްމެވެ. ތުއްތު ދަރިފުޅަށް އެންމެ ފައިދާ ހުރިކާނާއަކީ މައިމީހާގެ ގާތުންދޭ ކިރެވެ. އެހެންކަމުން ވިހައިގެން ކިރުއެރުމުގެ މައްސަލައެއް އުޅޭނަމަ، މިއީ ހައްލުނުވާނޭ ކަމެއްކަމަށް ނުދެކި ސްޓްރެސް ވުމުގެ ބަދަލުގައި ލަސްނުކޮށް އަމިއްލަ އަށް ފަރުވާ ލިބިގަންނަން މަސައްކަތް ކުރާށެވެ.
އެހެންކަމުން ތިރީގައި މިވަނީ ގާތުންދޭ ކިރު އިތުރު ކުރުމަށް މައިންނަށް ބޭނުންކުރެވިދާނެ ފައިދާހުރި ބުއިންތަކެވެ.
1. ކުރުނބާ ފެން
ކުރުނބާ ފެނަކީ އިލެކްޓްރޮލައިޓް، މެގްނީޒިއަމް ، ޕޮޓޭސިއަމް އަދި ކާބޯހައިޑްރޭޓް ގިނައިން އެކުލެވިގެންވާ ބާވަތެކެވެ. އެހެންކަމުން، ކުރުނބާ ފެން ބުއިމުން ހަށިގަނޑުގައި އިލެކްޓްރޮލައިޓް ކިޔާ މިމާއްދާއަކީ ހަށިގަނޑުގައި ފްލުއިޑް ރެގިއުލޭޓްކޮށްދޭ މާއްދާއަކަށް ވުމުން ހަށިގަނޑުގައި ގިނަވަގުތު ފްލުއިޑް ހިފަހައްޓައިދީ ދަރިފުޅަށް ބޭނުންވާ ވަރަށް ކިރު އުފެއްދުމުގައި އެހީތެރިވެދެއެވެ.
2. ކާށި ކިރު
ކުރުނބާފެނަށްވުރެ ކާށި ކިރުގައި ހިމެނޭ ފެޓްގެ މިންވަރު ގިނައެވެ. މީގައި ހިމެނޭ ގުދުރަތީ އެންޓިމައިކްރޮބިއަލް މާއްދާތަކާއި ފެޓްގެ ސަބަބުން ދަރިފުޅުގެ ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދެއެވެ. ސްމޫތީސް އާއި އައިސްކްރީމްފަދަ އެއްޗެހި ތައްޔާރުކޮށްގެންވެސް ކާށި ކިރު ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް، ކުރުނބާ ފެނާއި ކާށި ކިރު ބޭނުން ކުރުމުގައި ސަމާލުވާންވާނެއެވެ. މިއީ ފެޓްސްއާއި ޕޮޓޭސިއަމް އެކުލެވޭ އެއްޗަކަށް ވުމުން މާގިނައިން ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެނެވެ.
3. ހާބަލް ޓީ/ލެކްޓޭޝަން ޓީ
މި ސައިތަކުގައި ކިރުގެ ސަޕްލައި އިތުރުކޮށްދޭ ގެލެކްޓޯގޯގްސް ކިޔާ މާއްދާ އެކުލެވިގެންވެއެވެ. ލެކްޓޭޝަން ނުވަތަ ކިރު އިތުރު ކުރުމަށް ތައްޔާރުކޮށްފައި ހުންނަ މިފަދަ ސައިފަތް ޕެކެޓުގައި އިނގުރު، ކާށިކިރު، މުރަނގަ ފަތް، އަދި އެކިއެކި ހާބްސްތައް އެއްކޮށްފައިހުރެއެވެ. ނަމަވެސް މިއިން އެންމެ ބާވަތެއް ފެނަށް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.
4. ލެކްޓޭޝަން ސްމޫތީސް
ލެކްޓޭޝަން ސްމޫތީސްގައިވެސް ގެލެކްޓޯގޯގްސް މާއްދާތައް ހިމެނޭނެހެން ތައްޔާރުކޮށްލުމުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެއެވެ. މިގޮތުން ކާށި ކިރާއި ހާބްސް އެއްކޮށްގެން ސްމޫތީސް ތައްޔާރުކޮށްލެވިދާނެއެވެ. އަދި ކާށި ކިރުގެ ބަދަލުގައި ކާށި ކިރުން ތައްޔާރުކޮށްފައި ހުރި އައިސްކްރީމްވެސް އެޅިދާނެއެވެ.
5. އިލެކްޓްރޯލައިޓް ޑްރިންކްސް
ކުރުނބާފެނުގައި ހުންނަ ފަދައިން އިލެކްޓްރޯލައިޓް ޑްރިންކްސްތަކުންވެސް ހަށިގަނޑަށް ބޭނުންވާ މާއްދާ ލިއްބައިދެއެވެ. މިގޮތުން ބޮޑީ އާމާ ކިޔާ ސްޕޯޓްސް ޑްރިންކްއެއްގައިވެސް މިބާވަތް އެކުލެވިގެންވެއެވެ. އެހެންކަމުން ރަހަ މީރު ބުއިމަކުން އިލެކްޓްރޯލައިޓް ލިއްބައިދިނުމަށް މިފަދަ ބުއިމެއްވެސް ޚިޔާރު ކުރެވިދާނެއެވެ. ނަމަވެސް، މިބުއިމާއި އެއްވަރަށް ފެންވެސް ހަށިގަނޑަށް ފޯރުކޮށްދޭންވާނެއެވެ.
6. ކިރު
ކިރަކީ މިލްކް ޕްރޮޓީން އެކުލެވޭ ފަސޭހައިން ހަޖަމުކުރެވޭ މިލްކް ޝުގަރ އެކުލެވޭ ބާވަތެކެވެ. ލެކްޓޯސް އިންޓޮލޮރެންޓް ނޫންނަމަ މިއީ ގާތުންދޭ ކިރުގެ ސަޕްލައި އިތުރު ކުރުމަށް ރަނގަޅު ގޮތެކެވެ. ދަރިފުޅަށް އަހަރެއް ވުމުގެ ކުރިން ގެރީގެ ކިރު ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް މައިމީހާގެ ހަށިގަނޑުން މިބާވަތުގައި ހިމެނޭ ޕްރޮޓީންތައް ދަރިފުޅަށް ލިއްބައި ދިނުމަށް މައިމީހާއަށް ގެރީގެ ކިރު ބޭނުން ކުރެވިދާނެއެވެ.
7. އެކިބާވަތުގެ މޭވާފަނި
މޭވާ ފަނިން ހަށިގަނޑަށް ބޭނުންވާ ކާބްސްއާއި ވިޓަމިން ލިއްބައިދީ ދަރިފުޅަށް މިމާއްދާތައް ފޯރުކޮށްދެއެވެ. ދަރިފުޅު ދުޅަހެޔޮ ޞިއްޙަތެއްގައި ބެހެއްޓުމަށް، މިދެންނެވި މާއްދާތައް ވަރަށް މުހިންމެވެ. އެހެންނަމަވެސް، ހަމައެކަނި ފަނި ބޭނުން ނުކުރާށެވެ. އެއާއިއެކު ބޭނުންވާ ވަރަށް ފެންވެސް ބޯންވާނެއެވެ. އަދި މާގިނައިން ހަށިގަނޑަށް ހަކުރާއި ކެލޮރީސް އިތުރުވިޔަ ނުދިނުމަށް މޭވާ ފަނި ބޭނުން ކުރުމުގައިވެސް ސަމާލުވާންވާނެއެވެ.
8. ފެނުގުރީކް
ކުކީސް ހެދުމުގައި ނުވަތަ ހޫނު ފެނަށް އަޅައިގެންވެސް މިބާވަތް ބޭނުން ކުރެވިދާނެއެވެ. މިއީވެސް ގެލެކްޓްގޯގްސް ލިއްބައިދޭ މާއްދާއެކެވެ.
9. ބާރުލީ
ބާރުލީ ކައްކައިގެން ތައްޔާރުކޮށްލެވޭ މިބުއިމަކީ ކާބޯހައިޓްރޭޓްސްއާއި ކާބްސް އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ވަރުޖައްސައިދެއެވެ. މިބުއިން ތައްޔާރުކޮށްލުމަށް 1 ޖޯޑު ބާރުލީއަށް ބައިޖޯޑުގެ ފެނާއި މާމުއި އަދި ލުނބޯހުތް އަޅާއިގެން ގިރާލާށެވެ.
10. ބީޓް ރޫޓް ދިޔަ
ބީޓް ރޫޓް ދިޔައަކީ ފޮނި އަދި ހަށސިގަނޑަށް ބޭނުންވާ ގިނަ މާއްދާތައް އެކުލެވޭ ބާވަތެކެވެ. މީގައި ޕޮޓޭސިއަމް އަދި ގިނަ އަދަދެއްގެ ވިޓަމިންސް އެކުލެވިގެންވެއެވެ. އަދި ތުއްތު އިރު މައިމީހާ ބީޓް ރޫޓް ޖޫސް ބޭނުން ކުރާނަމަ ދަރިފުޅު ބޮޑުވެގެން ތަރުކާރީ ކެއުމަށް ދަރިފުޅު ގަޔާވާނެކަމަށް ބުނެއުޅެއެވެ.
11. ކެރެޓު ފަނި
ކެރެޓުން ޖޫސް ގިރުމުން ވިޓަމިންސީއާއި ވިޓަމިން އޭ އަދި ގިނަ އަދަދެއްގެ ފައިޓޯނިއުޓްރިއަންޓްސް ލިއްބައިދެއެވެ. ކެރެޓު ޖޫހަކީ އެހާމެ މީރު އަދި ހަށިގަނޑަށް ތާޒާކަން ގެނުވައިދޭ ބުއިމެއްގެ އިތުރުން ގާތުންދޭ ކިރުގެ ކޮލިޓީ ރަނގަޅުކޮށްދޭވެސް އެއްޗެކެވެ.
12. ފެހިކަންގަދަ ފަތުގެ ސްމޫތީތައް
ސްޕިނަޗް އާއި ކޭލްފަދަ ފަތްޕިލާވެލީގެ ބާވަތްތައް މިކްސަރަށް އަޅައިގެން ތައްޔާރުކޮށްލެވޭ ސްމޫތީތަކުގައި އަޔަން އާއި ވިޓަމިން ސީ އަދި ފޯލޭޓް ހިމެނެއެވެ. އަދި މިއީ ދަރިފުޅަށްވެސް ވަރަށް މުހިންމު ނިއުޓްރިއަންޓްސް ކަމަށް ވުމުން މައިމީހާ މިސްމޫތީ ބުއިމުން ދަރިފުޅަށްވެސް މީގެއިން ލިބޭފައިދާ އެތައް ގުނައަށް އިތުރުވެގެންދާނެއެވެ.
ކިރުގެ ސަޕްލައި އިތުރުކުރަން ބޭނުންނަމަ މިބުއިންތައް ބޭނުން ކުރުމުގެ އިތުރުން ބައެއް ބުއިންތަކާއި ދުރުވެލަންވާނެއެވެ. މިގޮތުން ކެފެއިންގެ ބާވަތްތައް މުޅިން ދޫކޮށްލަންވާނެއެވެ. އެއީ ހަށިގަނޑުން ފެން ހިއްކާލާ އަދި ދަރިފުޅަށްވެސް ކެފެއިންގެ ސަބަބުން ނިދި ނުލިބުމާއި އުނދަގޫތައް ކުރުވާނެތީއެވެ. މީގެ އިތުރުން އާޓިފިޝަލް ސްވީޓްނާތައްވެސް ބޭނުން ކުރުން ދޫކޮށްލަންވާނެއެވެ. މިއީ ކިރުގެ ސަޕްލައި ދަށް ނުކުރިނަމަވެސް ދަރިފުޅަށް ފައިދާ ލިއްބައިދޭ އެއްޗެއް ނޫނެވެ.
ދަރިފުޅަށް ކިރު ނުލިބޭކަން ދެނެގަތުމަށް ތިރީގައިވާ ކަންކަމަށް ސަމާލުވާށެވެ.
ދަރިފުޅަށް ގާތުން ކިރު ލިއްބައިނުދޭ ކަމުގެ އަލާމަތްތައް:
- ދަރިފުޅުގެ ބަރުދަން ލުއިވުން
- ބުއްދީ ނިމުމުންވެސް ދަރިފުޅު ރުޅިގަދަވެފައި ރުއިން
- ދަރިފުޅަށް ގާތުން ދޭއިރު މާބާރަށް ދެމުން
- އާއްމުކޮށް ގާތުންދޭ ވަގުތަށްވުރެ ގާތްގާތުގައި ބޯންބޭނުންވުން
- ގާތުން ދިނުމަށްފަހު ހުސްވެފައި ހުންނަ އިހުސާސެއް ކުރެވުން
- ކުރިން ލީކުވިގޮތަށް ލީކު ނުވުން
މިއިން ކަމެއް ފެންނަނަމަ މިދެންނެވި ބުއިންތައް ބޭނުން ކުރާށެވެ. އަދި ބޭނުން ޖެހިއްޖެ ނަމަ ޑޮކްޓްރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދު ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު