ބައެއް ފިރިހެނުންނަކީ ގުދުރަތީ ގޮތުންވެސް ބޯ ތުނބުޅިއެއް ލިބައިފާ ބައެއް
ބައެއް ފިރިހެނުންނަކީ ގުދުރަތީ ގޮތުންވެސް ބޯ ތުނބުޅިއެއް ލިބައިފާ ބައެއް
ތުނބުޅިއަކީ ފިރިހެންވަންތަކަން ރަމްޒުކޮށްދޭ ފިރިހެނާގެ ރީތިކަން އިތުރުކޮށްދޭ އެއްޗެވެ. ބައެއް މީހުންނަކީ ގުދުރަތީ ގޮތުންވެސް ބޯ ތުނބުޅިއެއް ލިބައިފާ ބައެކެވެ. އަނެއްބަޔަކީ ތުނބުޅި ނުފަޅާތީ އެކުގައި އުޅޭ މީހުންގެ މަލާމާތާއި ދިމާކުރުމާއި ފުރައްސާރަވެސް ކުރެވޭ ބައެކެވެ.

ތުނބުޅި ނުފަޅާތީ، ނޫންނަމަ ޤުދުރަތީ ގޮތުން ރީތި ތުނބުޅިއެއް ލިބިފައި ނެތް ނަމަވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. މިލިޔުމުގައި މިވަނީ ބޯތުނބުޅިއެއް ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ. ނިކަން އަޖުމަބަލާލަބަލާށެވެ.

1. ރަނގަޅު ކާނާ ކެއުމާއި ފެން ބުއިން:

މިހާ ފަސޭހަކަމަކުންވެސް ބޭނުންވާ ނަތީޖާ ހޯދިދާނެއޭ ހިތައި އަޖައިބުވެއްޖެ ދޯއެވެ؟ ރަނގަޅު ކާނާއަކީ ހުރިހާ މާއްދާއެއް ލިބޭ 'ބެލެންސް ޑައިޓެކެވެ' އެހެންކަމުން ޕްރޮޓީންސްއާއި ވެޖިޓަބަލް އަދި ޑައިރީ ޕްރޮޑަކްޓްތައް ކެއުމުގައި ހިމަނާލާށެވެ. ވަކިން ޚާއްސަކޮށް ތުނބުޅި ފެޅުމާއި ތުނބުޅި ވަރުގަދަކޮށްދޭ މާއްދާތައް ގިނައިން ބޭނުން ކުރަންވިދާނެއެވެ. މިގޮތުން ޕްރޮޓީންއަކީ ވަރުގަދަކޮށް ތުނބުޅި ފެޅުވުމަށް އެންމެ މުހިންމު ބާވަތެވެ. އަދި ވިޓަމިން އޭ، ބީ،ސީ އަދި އީވެސް އިސްތަށި ފެޅުމަށް މުހިންމެވެ. މިމާއްދާތައް ލިއްބައިދޭ ބައެއް ބާވަތްތަކުގެ ތެރޭގައި ސްޕނަޗް، ދަނޑި އަލުވި، ނަޓްސް އެވަކާޑޯ އަދި ބެރީ ހިމެނެއެވެ.

2. ސްކިން ކެއާ އަދި ކޮންޑިޝަނިން:

މޫނު ތެޔޮ ވެފައި ހުރުމުން ހަންގަނޑުގެ ޕޯރސްތައް ބެދި އިސްތަށިތައް ފެޅުމަށް އުނދަގޫވެއެވެ. އެހެންކަމުން އަބަދުވެސް މޫނާއި ތުނބުޅި ސާފުކޮށް ބެހެއްޓުމަށް ސަމާލުވާންވާނެއެވެ. އަދި ފޭސް ސްކްރަބްއެއް ބޭނުންކޮށް ގަވައިދުން މޫނާއިއެއްކޮށް ތުނބުޅިވެސް ސްކްރަބްކޮށް މޮއިސްޗަރައިޒް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ކާށި ތެޔޮ ބޭނުންކޮށްގެން ތުނބުޅިފަޅާ ސަރަހައްދު މަސާޖުކުރުމަކީވެސް ކުރެވިދާނެކަމެކެވެ.

3. ކަސްތަރު ކުރުން:

އެނެއްކާވެސް ގުޅުމެއް ނެތް ކަމެއް ބުނެދެނީ ކަމަށް ހީކުރެވިއްޖެދޯއެވެ؟ ނަމަވެސް ކަސްރަތު ކުރުމުން ޓެސްޓަސްޓްރޯން އިތުރުވެ ތުނބުޅީގެ އިސްތަށިފެޅުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން މެޓަބޮލިޒަމް ރަނގަޅުވުމުން މޫނުގައި ލޭ ދައުރުވުންވެސް ރަނގަޅުކޮށްދީ އިސްތަށި ފެޅުމަށް އެހީތެރިވެދެއެވެ. އަދި ހަމައެހެންމެ، ކަސްތަރު ކުރުމުން ސްޓްރެސް ކުޑަވެގެންދެއެވެ. ސްޓްރެސްއަކީ ހަށިގަނޑުގައި ކޯޓިޒޯލް ހޯމޯން ގިނަކޮށްލާކަމެކެވެ. މިއީ ސީދާ ޓެސްޓަސްޓްރޯން ދަށްކޮށްލާ ހޯމޯންއެކެވެ.

4. ރަނގަޅަށް ނިދުން:

ކޮންމެ ކަމެއްވެސް މިވަނީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ކަމެއް ޖަމާވުމުންކަން މިހާރު ޤަބޫލުކުރެވިއްޖެ ދޯއެވެ؟ ކެއުމާއި ކަސްތަރު ކުރުމަށްފަހު މިހާރު މިއައީ ނިދުމުގެ ވާހަކައެވެ. ނިދުމަކީ ހަށިގަނޑަށް ބޭނުންވާ އަރާމު ލިއްބައި ދިނުމުގެ އިތުރުން ހަލާކުވެފައި ހުންނަ ތަންތަން ރަނގަޅުކޮށްދޭ ކަމެއްވެސް މެއެވެ. އެހެންކަމުން ސެލިއުލާ ރިޕެއަރ މަސައްކަތަތައް ކުރެވުމުން ތުނބުޅި ފެޅުމަށްވެސް އެހީތެރިވެދެއެވެ. އަދި ނިދުމުގެ ސަބަބުން ލޭދައުރުވުންވެސް ރެގިއުލޭޓްކޮށްދެއެވެ.

5. ވިޓަމިން ބީ ސޕްލިމެންޓް ބޭނުންކުރުން:

ވިޓަމިން ބީ7 އަކީ ތުނބުޅި ފެޅުމަށް އެންމެ ބޮޑަށް ބޭނުންވާ މާއްދާއެވެ. އެހެންކަމުން މިކަމަށް ސްޕލިމެންޓެއް ބޭނުން ކުރެވިދާނެއެވެ. ކިރާއި ބިސް އަދި ދޮންކޭލުންވެސް މިމާއްދާ ލިއްބައިދެއެވެ. އަދި އިސްތަށި އުފައްދާ ކެރަޓިން އަށް ބޭނުންވާ ވިޓަމިންގެ މާއްދާތައް ލިއްބައިދިނުމުން އަވަހަށް ތުނބުޅި ބޯވެ ރީތިކޮށްދޭނެއެވެ.

6. ޓްރިމް ނުކުރުން:

ޓްރިމް ކުރުމުން އަނެއްކާވެސް ތުނބުޅި ދިގުވުމަށް ގިނަ ދުވަސް ނަގާނެއެވެ. އެހެންކަމުން ޓްރިމްކޮށްލާ ހިއްވިޔަސް އަދި ހިއްވަރު ކޮށްލާށެވެ. އަދި 6 ހަފްތާވަރު މަޑުކޮށްލުމުން ބޭނުންވާ ނަތީޖާ ފެނިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން